މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ މެމްބަރުންނަށް ބަދަލު ގެންނަން އެމްޑީޕީން ހުށަހަޅައިފި

އެމްޑީޕީ ޕާލަމަންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް -- ފޮޓޯ: އަދަދު

އެމްޑީޕީ ޕާލަމަންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް -- ފޮޓޯ: އަދަދު

މަޖިލީހުގެ ދާއިިމީ ކޮމިޓީތަކަށް އެމްޑީޕީން އައްޔަންކޮށްފައިވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުން އެދި އެ ޕާޓީން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެމްބަރުންނަށް ބަދަލުތަކެއް ގަނައުމަށް އެޕާޓީން ހުށަހަޅައިފައި މިވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ޕާޓީގައި އިތުރު ފެކްޝަނެއް އުފައްދައި އިދިކޮޅު ޕާޓީތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ސޮއި ކުރައްވައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ އަށް ކޮމިޓީއެއްގައި އެ ޕާޓީ ތަމްސީލު ކުރައްވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުމަށް އެދިފަ އެވެ. މި ނޫހަށް ކަށަވަރުވެފައި ވާގޮތުގައި އެ ސިޓީގައި ވަނީ:

  • ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވިލުފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފުގެ ބަދަލުގައި އެ ކޮމިޓީގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، ހުސެއިން ޝަހީމް ހިމެނުން
  • އާންމު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުގެ ބަދަލުގައި އެ ކޮމިޓީގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، މީކާއިލް އަހުމަދު ނަސީމް ހިމެނުމާއި ހަމައެކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަލިފުށި ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު ހުސެއިންގެ ބަދަލުގައި އެ ކޮމިޓީގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު، ޔާސިރު އަބްދުއްލަތީފް ހިމެނުން
  • ޕެޓިޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކެލާ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފުގެ ބަދަލުގައި އެ ކޮމިޓީގައި ވިލުފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފު ހިމެނުމާއި ހަމަ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާއުގެ ބަދަލުގައި އެ ކޮމިޓީގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، ހަސަން ލަތީފު ހިމެނުން
  • އިމްތިޔާޒާއި ސުލޫކު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފްގެ ބަދަލުގައި އެ ކޮމިޓީގައި ކެލާ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް ހިމެނުން
  • ސްޓޭޓް އޯންޑު އެންޓަޕުރައިޒަސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބުގެ ބަދަލުގައި އެ ކޮމިޓީގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަހުމަދު އީސާ ހިމެނުމާއި ހަމައެކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެމްބަރު، ހަސަން ޝިޔާންގެ ބަދަލުގައި އެ ކޮމިޓީގައި ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބު އަބްދﷲ ހިމެނުން
  • ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ ދާއިރާގެ މެމްބަރު، ހަސަން ލަތީފުގެ ބަދަލުގައި އެ ކޮމިޓީގައި އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާއު ހިމެނުމާއި ހަމަ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީގެ ބަދަލުގައި އެ ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް ހިމެނުން
  • އިޖްތިމާއީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަހުމަދު އީސާގެ ބަދަލުގައި އެ ކޮމިޓީގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ ހިމެނުން
  • ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބުގެ ބަދަލުގައި އެ ކޮމިޓީގައި ބާރަށު ދާއިރާގެ މެމްބަރު، އަހުމަދު އަބްދުﷲ ހިމެނުމާއި ހަމަ އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމްގެ ބަދަލުގައި އެ ކޮމިޓީގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ހިމެނުން

މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުން އެދި އެޕާޓީން މަޖިލީހަށް ހުށަހަޅާފައި ވާއިރު، ފޯޅަވަހި ކޯލިޝަނާ ގުޅިގެން ފިކުރެއްގެ ދިރުން ފެކްޝަނުން ދަނީ ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އަދި އެޓާނީ ޖެނެރަލް، އިބްރާހިމް ރިއްފަތު މަގާމުން އަޒުލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން ފޯޅަވަހި ކޯލިޝަނުން ވަނީ ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލަ ވެއްދުމަށް ފިކުރެއްގެ ދިރުން ފެކްޝަނުން ސޮއި ކުރެއްވީ، ހަމައެކަނި މެދު ހެންވޭރު ދާއިރާގެ މެންބަރު، އަލީ އާޒިމް އެވެ. އެ މައްސަލަ ވަނީ އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕުން އެ ޕާޓީގެ ޗެއާޕާސަންގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ.

އޭގެ އިތުރުން ފޯޅަވަހި ކޯލިޝަނުން މިއަދު ވަނީ މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްތަކުމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނބުރާ މައްސަލަ ނަގައިފަ އެވެ. އެހެންނަމަވެސް އެ މައްސަލަ މަޖިލީހަށް ވެއްދިއިރު، ފިކުރެއްގެ ދިރުން ކޯލިޝަނުން ސޮއިކޮށްފައި ނުވާކަން "އަދަދު" ނޫހަށް ވަނީ ކަށަވަރު ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox