ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު އެނގޭހެން މައުލޫމާތު ނުބަލަހައްޓާކަން ހާމަވެއްޖެ

ރާއްޖޭގެ ކޮލެޖުތަކުގެ ދަސްވެނިވުން: ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު އެނގޭހެން މައުލޫމާތު ނުބަލަހައްޓާކަން ޕާފޯމަންސް އޮޑިޓުން ވަނީ ހާމަވެފައި

ރާއްޖޭގެ ކޮލެޖުތަކުގެ ދަސްވެނިވުން: ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު އެނގޭހެން މައުލޫމާތު ނުބަލަހައްޓާކަން ޕާފޯމަންސް އޮޑިޓުން ވަނީ ހާމަވެފައި

މިދިޔަ ސަރުކާރުން ފެށި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމް (ހިލޭ ޑިގްރީ) ފުރިހަމަކުރި ދަރިވަރުންގެ އަދަދު އެނގޭހެން ސަރުކާރުން މައުލޫމާތު ނުބަލަހައްޓާކަން ޕާފޯމަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. 

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2019 އިން 2024 ގެ ނިޔަލަށް ސްކީމުގެ ދަށުން 16،388 ދަރިވަރަކަށް ދައުލަތުން 835.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކޮށް ފުރަަތަމަ ޑިގްރީ ހާސިލުކުރި ދަރިވަރުންގެ އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާ ކަމަށެވެ. 

ސްޖޫނަށް ދަރުވަރުން ހޮވުމަށްފަހު ދަރިވަރުން ކިޔެވުން ފުރިހަމަ ކުރޭތޯ ނުވަތަ ނުކުރޭތޯ ބަލައި، ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނާއި ފުރިހަމަނުކުރާ ދަރިވަރުން އަދި ޕްރޮގްރާމް ޑިފާކުރާ ދަރިވަރުންނާއި ނުވަތަ މަރުކަޒު ބަދަލުކުރާ ދަރިވަރުންގެ މައުލޫމާތު ހޯދައި ބެލެހެއްޓުމަށް ކިޔަވައިދޭ މަރުކަޒުތަކާއެކު އެކަށީގެންވާ އިންތިޒާމުތައް ހަމަޖެހިފައި ނުވާކަން ވެސް އޮޑިޓަށް ވަނީ ފާހަގަކުރެވިފަ އެވެ. 

މިފަދަ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުގެ ސަބަބުން ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ކަމަށް ފާހަގަކުރެވިފައިވާ 790 ދަރިވަރުންނަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ފައިސާ ހޯދަން މަސައްކަތް ކޮށްފައި ނުވާކަން ވެސް އޮޑިޓަށް ފާހަގަކުރެވިފައިވެ އެވެ. 

އޮޑިޓުގައި ބުނެފައިވަނީ ސްކީމްގެ ދަށުން ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރަކީ ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރެއްތޯ ބެލޭނެ މަރުކަޒީ ނިޒާމެއް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން ފުރަތަމަ ޑިގްރީ ކިޔަވާ ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަގުސަދާ ހިލާފަށް، ކުރިން ޑިގްރީ ހަދާފައިވާ 271 ދަރިވަރަކަށް ސްކީމްގެ ދަށުން ޑިގްރީއަށް ކިޔެވުމަށް 9.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. 

މީގެއިތުރުން ސްކީމްގެ މަގުސަދު ހާސިލްވާ މިންވަރު ދެނެގަނެވޭ ކީ ޕާފޯމަންސް އިންޑިކޭޓާ (ކޭޕީއައި) ތަކެއް ކަނޑައަޅައި ބަލަހައްޓާފައި ނުވުމުގެ ސަބަބުން، ދައުލަތުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުމުން ދަރިވަރުންނަށާއި މުޖުތަމައުއަށް ސްކީމްގެ ސަބަބުން ކުރާ ފައިދާ ވަޒަން ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށް ރިޕޯޓުގަައިވެ އެވެ. 

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިޔާޔަތްކޮށް ކަންކަން އިސްލާހުކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ. އޭގެ ތެރޭގައި ޑިގްރީ ހަދާ ދަރިވަރުން ކޯސް ފުރިހަމަކުރޭތޯ ބެލޭނެ ނިޒާމު ގާއިމުކޮށް، ކޯސް ފުރިހަމަނުކޮށް ހުއްޓާލާ ދަރިވަރުންނަށް ހޭދަވި ފައިސާ ހޯދުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox