މަޖިލިހުގެ ޖަލްސާ ވަގުތުން ނުދައްކަން ނިންމި ނިންމުން ޕީއެސްއެމުން ބަދަލުކޮށްފި

މަޖިލީހުގެ ލައިވް ޖަލްސާ ނުދެއްކުމަށް ނިންމި ނަމަވެސް މިހާރު ޕީއެސްއެމްއިން ވަނީ އެ ނިންމުން ބަދަލުކޮށް މަޖިލީހުގެ ޖަލްސާ ލައިވްކޮށް ދައްކަން ނިންމާފަ -- ފޮޓޯ: އިޔާން/އަދަދު

މަޖިލީހުގެ ލައިވް ޖަލްސާ ނުދެއްކުމަށް ނިންމި ނަމަވެސް މިހާރު ޕީއެސްއެމްއިން ވަނީ އެ ނިންމުން ބަދަލުކޮށް މަޖިލީހުގެ ޖަލްސާ ލައިވްކޮށް ދައްކަން ނިންމާފަ -- ފޮޓޯ: އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހައްދުން ނެއްޓި ދައްކާ ވާހަކަތައް އިޖްތިމާއީ މިންގަނޑާ ހިލާފުވާ ކަމަށް ބުނެ އެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލަން ޕަބްލިކް ސާވިސް މީޑިއާއިން ނިންމި ނިންމުން އެ ކުންފުނިން ބަދަލުކޮށްފި އެވެ.

ޕީއެސްއެމްގެ ތަރުޖަމާނު ޒީކް މުހައްމަދު ރިޒާ މި ނޫހާ ވާހަކަ ދައްކަމުން ބުނީ މަޖިލީހުގެ ޖަލްސާތައް ކުރިއެކޭ އެއްފަދައިން ވަގުތުން ދައްކަން އަލުން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. ޖަލްސާތައް ވަގުތުން ނުދައްކަން ނިންމި ނިންމުން ބަދަލު ކުރި ސަބަބު ޕީއެސްއެމުން ހާމައެއް ނުކުރެ އެވެ.

"ކުރިއަށް އޮތް ތަނުގައި ޕީއެސްއެމްއިން ހަމަ ލައިވް ކަވަރޭޖް ގެނެސްދޭނެ،" ޒީކް މައުލޫމާތު ދިނެވެ.

އެ މައްސަލައިގައި ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕީއެސްއެމްގެ ވެރިޔާ އަލީ ހާލިދު ވިދާޅުވީ ޖަލްސާތައް ވަގުތުން ނުދައްކަން ނިންމީ ދައްކާ ވާހަކަތައް އިޖްތިމާއީ މިންގަނޑާ ހިލާފުވާތީ ކަމަށެވެ.

"މަޖިލިސް ލައިވް ކުރާއިރު އަޅުގަނޑުމެންނަށް އޭގެ ކޮންޓްރޯލެއް ނޯންނާނެ އެ ދައްކާ ވާހަކައަކަށް. އަޅުގަނޑުމެން އެންމެން މަޝްވަރާކޮށްފައި ނިންމީ މި ވަގުތަށް ލައިވް ކުރުން ހުއްޓާލަން. މަޖިލީހުގެ ބަހުސްތައް މާ ހޫނު ވީމަ، ބޭނުންކުރާ ބަސްތަކާ މިކަހަލަ ކަންކަމަށް ބަލާފައި،" ހާލިދު ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ޖަލްސާ ލައިވް ނުކުރާނެކަން ޕީއެސްއެމްއިން މިއަދު އިއުލާނުކުރި އިރު، މަޖިލީހުގެ ޖަލްސާތައް މިއަށްވުރެ ހޫނުކޮށް ދިޔަ ދުވަސްވަރު ވެސް މިފަދަ ނިންމުމެއް ނުނިންމަ އެވެ. މަޖިލީހުގެ ތަޅުމުގައި ކަންކަން ހޫނުވެ ޖަލްސާ ކުރިއަށް ނުގެންދެވޭ ނަމަ މަޖިލީހުގެ އިދާރާއިން ދޫކުރާ ފީޑު މެދުކަނޑާލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox