ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 10 ޕަސެންޓު އުފުލިއްޖެ

Mar 2, 2026, 8:49 AM
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 10 ޕަސެންޓު އުފުލިއްޖެ

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާދީ ފެށި ހަނގުރާމަ އާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް 10 ޕަސެންޓު އުފުލިއްޖެ އެވެ.

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 82.37 ޑޮލަރަށް އަރާފައިވާއިރު މިއީ މިދިޔަ ހަފްތާއަށްވުރެ 13 ޕަސެންޓު ބޮޑު އަދަދެކެވެ. މާކެޓުތައް އިއްޔެ ބަންދުކުރިއިރު ފީފާއެއްގެ އަގު 79.78 ޑޮލަރުގައި ހުރުއިރު އެއީ 9.5 ޕަސެންޓު ބޮޑުވުމެކެވެ.

މި ހަނގުރާމައާއެކު ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރާ ޓޭންކަރުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ދުނިޔޭގެ ކަނޑުމަގުން ކުރެވޭ ތެޔޮ ޝިޕްމަންޓްތަކުގެ 20 އިން 30 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ.

ހޮރުމޫޒު ކަނޑުއޮޅިން ކުރި ދަތުރުކުރާ އަދަދަށް ތެޔޮ ޝިޕްމަންޓްތަކަށް ދަތުރު ނުކުރެވޭނަމަ ތެލުގެ އަގު އިތުރަށް އުފުލި ސަޕްލައިއަށް އަސަރުކުރާނެ އެވެ.

ޖޭޕީ މޯގަން ފަދަ ދުނިޔޭގެ އިންވެސްޓްމަންޓް ބޭންކުތަކާއި އިގްތިސާދީ ދިރާސާ ކުރާ އިދާރާތަކުން ލަފާކުރާ ގޮތުގައި، ހޮރުމުޒް ކަނޑުއޮޅި މުޅިން ބަންދުކޮށް، އަސްކަރީ ކުރިމަތިލުންތައް އިތުރުވެއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފީފާއަކަށް 120 އާއި 130 ޑޮލަރަށްވުރެ މައްޗަށް އަރާނެ އެވެ.

އިރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވެ ސައުދީ އަރަމްކޯގެ އެންމެ ބޮޑު އެއް ތެޔޮ ސާފުކުރާ ކާރުހާނާ ކަމަށްވާ ރަސް ޓަނޫރާގެ މަސައްކަތް ވެސް މިއަދު ވަނީ ހުއްޓާލާފަ އެވެ. ރަސް ޓަނޫރާ ކާރުހަނާއަކީ ދުވާލެއްގެ މައްޗަށް 550،000 ފީފާގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ލިބިފައިވާ ކާރުހާނާއެކެވެ. މިއީ ތެޔޮ ސާފުކުރާ ދުނިޔޭގެ އެންމެ ބޮޑެތި ކާރުހާނާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

އީރާނުގެ މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ މާލީ ބާޒާރުތަކަށް ނުތަނަވަސްކަން އައިސް، ފޮރެކްސް އަދި ހިއްސާގެ ބާޒާރުތައް ބަލިކަށިވެދާނެ ކަމުގެ ބިރު ވެސް ވަނީ ހީވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox