އަރަބި ސަމިޓުގައި ބައިވެރިވުމަށް އަސަދް ސައުދީއަށް ވަޑައިގެންފި

ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް މަރުހަބާ ދެންނެވީ އަމީރް ބަދްރް ބިން ސުލްތާން. -- ފޮޓޯ: އޭއެފްޕީ

ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް މަރުހަބާ ދެންނެވީ އަމީރް ބަދްރް ބިން ސުލްތާން. -- ފޮޓޯ: އޭއެފްޕީ

ޖިއްދާ، ސައުދީ އަަރަބިއްޔާ (މޭ 18) - ހުކުރު ދުވަހު ސައުދީ އަރަބިއްޔާގައި އޮންނަ އަރަބި ލީގުގެ ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދް ޖިއްދާއަށް ވަޑައިގެންފި އެވެ.

މިއީ މީގެ 12 އަހަރު ކުރިން ސީރިއާގެ ދާހިލީ ހަނގުރާމަ ފެށި ފަހުން އަސަދް ސައުދީއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މި ދަތުރު ކުރައްވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ދައުވަތަކަށެވެ.

ދިގު މުއްދަތަކަށް ފަހު ގިނަ އަރަބި ގައުމުތަކާއި ސީރިއާގެ ގުޅުން ރަނގަޅު ވާން ފެށި ނަމަވެސް، ބައެއް ގައުމުތަކުން އަދިވެސް އަސަދްގެ ސަރުކާރާ ގުޅުން ގާއިމްކުރަން ބޭނުމެއް ނުވެ އެވެ. އޭގެ ތެރޭގައި ގަތަރު ހިމެނެ އެވެ.

ބުރާސްފަތި ދުވަހު އަސަދް ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ މައްކާ ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު އަމީރު ބަދްރް ބިން ސުލްތާން އެވެ.

ސީރިއާގެ ބައެއް ނޫސްތަކުން ބުނީ ބުރާސްފަތި ދުވަހުގެ ރެ އާއި ހުކުރު ދުވަހުގެ ހެނދުނު އަސަދް ގިނަ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އޭގެ ފަހުން ދެން އޮންނާނީ އަރަބި ލީގު ސަމިޓުގެ ބައްދަލުވުމެވެ. އަސަދް އެންމެ ފަހުން އަރަބި ލީގު ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވީ 2010 ވަނަ އަހަރު ލީބިޔާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޝީއަށް މަރުހަބާ ކިޔަން ޓްރަމްޕް އެއާޕޯޓަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވޮޝިންޓަނުގައި ބާއްވާ ސަމިޓަށް، އާންމު އުސޫލާ ހިލާފަށް ޓްރަމްޕް އެއާޕޯޓަށް ވަޑައިގެން ޝީއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. އަސްކަރީ ޝަރަފާއި ރަތް ދޫލައިގެ މަރުހަބާއަކާއެކު ފެށުނު މި ދަތުރުފުޅުގައި، އޭއައި އާއި ވިޔަފާރި އަދި ބައިނަލްއަގުވާމީ ސަލާމަތީ މައްސަލަތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ.

ނޫސްވެރިން ބޭރުކުރި މައްސަލާގައި ޓްރަމްޕަށް ބޮޑު ނާކާމިޔާބީއެއް

އެމެރިކާގެ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ރައީސް ޓްރަމްޕް މަނާކުރެއްވި މަނާކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ނިންމައި، އެ ނޫސްވެރިންނަށް އަލުން ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެޑަރަލް ފަނޑިޔާރަކު އަމުރުކުރައްވައިފިއެވެ. ފަނޑިޔާރު ވަނީ ނޫސްވެރިންގެ ޕްރެސް ޕާސްތައް ވަގުތުން އަނބުރާ ދިނުމަށް އަމުރުކުރައްވައި، ސަރުކާރުން ދެއްކި ގައުމީ ސަލާމަތުގެ އުޒުރުތައް ބޭރުކޮށްލައްވާފައެވެ.

އޯޕަންއޭއައިގެ އެޖެންޓެއް ސަރުކާރުގެ ވެބްސައިޓެއް ހެކްކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. ބޮޑުވަޒީރު އެލްބަނީޒީ އިތުރަށް ވިދާޅުވީ، އޭއައިގެ ސަބަބުން ކުރިމަތިވާ މިފަދަ ގޮންޖެހުންތަކުން ރައްކާތެރިވުމަށްޓަކައި އާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އީރާނުން އެމެރިކާގެ ކުރިމަތީގައި އިސްނުޖަހާނެ: ޕެޒެޝްކިއަން

އީރާނުން އެމެރިކާގެ ކުރިމަތީގައި އިސްނުޖަހާނެ ކަމަށާއި، ނަމަވެސް ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރަން ބޭނުންވާ ކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލީހުގައި ދެ ގައުމުގެ ވެރިން ހޫނު ބަަަހުގެ ހަމަލާތަކެއް ބަދަލުކުރެއްވި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ނުސީދާ މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. ހަމައެއާއެކު، އީރާނުގެ ފްލައިޓްތައް ހުއްޓުވުމަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުންދޭ އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

ސިންގަޕޫރުގެ ބަސްތަކުގައި އަދަބާ ހިލާފުވާނަމަ ބޮޑު ޖޫރިމަނާ

ސިންގަޕޫރުގެ ބަސްތަކާއި ޓާމިނަލްތަކުގައި އަދަބާ ހިލާފު އަމަލުތައްކުރާ މީހުން 500 އާއި 5،000 ސިންގަޕޫރު ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން އެ ގައުމުން ވަނީ ނިންމާފައެވެ. މި ގަވާއިދުގެ މަގްސަދަކީ އާންމު ދަތުރުފަތުރުގެ ނިޒާމަކީ އެންމެންނަށް ރައްކާތެރި އަދި އިހުތިރާމްކުރާ މާހައުލަކަށް ހެދުމެވެ. މި އުސޫލުގެ ދަށުން ކުށްކުރާ ފަރާތްތަކަށް ނޯޓިސް ދޫކުރުމުގެ ބާރު ޓިކެޓް އިންސްޕެކްޓަރުންނާއި ޓާމިނަލްތަކުގެ މުވައްޒަފުންނަށް ވަނީ ދީފައެވެ.

Newsletter

Get the latest news delivered straight to your inbox