މި އަހަރަށް އެފްއޭއެމުން ފާސްކުރީ ދެ މިލިއަން ރުފިޔާގެ އަރަނި ބަޖެޓެއް!

May 22, 2023, 7:03 AM
އެފްއޭއެމް އިން ރޭ ބޭއްވި ކޮންގްރެސްގެ ތެރެއިން: އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއޭއެމް އިން ރޭ ބޭއްވި ކޮންގްރެސްގެ ތެރެއިން: އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި އަހަރަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދެ މިލިއަން ރުފިޔާގެ އަރަނި ބަޖެޓެއް ފާސްކޮށްފި އެވެ.

އެފްއޭއެމުން އެ އިދާރާގެ އަހަރީ ބަޖެޓު ފާސްކުރީ އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. މި ޖަލްސާގައި ބައިވެރިވީ ޖުމްލަ 13 ކުލަބަކުންނެވެ.

ކުލަބުތަކުގެ ވޯޓާ އެކު ފާސްކުރި ބަޖެޓުގައި މި އަހަރު އެފްއޭއެމްގެ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 83 މިލިއަން ރުފިޔާ އެވެ. ލިބޭނެކަމަށް ލަފާކޮށްފައިވަނީ 85 މިލިއަން ރުފިޔާ އެވެ.

Advertisement

އިއްޔެ ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބަޖެޓުގެ ބޮޑު ބަޔެއް ހަރަދުވާނެކަމަށް ލަފާކުރެވެނީ "ޓުވާޑްސް ފިއުޗާގެ" ދަށުން ޒުވާން ކުޅުންތެރިން ތަމްރީނު ކުރުމަށާއި، އެކެޑަމީތަކަށެވެ.

އެފްއޭއެމުން މިދިޔަ އަހަރު ފާސްކުރީ 8.6 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. މިދިޔަ އަހަރު ވެސް ލިބޭނެކަމަށް ލަފާކުރީ 80 މިލިއަން ރުފިޔާ އެވެ. ހަރަދުގެ ގޮތުގައި 88 މިލިއަން ރުފިޔާ މިދިޔަ އަހަރު އަންޒާދާކުރި އެވެ.

މިދިޔަ އަހަރުގެ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސް ވަނީ އަހަރު ނިމޭއިރު އެފްއޭއެމްގެ ދަރަނިތައް ހަލާސްކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އަހަރު ނިމި ޖެހިގެން އައި އަހަރާ ކުރިމަތިލިއިރު ވެސް އެފްއޭއެމްގެ ދަރަނިތައް އޮތީ ބޮޑުވެފަ އެވެ.

އެފްއޭއެމުން މިދިޔަ އަހަރު ގިނަ ފައިސާތަކެއް ކުރީގެ ކޯޗުންނަށް ދޭން ޖެހުނެވެ. ކޯޗުން ވަކިކުރުމުގައި ގޯސްކަންތައްތަކެއް ހުރިކަން ފާހަގަކޮށް ފީފާ އިން ކޮށްފައިވާ ހުކުމްތަކަށް ގިނަ ކޯޗުންތަކަކަށް އެފްއޭއެމުން ބޮޑެތި އަދަދުތަކުން ހޭދަކުރަން ޖެހުނެވެ.

އެފްއޭއެމް ކޮންގްރެސްގެ ތެރެއިން ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި ހިންގަމުން އަންނަ 21 ގައުމީ ކުޅިވަރު އެސޯސިއޭޝަނުގެ ތެރެއިން އެންމެ ދަރަނި ބޮޑު އެސޯސިއޭޝަންގެ ގޮތުގައި ފާހަގަކުރެވެނީ އެފްއޭއެމް އެވެ.

ކޮންގްރެސްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ސްޕޮންސަރުންގެ އަތުން ލިބޭނެކަމަށް ލަފާކުރާ ފައިސާ މިދިޔަ ދެ އަަހަރަށް ބަލާއިރު ހޯދުމުގައި އުނދަގޫތަކެއް ހުރިކަމަށެވެ. ސަބަބަކީ ކޮވިޑަށްފަހު ކުންފުނިތަކުން ބޮޑެތި ހޭދަތައް ކުރުން މަދުކުރުމެވެ. ނަމަވެސް ސަރުކާރާ ގުޅިގެން ފުޓްބޯޅަ ކުރިއެރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިފަހަރުގެ ދިވެހި ޕްރިމިއާ ލީގު އެމްޑަބްލިއުއެސްސީ އިން ސްޕޮންސަ ކުރުމަކީ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެޅުނު ރަނގަޅު ފިޔަވަޅެއް. ހެޔޮ ފާލެއްގެ ގޮތުގައި އަޅުގަނޑު މިކަން ދެކެނީ. ސަރުކާރު ކުންފުނިތަކުން އެހީތެރިކަން އަންނަނީ ލިބެމުން" ބައްސާމް ވިދާޅުވި އެވެ.

އަހަރީ ކޮންގްރެސްގައި އެފްއޭއެމްގެ ދަރަނިތައް ހުރިކަން އެފްއޭއެމްގެ ރައީސް ބައްސާމް ފާހަގަކުރެއްވި އެވެ. އެކަމުގެ މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް ބައްސާމް ވިދާޅުވީ މިދިޔަ އަހަރު ލަފާކުރި އަދަދަށް ވުރެ އެފްއޭއެމްގެ ދަރަނި ދެ މިލިއަން ރުފިޔާ މަދުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox