ތިންހާސް ހަމަކުރަންޖެހުން ކުށްވެރިކުރަމުން ފާރިސް ވިދާޅުވީ އާންމުން ޕާޓީތަކަށް ސޮއި ކުރަން ބޭނުންނުވާ ކަމަށް

ފާރިސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ނޫސްވެރިންގެ ބައްދަލުވުމަށް އުވާލި ޕާޓީގެ 16 މެމްބަރަކު ހާޒިރުވި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފާރިސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ނޫސްވެރިންގެ ބައްދަލުވުމަށް އުވާލި ޕާޓީގެ 16 މެމްބަރަކު ހާޒިރުވި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިޔާސީ ޕާޓީތަކަށް 3000 މެމްބަރުން ހަމަކުރަންޖެހުން ގާނޫނު އަސާސީއާ ހިލާފު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން، ސިޔާސީ ޕާޓީތަކަށް ސޮއި ކުރަން އާންމުން ބޭނުންނުވާ ކަމަށް މިއަދު އުވާލި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުން ހަމަކުރަން ލާޒިމު ކުރާ 3000 މެމްބަރުން ހަމަނުވެގެން މިއަދު އުވާލުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ވިދާޅުވީ، އެ އަދަދު ހަމަކުރަންޖެހޭ މައްސަލަ ހައި ކޯޓަށް ވައްދަން އެ ޕާޓީން ވިސްނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާލަންޖެހޭ އެބަ ހަގީގަތުގައި ސިޔާސީ ޕާޓީއާ ބެހޭ ގާނޫނުގައި މި އޮންނަ 3000 މެމްބަރުންގެ ލިމިޓް ނޫނީ 10،000 މެމްބަރުން ހަމަކޮށްގެން މެނުވީ ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭ. މިހިރަ އާބިޓްރަރީ ފިގާސްތަކަކީ، އަދަދުތަކަކީ ހަގީގަތުގައި ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއްތޯ؟ މިކަމާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެންގެ ތެރޭގައި ބޭފުޅުން އެބަ މަޝްވަރާ ކުރައްވާ އަޅުގަނޑުމެންނަށް ހައި ކޯޓަށް ނަމަވެސް ކޮންމެވެސް ތަނަކަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ގެންދެވިދާނެތޯ ބަލައިލަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ސޮއި ކުރަން އާންމު ރައްޔިތުން މިހާރު ބޭނުންނުވާ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ޕާޓީތަކުން މީހުން ވައްދަނީ ބިރުދައްކައިގެން ކަމަށެވެ.

"މިއަދުގެ ހަގީގަތަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކަށް ސޮއި ކުރާކަށް. ޕާޓީގެ މެމްބަރުކަމެއް ވެސް ބޭނުމެއް ނުވޭ ހަގީގަތުގައި،" ކުރިން މައުމޫން ރިފޯމް މޫވްމަންޓުގެ ގޮތުގައި ހަރަކާތްތެރިވި އެމްއާރްއެމްގެ 16 މެމްބަރަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ފާރިސް ވިދާޅުވި އެވެ.

މެމްބަރުން ހަމަ ކުރުމަށް އެމްއާރްއެމަށް ދިން ފުރުސަތަށްފަހު މިއަދު ކަނޑާލަން ނިންމި ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ނިންމުމުގައި "އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭ ކަންކަން އެބަހުރި" ކަމަށް ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ ކޯޓާ ހިސާބަށް ދާންޖެހިއްޖެ ނަމަ އެކަން ކުރަން،" ޕާޓީ އަނބުރާ ރުޖޫއަ ނުކުރާ ނަމަ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވައުދުވަމުން ފާރިސް ވިދާޅުވި އެވެ.

ދިވެހިން ސިޔާސީ ޕާޓީތަކަށް ވަންނަން ބޭނުންނުވާ ކަމަށް ފާރިސް ވިދާޅުވިއިރު މިހާރު ވުޖޫދުގައި އޮތް އަށް ސިޔާސީ ޕާޓީގައި ޖުމްލަ 155،156 މީހުން ރަޖިސްޓްރީވެފައި އެބަ ތިއްބެވެ. އެއީ ދިވެހިރާއްޖޭގެ 521,457 މީހުންގެ އާބާދީގެ 29 ޕަސެންޓެވެ. ދުނިޔޭގެ ނިސްބަތުން މިއީ ވަރަށް މަތީ އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox