ޝެއިހް ޖަސީމް، ޔުނައިޓެޑް ގަންނަން ކުރާ އުންމީދު ދޫކޮށެއްނުލާ

May 16, 2023, 9:32 PM
ޝެއިހް ޖަސީމް: ޔުނައިޓެޑް ގަންނަން ކުރައްވަމުން އަންނަ މަސައްކަތް ވަރުގަދަކުރުމަށް އެކި ކަންކަން އަންނަނީ ކުރައްވަމުން.

ޝެއިހް ޖަސީމް: ޔުނައިޓެޑް ގަންނަން ކުރައްވަމުން އަންނަ މަސައްކަތް ވަރުގަދަކުރުމަށް އެކި ކަންކަން އަންނަނީ ކުރައްވަމުން.

މެންޗެސްޓާ (މެއި 17) - އިނގިރޭސި ފުޓްބޯޅައިގެ ގަދަބާރު، މެންޗެސްޓާ ޔުނައިޓެޑް ގަންނަން ގަތަރުގެ ބޭންކް، ކިއުއައިބީގެ ޗެއާމަން، ޝެއިހް ޖަސީމް ބިން ހަމަދު އަލް ތާނީ ކުރައްވަމުން އަންނަ މަސައްކަތް ހުއްޓާނުލައި، އިތުރު ބިޑެއް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑް ގަންނަން ބިޑް ކުރަން ދިން ފުރުސަތުގައި އެކަން ކޮށްފައިވަނީ ޝައުގުވެރިވާ ދެ ފަރާތް ކަމަށްވާ، އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް އާއި ޝެއިހް ޖަސީމް އެވެ. ރެޓްކްލިފް އާއި ޝެއިހް ޖަސީމް ވެސް ވަނީ މިދިޔަ މަހުގެ ނިޔަލަށް ޔުނައިޓެޑް ގަންނަން ތިން ބިޑެއް ކޮށްފަ އެވެ.

ރެޓްކްލިފާ ހިލާފަށް ޝެއިހް ޖަސީމްގެ ބިޑްގައިވާ ގޮތުން ޔުނައިޓެޑްގެ 100 ޕަސެންޓް ކޮންޓްރޯލް ނަގާނީ އެ ފަރާތުންނެވެ. ޔުނައިޓެޑް ހިންގަމުން އަންނަ އެމެރިކާގެ މަހުޖަނު އާއިލާ، ގްލޭޒާސް އިން ބޭނުންވަނީ ދެ ކްލަބްގެ ކޮންމެވެސް ޕަސެންޓެއްގެ ހިއްސާއެއް އޮތްގޮތަށް އާ ބަޔަކާ ކްލަބް ހިންގުން ހަވާލުކުރާށެވެ. ގްލޭޒާ އާއިލާ އިން ބޭނުންވާ ގޮތަށް، އެ ޑީލް ގެންދަން ރެޓްކްލިފް ހުރީ ތައްޔާރަށެވެ. އެކަމަކު، އެ އަށް ޔުނައިޓެޑްގެ ބޯޑުގެ މެޖޯރިޓީ ނުލިބޭތީ ޑީލް އޮތީ އަދި ނުހިނގަ އެވެ.

Advertisement

ގްލޭޒާ އާއިލާ އިން ޔުނައިޓެޑް ވިއްކާލަން ކިޔާ އަގަކީ 7.3 ބިލިއަން ޑޮލަރެވެ. ގްލޭޒާ އާއިލާ އިން 2005 ވަނަ އަހަރު ޔުނައިޓެޑް ގަތީ 790 މިލިއަން ޕައުންޑް (840 މިލިއަން ޑޮލަރު) އަށެވެ.

ގަތަރުގެ ނުފޫޒު ގަދަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ، ޝެއިހް ޖަސީމް ބިޑް ކޮށްފައިވަނީ އޭނާގެ ނައިންޓޫ ފައުންޑޭޝަން ކުންފުނީގެ ފަރާތުންނެވެ. ޔުނައިޓެޑްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެދެނީ އެ ކްލަބަށް އާ ވެރިއަކު ހަވާލުވުމަށެވެ. އެ ގޮތުން، މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް ބަލާއިރު، އެދެނީ ޝެއިހް ޖަސީމް އަށް ޔުނައިޓެޑް ހިންގަން ލިބުމެވެ.

ޝެއިހް ޖަސީމްގެ ވިސްނުމަކީ ޔުނައިޓެޑްގެ ދަރަނީގެ ގޮތުގައި މި ވަގުތު އޮތް 620-950 މިލިއަން ޑޮލަރު އެއްކޮށް އަދާކުރުމަށް ފަހު، އެ ކްލަބް ކުރިން އޮތް ލެވަލަށް ދެވޭނެ ވަރަށް ކްލަބަށް އިންވެސްޓް ކުރުމެވެ.

ރިޕޯޓްތައް ބުނާގޮތުން ޝެއިހް ޖަސީމް އެންމެ ފަހުން ކުރި ބިޑްގެ ޖުމްލަ އަގަކީ 5.8 ބިލިއަން ޑޮލަރު ކަމަށްވާއިރު، އޭނާ ބޭނުންވަނީ މެޖޯރިޓީ ހިއްސާދާރަކަށް ވުމަށެވެ. އަދި އެ އަށް ފަހު، ޔުނައިޓެޑްގެ އަންހެން އަދި ފިރިހެން ޓީމު ވެސް އެންމެ މަތީ ލެވަލްގައި ބޭއްވޭ ވަަރަށް އިންވެސްޓް ކުރުމަކީ ޝެއިހް ޖަސީމްގެ ޕްލޭން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox