ނަޝީދު ލީޑު ކުރައްވާ ފިކުރެއްގެ ދިރުމުން އާ ޕާޓީއެއް އުފައްދަނީ

ރިޔާސީ ޓިކެޓު ހޯއްދެވުމަށް ރައީސް ނަޝީދު ކުރެއްވި ކެމްޕޭނުގެ ތެރެއިން ބޭއްވި އެންމެ ފަހު ރެލީގައި ވާހަކަ ދައްކަވަނީ --- ފޮޓޯ; މުހައްމަދު ޝާބިން/އަދަދު

ރިޔާސީ ޓިކެޓު ހޯއްދެވުމަށް ރައީސް ނަޝީދު ކުރެއްވި ކެމްޕޭނުގެ ތެރެއިން ބޭއްވި އެންމެ ފަހު ރެލީގައި ވާހަކަ ދައްކަވަނީ --- ފޮޓޯ; މުހައްމަދު ޝާބިން/އަދަދު

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގައި އޮތް އިދިކޮޅު ފެކްޝަން, "ފިކުރެއްގެ ދިރުން" އިން އާ ސިޔާސީ ޕާޓީއެއް އުފައްދައި ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަން ނިންމާފައިވާކަން އެނގިއްޖެ އެވެ.

"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު އެ ފެކްޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ ހަރަކާތްތައް އެ ބޭފުޅުން ކުރިއަށްގެންދަވާނެ ގޮތްތައް ހާމަކުރައްވާނެ އެވެ. އަދި, އޭގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އާ ޕާޓީ އުފެއްދުމުގެ ކަންކަން ކުރިއަށްގެންދިޔުން ހިމެނޭ ކަން ވެސް ވަނީ އެނގިފަ އެވެ.

ނަޝީދު ފިޔަވައި އެމްޑީޕީގައި ތިއްބެވި އެ ފެކްޝަންގެ ހުރިހާ ލީޑަރުން ވެސް މިއަދު އެ ޕާޓީން އިސްތިއުފާ ދެއްވިއިރު އާ ޕާޓީގެ ލީޑާޝިޕުން މި ބޭފުޅުން ފެންނާނެ ކަމަށް ބެލެވެ އެވެ.

އެމަނިކުފާނަކީ އެމްޑީޕީ އުފެއްދުމުގައި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އެހެން ނަމަވެސް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައެއް ސިޔާސަތުތަކާއި ހިތްހަމަޖެހިވަޑައިނުގެން ސަރުކާރަށް އޮތް ތާއިދު ނަޝީދު އަނބުރާ ގެންދެވި އެވެ.

ދެ ރައީސުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު އުފަންވި ދެ ފެކްޝަނުން އެމްޑީޕީގެ ކޮންޓްރޯލް ހޯދުމަށް ވާދަކޮށް ކުރި ހޯއްދެވީ ރައީސް ސޯލިހުގެ ފެކްޝަނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމައި, ޕާޓީގެ އިދާރީ މަގާމުތަކުގެ އިތުރުން އެ ޕާޓީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމުގައި ވެސް ކުރި ހޯއްދެވީ އެމަނިކުފާނެވެ.

އޭގެ ސަބަބުން, ނަޝީދަށް އެމްޑީޕީގެ ތެރެއިން ސިޔާސީ ހަރަކާތްތައް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ގޮތަށް ކުރިއަށްގެންދިޔުމަށް ހުރަސްތައް ކުރިމަތިވެ ޕާޓީން ވަނީ އެކަހެރިވެފަ އެވެ.

"ފިކުރެއްގެ ދިރުން" އުފައްދަވައި ނަޝީދު މަސައްކަތްޕުޅު ފެއްޓެވީ އެމްޑީޕީ އަނބުރާ ހޯއްދެވުމަށެވެ. އެހެން ނަމަވެސް, އެމަނިކުފާނަށް އެ މަސައްކަތް ކާމިޔާބުވާ މަންޒަރު ފެނިފައި ނުވެ އެވެ.

މި ޕާޓީ އުފައްދައި ރަޖިސްޓްްރީ ކުރުމާއެކު ވެގެންދާނީ އޮޕޮޒިޝަން ޕާޓީއަށެވެ. އެގޮތުން, ރައްޔިތުންގެ މަޖިލީހުގެ 12 ގޮނޑިއެއްގައި އެ ޕާޓީގެ މެމްބަރުން ތިއްބަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox