އާސެނަލުން ސަކާގެ ކޮންޓްރެކްޓް އާ ކޮށްފި

May 24, 2023, 1:39 AM
އާސެނަލްގެ ޕްރެކްޓިހެއްގެ ތެރެއިން ސަކާ.

އާސެނަލްގެ ޕްރެކްޓިހެއްގެ ތެރެއިން ސަކާ.

ލަންޑަން (މެއި 24) - އިނގިރޭސި ފޯވާޑް، ބުކާޔޯ ސަކާ، މިހާރު ވެސް ކުޅެމުން އަންނަ ކްލަބް، އާސެނަލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފި އެވެ.

ސަކާ، 21، އާސެނަލްގެ އެއްބަސްވުން އާ ކޮށްފައި މި ވަނީ މި ސީޒަން ފެށިގެން ކުރަމުން އައި މަޝްވަރާތަކަކަށް ފަހު، ދެ ފަރާތުން އެއްބަސްވާ ކަންތައްތަކެއް ކޮންޓްރެކްޓްގައި ހިމެނުމަށް ފަހު އެވެ. އެ ގޮތުން، ރިޕޯޓްތައް ބުނާގޮތުން ސަކާ، އާސެނަލާ އެކު އެއްބަސްވީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ޓީމަށް ކުޅެދޭ ގޮތަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.

އުމުރުން އެންމެ އަށް އަހަރުގައި އާސެނަލާ ގުޅުނު ސަކާ ވަނީ މިދިޔަ ދެ ސީޒަނުގައި އާސެނަލުން ޕްރިމިއާ ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ކުޅެފަ އެވެ.

މި ސީޒަނުގައި އާސެނަލުން ޕްރިމިއާ ލީގަށް ވާދަކުރިއިރު، ސަކާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުޅި ސީޒަނަށް ބަލާއިރު، ސަކާ ވަނީ ހުރިހާ މުބާރާތެއްގައި އެއްކޮށް، އާސެނަލަށް 14 ގޯލު ޖަހައިދީ، 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އާސެނަލްގެ ކޮންޓްރެކްޓް އާ ކުރި ސަކާ (މ) އެ ޓީމުގެ ކޯޗު އާޓެޓާ (ކ) އާއި ސްޕޯޓިން ޑިރެކްޓަރު އެޑޫ (ވ)އާ އެކު.

ސަކާ ބުނީ އާސެނަލްގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ އޭނާ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމަށް ޓަކައި، ކުރަން ޖެހޭ ކަންކަމަށް ފޯކަސްކޮށް ކެރިއަރުގައި ކުރިއަށްދިއުމަށް ފުރުސަތު އެންމެ ބޮޑުކޮށް އޮތް ޓީމަކީ އާސެނަލް ކަމަށް ވާތީ އެވެ.

އާސެނަލްގެ ސީނިއާ ޓީމުން ސަކާ އަށް ފުރުސަތު ދިނީ 2018 ވަނަ އަހަރު އެ ޓީމުގެ ކޯޗަކަށް އުނާއި އެމެރީ ހުރިއިރު އެވެ.

އާސެނަލްގެ މިހާރުގެ ކޯޗު، މިކޭލް އާޓެޓާގެ ޕްލޭނުގައި ވެސް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ސަކާއާ ބެހޭގޮތުން، އާޓެޓާ ބުނީ އެ ޓީމުން ދާން ބޭނުންވާ ލެވަލަށް ގެންދިއުމަށްޓަކައި އެ ޕްލޭނުގެ ތެރެއިން އެންމެ އިސް ދައުރެއް އަދާކުރާނެ ކުޅުންތެރިއަކީ ސަކާ ކަމަށެވެ. އަދި އެ ފަދަ ކުޅުންތެރިއަކު ކްލަބްގައި މަޑުކުރަން ނިންމުމަކީ މުޅި ޓީމަށް ލިބޭ އުފާވެރިކަމެއް ކަމަށެވެ.

ސަކާގެ ސޮއި ހޯދަން މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް އަދި ބޮރޫޝިއާ ޑޯޓްމަންޑުން މަސައްކަތް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox