ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުން ރާއްޖެއަށް ދެ ލޯ މެޑަލް

May 16, 2023, 3:38 AM
ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުން ރާއްޖެއަށް ދެ ލޯ މެޑަލް

އިންޑިއާގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2023ގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމު އިވެންޓުން ރާއްޖެއިން ލޯ މެޑަލް ހޯދައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ އިޓާނަގަރުގައި ފެށި މުބާރާތުގައި ސާކް ސަރަހައްދުގެ ހަ ގައުމަކުން އަންނަނީ ވާދަކުރަމުންނެވެ. އެއީ އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ބޫޓާން، ސްރީލަންކާ އަދި ރާއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ ދެ ދުވަހު ކުރިއަށްދިޔައީ ޔޫތު ޓީމު އިވެންޓްގެ މެޗުތަކާއި، ޖޫނިއާ ބައިގެ ޓީމު އިވެންޓުގެ މެޗުތަކުގެ އިތުރުން ޑަބަލްސް އިވެންޓުތަކެވެ.

ޓީމް އިވެންޓަށް ބަލާއިރު ރާއްޖެ ކުޅުނު ހުރިހާ މެޗުތަކަކުން ވަނީ ބަލިވެފަ އެވެ. ނަމަވެސް ޖޫނިއާ ބައިގައި ރާއްޖެއަށް ތިން ވަނަ ވަނީ ލިބިފަ އެވެ. ޖޫނިއާ ބައިގެ ޓީމު އިވެންޓުގައި ވާދަކުރީ ހަތަރު ގައުމުންނެވެ. އެއްވެސް މެޗަކުން މޮޅު ނުވެވުނަށް މުބާރާތުގެ ފޯމެޓް އޮތް ގޮތުން ފައިނަލުގައި ވާދަކުރި ދެ ޓީމު ފިޔަވައި އަނެއް ދެ ޓީމަށް މެޑަލް ލިބުނީ އެވެ.

ނަވާރަ އަހަރުން ދަށުގެ ފިރިހެން ޓީމު އިވެންޓުގައި ރާއްޖެ ވަނީ ބަންގްލަދޭޝް، އަދި ސްރީ ލަންކާ އަތުން ބަލިވެފަ އެވެ. ލަންކާ އަތުން 3-0 އިން ބަލިވިއިރު ބަންގްލަދޭޝް އަތުން ބަލިވީ 3-2 އިންނެވެ މި މެޗުގައި ރާއްޖެއަށް ކާމިޔާބު ކުރެވުނު ދެ ޓައި އަކީ އަޚްތަރު އަހުމަދު ހާލިދު ކާމިޔާބުކޮށްދިން ދެ މެޗެވެ.

އަންހެން ބައިގެ ޓީމު އިވެންޓުގައި ނޭޕާލް އަތުންނާއި ސްރީ ލަންކާ އަތުން ވެސް ރާއްޖެ ބަލިވީ އެވެ. ނޭޕާލް އަތުން 3-2 އިން ބަލިވިއިރު، ލަންކާ އަތުން ވެސް ބަލިވީ 3-2 އިންނެވެ. ދެ މެޗުގައި ވެސް ރާއްޖެއިން ކާމިޔާބުކުރި ޓައި އަކީ ފާތިމަތު ދީމާ އަލީ ކުޅުނު ސިންގަލްސްތަކެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓުތަކަށް ބަލާއިރު މިކްސް ޑަބަލްސް ފައިނަލުން އަޚްޔާރު އާއި ދީމާ ވަނީ ޖާގަ ހޯދާފަ އެވެ.

ދީމާ އާއި އަހްޔާރު ވަނީ ފުރަތަމަ މެޗުގައި ނޭޕާލްގެ ސުޖަން ގަދާލް އާއި ރާއީ ބިޔަންކާގެ ޕެއާ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. ފައިނަލްގައި ރާއްޖޭގެ ޕެއަ ނުކުންނާނީ އިންޑިއާގެ ވަރުގަދަ ޖަލިން ޕަޔާސް އާއި ޔަޝާސްވީނީގެ ޕެއާއާ ދެކޮޅަށެވެ.

ރާއްޖެ އިން ވާދަކުރާ ޖޫނިއާ ޓީމުގައި ހިމެނެނީ ގައުމީ ޗެމްޕިއަން ދީމާ، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އަދި އައިޝަތު ޒާރާ ސާހިލް އެވެ. މި ކުޅުންތެރިންގެ ތެރެއިން ދިމާ، މާލާކް އަދި މިޝްކާ ވަނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް ސަރަހައްދީ ޖޫނިއާ މުބާރާތުގައިވެސް ވާދަކޮށްފަ އެވެ.

އަންހެން ކެޑޭޓް ޓީމްގައި ހިމެނެނީ މިޝްކާ، ޒާރާ އަދި އައިޝަތު އަލްސާ ނާފިޒު އެވެ. ފިރިހެން ކެޑޭޓް ޓީމްގައި ހިމެނެނީ އުމެއިރު، އޯން އިބްރާހިމް ލަތީފު އަދި މުހައްމަދު ޒާއިމް އަހުމަދު އެވެ. މިއީ އަލްސާ، އޯން އަދި ޒާއިމް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ޓީމުގެ ކޯޗަކީ ސްރީ ލަންކާގެ އަޝާން އަޝްވިދާ އެވެ. މެނޭޖަރުގެ ގޮތުގައި ސީނިއާ ކުޅުންތެރިޔާ މުހައްމަދު މުންތިފް އަހުމަދު ބައިވެރިވާއިރު، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވެސް ޓީމާ އެކު ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox