ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ވިދާޅުވެއްޖެ

އަލީ ޝަރީފް

އަލީ ޝަރީފް

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ (ސިންގަލް ޔޫސް) ޕްލާސްޓިކުގެ ބާވަތްތައް ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އަލީ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޝަރީފް ވިދާޅުވީ ޕްލާސްޓިކް ހޮޅި މަނާކުރުމާ އޭނާ ދެކޮޅު ހަދަނީ ނޫން ކަމަށާއި ބޭނުންވީ ޕްލާސްޓިކް ހޮޅިއަށްވުރެ ރަނގަޅު އެއްޗެއް ހޯދުން ކަމަށެވެ. 

"އަޅުގަނޑު ގަބޫލެއް ނުކުރަން މުޅިއަކުންނެއް މީތި ބޭންކޮށްގެނެއް މިކަމަށް އަސްލު އެކަށިގެންވާ ހައްލެއް މީގައި އައިހެނެއް. ބޭނުމަކަށްވީ މީތީގައި އެއަށްވުރެ ރަނގަޅު އަލްޓަނޭޓިވް ޓެކްނޮލޮޖީއެއް ހުރެއްޖެ ކަމަށްވާނަމަ އޭތި ނެރެން އަސްލު އަޅުގަނޑު. މުޅިއަކުން މިކަމަށް ތާއީދުކުރާ ވާހަކައެއް ނޫން މިދައްކަނީއެއް،" މިނިސްޓަރު ވިދާޅުވި އެވެ. 

އަލީ ޝަރީފް ވިދާޅުވީ ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ކަރުދާސް ހޮޅި ބޭނުންކުރަން ފެށިއިރު، އެ ކަރުދާސް ހޮޅިތަކުގެ ފެންވަރު ވެސް ދެނެ ނުގަނެވޭ ކަމަށެވެ. އެގޮތުން އޭގެ ސަބަބުން އެކި މައްސަލަތައް ނުކުތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ގާނޫނުތައް އޮންނަ ގޮތުން ރާއްޖެއަށް އިމްޕޯޓުކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ބާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި، 2020 ވަަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި އަންނަނީ އެތެރެކުރުން މަނާ ބާވަތްތައް ހިމެނޭ ލިސްޓު ނެރެމުންނެވެ. 

އެ ގޮތުން، ޕްލާސްޓިކް ހޮޅިއަކީ އެންމެ ފުރަތަމަ ނެރުނު ގަރާރުގެ ދަށުން ޖޫން 1، 2021 އިން ފެށިގެން އެތެރެކުރުން މަނާކޮށްފައިވާ ބާވަތެކެވެ. އަދި، ޖެހިގެން އައި އަހަރުގެ ޑިސެމްބަރު 19، އިން ފެށިގެން ޕްލާސްޓިކް ހޮޅި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް އިއްޔެ ސަރުކާރުން ނެރުނު ލިސްޓުގައި ވަނީ ޖޫން 1، 2031 ވަން ދެން ޕްލާސްޓިކް ހޮޅި އެތެރެކުރެވޭ ގޮތަށް ހަދާފަ އެވެ. މި ބާވަތުގެ ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން އަނެއްކާ ވެސް މަނާ ވަނީ ޑިސެމްބަރު 19، 2031 ގައި އެވެ. 

ރާއްޖޭގެ ވެއްޓަށް، ހާއްސަކޮށް ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް ލިބޭ ޕްލާސްޓިކް މަނާކުަރަން ފެށި މަސައްކަތް އެންމެ ފުރަތަމަ ކަނޑައެޅި ތާރީހުތަކަށް ނިންމި ނަމަ، 12 ބާވަތެއްގެ ސިންގަލް ޔޫސް ޕްލާސްޓިކު ރާއްޖޭގައި އެއްވެސް ގޮތަކަށް ބޭނުންނުކުރާނެ އެވެ.  ނަމަވެސް އޭރު ރޭވި ގޮތަށް، އަދި އެކި ފަހަރު މަތިން ތާރީހުތައް ފަސްކުރުމާއެކީ، ކުރިން ޑިސެމްބަރު 2023 އަށް ނިމެން އޮތް ކަމެއް މި ވަނީ 2031 އަށް ފަސްވެފަ އެވެ. 

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox