އުނދަގޫ އަހަރުތަކަކަށް ފަހު ޖޯންސް ޔުނައިޓެޑާ ދުރަށް

May 20, 2023, 7:30 PM
އުނދަގޫ އަހަރުތަކަކަށް ފަހު ޖޯންސް ޔުނައިޓެޑާ ދުރަށް

ލަންޑަން (މެއި 20) - އަނިޔާގެ މައްސަލަތަކާއި، ފޯމް ދަށްވުމުގެ ސަބަބުން އުނދަގޫ އަހަރުތަކެއް ހޭދަކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ފިލް ޖޯންސް މި ސީޒަނަށް ފަހު އެ ކްލަބާ ދުރަށް ވަކިވާނެ އެވެ.

ޔުނައިޓެޑާ އެކު ޖޯންސް ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، ކޮންޓުރެކްޓް އާނުކުރާނެ ކަމަށް ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ބްލެކްބާން ދޫކޮށް ޖޯންސް ،31، ޔުނައިޓަޑާ ގުޅުނީ 2011 ވަނަ އަހަރެވެ. އޭރު އޭނާ އަކީ އިންގްލެންޑްގައި ހުރި އެންމެ އުންމީދީ އެއް ޑިފެންޑަރެވެ.

ޔުނައިޓަޑަށް ޖޯންސް 229 މެޗު ކުޅެ، ހަ ލަނޑު ޖަހާފައިވާއިރު، އިންގްލެންޑްގެ ގައުމީ ޓީމަށް ވެސް 27 މެޗު ކުޅުނެވެ.

ޖޯންސް ޔުނައިޓެޑަށް އެންމެ ފަހުން ކުޅުނު މެޗަކީ މިދިޔަ ސީޒަންގަ އެވެ. މި ސީޒަންގެ ވެސް ބޮޑު ބައި އޭނާ ކުޅުމާ ދުރުގައި ހޭދަކުރީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެެވެ.

"އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިން،" ޔުނައިޓަޑްގެ ސަޕޯޓަރުންނަށް ފޮނުވި ސިޓީއެއްގައި ޖޯންސް ބުންޏެވެ. "އަހަރެން ހިތަށް އަރާ މިއަށްވުރެ ގިނަ މެޗު ކުޅެވުނުނަމައޭ. އެކަމަކު އަހަރެން މި ކްލަބަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިން."

ޖޯންސް ބުނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަންޖެހުމުގެ ސަބަބުން، ޓީމުގެ އެހެން ކުޅުންތެރިންނާ ވާހަކަދައްކަން ވެސް "ލަދުގަތް" ދުވަސްތަކެއް ދިޔަ ކަމަށެވެ.

"އަހަރެން ހިތަށް އަރަނީ ޓީމަށް އަހަރެންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭ. އެހެންވެ، ނުތަނަވަސްކަން އިހުސާސްކުރެވުނު،" ޖޯންސް ބުންޏެވެ.

ޔުނައިޓެޑްގައި ޖޯންސް ހޭދަކުރި 12 އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބާ އެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ އިތުރުން އެފްއޭ ކަޕާއި ޔޫރޮޕާ ލީގު އަދި ކޮމިއުނިޓީ ޝީލްޑް ވެސް ކާމިޔާބުކުރިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox