މެމްބަރުން ހަމަނުވެ ޕާޓީ އުވާލުމުން ފާރިސް އާއި މައުމޫނަށް ގޯސްވީ އީސީ

ރައީސް މައުމޫނާ ފާރިސް ސަލާމް ކުރައްވަނީ. ދެ ބޭފުޅުން ވެސް ވަނީ ޕާޓީ އުވާލީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފައި --- ފޮޓޯ: އެމްއާރުއެމް

ރައީސް މައުމޫނާ ފާރިސް ސަލާމް ކުރައްވަނީ. ދެ ބޭފުޅުން ވެސް ވަނީ ޕާޓީ އުވާލީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފައި --- ފޮޓޯ: އެމްއާރުއެމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އަށް 3,000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަށް އެމަނިކުފާނާއި, އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން ނުރުހުން ފާޅުކުރައްވައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ޕާޓީއެއްގެ ގޮތުގައި ބަލައިގަންނާނީ 3,000 މެމްބަރުން ހަމަވާ ޕާޓީތަކެވެ. އަދި, ދަައުލަތުން ފައިސާ ދޫކުރާނީ 10,000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

އޭގެ ތެރެއިން އެއްވެސް އަދަދަކަށް ބޭނުންވާ ވަރަށް އެމްއާރުއެމްގައި މެމްބަރުން ހަމަ ނުވެ އެވެ. އަދި, އެ ޕާޓީން ސިޔާސީ ހަރަކާތްތައް ހިންގާ މަންޒަރެއް ވެސް ނުފެނެ އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް 3000 މެންބަރުން ހަމަނުވެގެން އެމްއާރްއެމް ޕާޓީ އުވާލާނެ ކަމުގެ ނޯޓިސް އޮތީ ދީފަ އެވެ. އެކަމަކު ނޯޓިސް ދިނުމާ ގުޅިގެން އެމްއާރްއެމުން ވަނީ މެންބަރުން ހަމަކޮށްފަ އެވެ.

ނަމަވެސް, އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ޕާޓީގައި އޭރު ތިބީ އެންމެ 2,900 މެންބަރުންނެވެ. އަދި, މިއަދު ވަނީ އުވާލަން ނިންމާފައިވާކަން އަންގާފަ އެވެ.

"މެންބަރުން ހަމަކުރުމަށް ދެވުނު ތިން މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (MRM)އުވާލުމަށާ މިއަދުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެޕާޓީއަށް އެންގުމަށް ކޮމިޝަނުން ވަނީ ނިންމާފައި," އީސީން ހާމަކޮށްފައިވެ އެވެ.

އެ ނިންމުން ފާރިސް ސިފަކުރެއްވީ "ގާނޫނާ ހިލާފު" ކަމެއްގެ ގޮތުގަ އެވެ.

"މި ނިންމުމާ ހަމައަށް ވާސިލުވި ގޮތަށް ބަލާއިރު މުޅި ގައުމުގައި އޮތް ކޮރަޕްޝަނާއި ގާނޫނަށް ބޯނުލެނބުމުގެ މައްސަލަތައް ހާމަވެގެންދޭ. އަދި, އެއީ އާންމު ކަމަކަށް ވެއްޖެ," ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

"ގާނޫނާއި ހިލާފު އަދި ކޮރަޕްޓް މި ނިންމުމާ ދެކޮޅަށް މަސައްކަތް ކޮށް اللهގެ ވާގިފުޅާ އެކު އަޅުގަނޑުމެން ކާމިޔާބު ހޯދާނަން," މައުމޫން ޓްވީޓު ކުރައްވާފައިވެ އެވެ.

އެކަމާ ގުޅިގެން އެމްއާރުއެމްގެ މެމްބަރުންގެ އަރިހުން ފާރިސް ވަނީ ކެތްތެރިވުމަށް އެދިފަ އެވެ. އަދި, "ސިޔާސީ ނުފޫޒާއި ފައިސާ މެދުވެރިކޮށް ހިންގާ ކޮރަޕްޓު" އަމަލުތައް ހުއްޓުވުމުގައި ބައިވެރިވުމަށް ފާރިސް ވަނީ އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.

އެމްއާރުއެމް އުވާލާފައި މިވަނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ގޮތެއް ނިންމާފައި ނުވަނީހެވެ. ކޯލިޝަންގެ ދައުވަތު ރައީސް ސޯލިހު ވެސް ދެއްވާފައިވާއިރު އެ ޕާޓީން ގެންދަނީ ސިޔާސީ އެހެން ބައެއް ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ. އަދި, އެމްއާރުއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް ވަކިން ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދެއްވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަނުގައި އެމްއާރުއެމް ހިމެނެ އެވެ. އެ ޕާޓީގެ ސްލޮޓުގައި ތިއްބެވި ދެ ބޭފުޅަކު ސަރުކާރުގެ ދެ ވުޒާރާއެއްގެ މިނިސްޓަރުންގެ ގޮތުގައި އެބަތިއްބެވި އެވެ. އެއީ ހެރިޓޭޖު މިނިސްޓަރުގެ ގޮތުގައި ހުންނެވި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

އެމްއާރްއެމްގެ ތާރީހު

ސިޔާސީ ޕާޓީ އުފައްދަން ދިން ހުއްދަ އާއެކު ރައީސް މައުމޫން އެންމެ ފުރަތަމަ ހެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމާ ގުޅިގެން އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގެން ދެން އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.

އެހެންނަމަވެސް، ކޮއްކޯފުޅު އަބްދުالله ޔާމީން ވެރިކަމަށް ވަޑައިގެން ޕީޕީއެމްގެ ކޮންޓްރޯލް އެމަނިކުފާނު ނެންގެވުމުން މައުމޫނަށް ޖެހިވަޑައިގަތީ އެ ޕާޓީ ވެސް ދޫކުރައްވައި އެހެން ސިޔާސީ ހަރަކާތެއް ފައްޓަވާށެވެ. އެ މަސައްކަތުގެ ތެރެއިން އުފަންވީ އެމްއާރުއެމް އެވެ.

އޭގެ ފަހުން 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް މައުމޫން މަސައްކަތް ކުރެއްވީ "މައުމޫން ރީފޯމް މޫވްމަންޓް"ގެ ނަމުގައި ހެދި ސިޔާސީ ހަރަކާތެއްގަ އެވެ. އެ ހަރަކާތް ޕާޓީއަކަށް ބަދަލު ކުރާނެ ކަން އިއުލާނުކުރީ ޖަނަވަރީ 31، 2019 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox