ހުލާސާކޮށް އިއްޔެ: ނަޝީދުގެ ބޭނުމަށް ފިކުރެއްގެ ދިރުން ޕާޓީއަކަށް

May 18, 2023, 2:49 AM
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރަން ދަރުބާރުގޭގައި މިއަހަރު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރަން ދަރުބާރުގޭގައި މިއަހަރު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ އެތެރޭގައި އުފެދިފައި އޮތް ސިޔާސީ ވާދައިގައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަންނަވަމުން ދިޔަ ނާކާމިޔާބީތަކަށް ފަހު އުފެެއްދި، "ފިކުރެއްގެ ދިރުން" ހަރަކާތް, އެންމެ ފަހުން ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް، ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިއްޔެ އިއުލާނު ކުރި އެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފުވެ، އިދިކޮޅު ފަރާތްތަކާއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާ ގުޅިގެން އޭނާ ޕާޓީން ވަކިކޮށްފައި ވަނިކޮށް، ފިކުރެއްގެ ދިރުން ޕާޓީ އުފެއްދުމުގެ ބޭނުމުގައި ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އިއްޔެ އެމްޑީޕީން ވަކިވި އެވެ. އެ އަށް ފަހު ޕާޓީ އުފައްދާކަން އިއުލާނު ކުރެއްވީ އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ގޮފިތައް އުފައްދައި، އެ ގޮފިތަކުން ތާއިދުކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ކަމަށެވެ. އެއަށް ފަހު މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ގެންދިޔަ ނަމަވެސް، ގޮފި އުފެއްދުމުގެ މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އިއްޔެ ފެށީ ޕާޓީ އުފެއްދުމުގެ މަސައްކަތެވެ. އިއްޔެ އަކީ ނަޝީދުގެ 56 ވަނަ އުފަން ދުވަހެވެ.

ދެން ފެނިގެން ދިޔައީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރިއަށް ނެރުއްވައިގެން ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ބަލިކުރެއްވުމުގެ މަސައްކަތް ފެއްޓެވި ތަނެވެ. ގާސިމަށް ވެސް ނަޝީދު ހުށަހެޅުއްވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއިދު ކުރެއްވުމަށެވެ. ނަމަވެސް ގާސިމަކީ ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ބޭފުޅެއް ނޫނެވެ.

ނަޝީދުގެ ކުރީގެ މިތުރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމާއި، އެމްޑީޕީ ބައިބައިކޮށް ނަޝީދު ބާކީ ކުރި ކަމަށް ފިކުރެއްގެ ދިރުމުން ބުނެ އެވެ. ނަޝީދު ބޭނުންފުޅުވީ، ރައީސް ސޯލިހު ބަރުލަމާނީ ނިޒާމަކަށް އެއްބަސްވެވަޑައިގަތުމަށެވެ. އަދި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހުންނެވުމަށް ބޭނުންފުޅުވާ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުން ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށި ނަމަވެސް، ނަޝީދު އަދި ހުންނެވީ އެމްޑީޕީގަ އެވެ. އެ މަނިކުފާނު ޕާޓީގައި ހުންނެވި ސަބަބެއް އަދި ވިދާޅެއް ނުވެ އެވެ. ނަމަވެސް ފިކުރެއްގެ ދިރުން ޕާޓީ އުފެއްދުމަށް، މަޖިލީހުގެ 12 މެންބަރުން އެމްޑީޕީން ވަކިވުމުގެ ސިޓީގައި ސޮއި ކުރެއްވީ ނަޝީދުގެ ހާޒިރުގަ އެވެ. އެހެންވެ، ވަކި ހިސާބަކުން ނަޝީދު އެމްޑީޕީން ވަކިވާނެ ކަމަށް ބެލެވެ އެވެ.

ފިކުރެއްގެ ދިރުން ހިންގާނީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ. ނަމަވެސް، ނަޝީދުއާ ގުޅޭ ގޮތުން ކުރެއްވި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ.

އެމްޑީޕީން ވަކިވި 12 މެންބަރުން

  1. ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ
  2. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
  3. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  4. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  5. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
  6. ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
  7. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  8. ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
  9. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
  10. މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
  11. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު
  12. ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ފިކުރެއްގެ ދިރުން ޕާޓީ އުފެއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެމްޑީޕީން ވަކިވި ނަމަވެސް، މަގާމުގައި ދެމިހުންނެވުމަށް ބޭނުންފުޅުވުމުން އެކަމަށް ފާޑުވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ؛

ސިޔާސީ ޝަހުސިއްޔަތު ހަރުދަނާ ނަމަ އީވާ ޕާޓީން އިސްތިއުފާ ދޭއިރު، ޕާޓީ މެންބަރުން ވޯޓު ދީގެން ހޮވި މަގާމަކުން ވެސް އިސްތިއުފާ ދެއްވާނެ، އެ ރީތި ނަމޫނާ ނުފެނުމަކީ ދެރަ ކަމެއް،"

ދުވަހުގެ ފޮޓޯ

ފިކުރެއްގެ ދިރުން ޕާޓީ އުފެއްދުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު އެ ޕާޓީން ވަކިވެ، ފިކުރެއްގެ ދިރުން ޕާޓީ އުފައްދާނެކަން އިއުލާނުކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މިރާން ނާޝިމް/އަދަދު
ފިކުރެއްގެ ދިރުން ޕާޓީ އުފެއްދުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު އެ ޕާޓީން ވަކިވެ، ފިކުރެއްގެ ދިރުން ޕާޓީ އުފައްދާނެކަން އިއުލާނުކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މިރާން ނާޝިމް/އަދަދު

ފިކުރެއްގެ ދިރުން ޕާޓީ އުފެއްދުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު އެ ޕާޓީން ވަކިވެ، ފިކުރެއްގެ ދިރުން ޕާޓީ އުފައްދާނެކަން އިއުލާނުކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މިރާން ނާޝިމް/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox