ސައުދީ އަރަބިއްޔާގެ އަންހެނަކު ފުރަތަމަ ފަހަރަށް ޖައްވަށް

ރައްޔަނާ ބަރްނާވީ. -- ފޮޓޯ: އެކްސިއޮމް ސްޕޭސް

ރައްޔަނާ ބަރްނާވީ. -- ފޮޓޯ: އެކްސިއޮމް ސްޕޭސް

ވޮޝިންޓަން، އެމެރިކާ (މޭ 22) - އެކްސިއޮމް ސްޕޭސްއިން ޗާޓަރުކޮށްގެން ޕްރައިވެޓް މިޝަނެއްގެ ދަށުން ސައުދީ އަރަބިއްޔާ ދެ މީހުން ސްޕޭސް އެކްސްގެ ކެޕްސޫލެއްގައި ޖައްވަށް ދަތުރުކޮށް ބައިނަލްއަގްވާމީ ޖައްވީ އިދާރާ (އައިއެސްއެސް) އަށް ފައިބައިފި އެވެ.

އެ މިޝަންގައި ހިމެނޭ ސައިންޓިސްޓް ރައްޔަނާ ބަރްނާވީއަކީ ޖައްވަށް ދަތުރު ކުރި ސައުދީ އަރަބިއްޔާގެ ފުރަތަމަ އަންހެން މީހާ އެވެ. އޭނާއާ އެކު ހިމެނެނީ އަސްކަރީ ޕައިލެޓެއްގެ ގޮތުގައި ތަމްރީންވެފައިވާ އަލީ އަލް ގަރްނީ އެވެ. އެއީ އައިއެސްއެސްއަށް ފޭބި ސައުދީގެ ފުރަތަމަ މީހުންނެވެ.

ދެން އެ މިޝަންގައި ހިމެނެނީ މީގެ ކުރިން ތިން ފަހަރު އައިއެސްއެސްއަށް ގޮސްފައިވާ ނާސާގެ އެސްޓްރޮނޯޓް ޕެގީ ވިޓްސަން އާއި އެމެރިކާގެ ވިޔަފާރިވެރިޔާ ޖޯން ޝޮފްނާ އެވެ. ވިޓްސަންއަކީ އެ މިޝަންގެ ކޮމާންޑަރެވެ.

އެ ހަތަރު މީހުން އައިއެސްއެސްއަށް ދަތުރު ކުރި އިރު، އެ ތަނުގައި ހަތް އެސްޓްރޮނޯޓުން އުޅެމުން އެބަަދެ އެވެ. އެއީ ރަޝިއާގެ ތިން މީހުންނާއި، އެމެރިކާގެ ތިން މީހުންނާއި ޔޫއޭއީގެ މީހެކެވެ.

އާދީއްތަ ދުވަހު ސްޕޭސް އެކްސްގެ ރޮކެޓް ނައްޓާލީ ފްލޮރިޑާއިންނެވެ. ދުނިޔޭގެ މަތިން 250 މޭލު ދުރުގައި ދައުރުވާ އައިއެސްއެސްއަށް ދާން ނެގީ ގާތްގަނޑަކަށް 16 ގަޑިއިރެވެ.

އޭއެކްސް-2 ގެ ނަން ދީފައިވާ މި މިޝަނަކީ އައިއެސްއެސްއަށް ދަތުރު ކުރާ ދެ ވަނަ ޕްރައިވެޓް މިޝަނެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ވެސް ޕްރައިވެޓް މިޝަނެއްގައި ބަޔަކު އައިއެސްއެސްއަށް ދިޔަ އެވެ.

އޭއެކްސް-2 ގެ މެމްބަރުން އައިއެސްއެސްގައި 10 ވަރަކަށް ދުވަސް ހޭދަކުރާނެ އެވެ. އަދި އެ މުއްދަަތުގައި 20 ތަހުލީލު ކުރުމަށް ރާވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox