ހަކީމީގެ ވިސްނުމަކީ އަލުން ރެއާލަށް ބަދަލުވުން

May 15, 2023, 7:18 AM
ހަކީމީގެ ވިސްނުމަކީ އަލުން ރެއާލަށް ބަދަލުވުން

ޕެރިސް (މެއި 15) - ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް، އަޝްރަފް ހަކީމީ، ސީނިއާ ކެރިއަރުގެ ފުރަތަމަ ކްލަބް، ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަކީމީ، 24، މި ވަގުތު ޕީއެސްޖީ ކޮންޓްރެކްޓްގައި ހުރީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގައި މި ވަގުތު ހަކީމީ ހުރީ އެންމެ ހިތްހަަމަޖެހިގެން ނޫން ކަމަށް ފްރާންސްގެ ނޫސް، ލެކިއުޕޭ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ސީޒަނުގައި ހަކީމީ އަށް ދެ މެޗުގައި ރަތް ކާޑު ދައްކާފައިވާއިރު، އޭނާގެ ޑިސިޕްލިން މައްސަލަތަކެއް ހުރި ކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ވަނީ މީޑިއާގައި ބުނެފަ އެވެ.

މި ސީޒަނަށް ފަހު ރެއާލުން އާ ފުލްބެކެއް އެ ޓީމަށް ހޯދަން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ، ޑެނީ ކާވަހާލްގެ ލޯންގް ޓާމް ރިޕްލޭސްމަންޓަކަށެވެ.

މޮރޮކޯ އަށް އުފަން ނަމަވެސް ހަކީމީ ސީނިއާ ކެރިއަރު ފެށީ 2016 ވަނަ އަހަރު ރެއާލް މެޑްރިޑް ކަސްޓީއާ ޓީމުންނެވެ. ރެއާލް ސީނިއާ ޓީމަށް 2017 ވަނަ އަހަރު ކުޅެން ފަށައި، 2020 ވަނަ އަހަރާ ހަމައަށް ކުޅުނެވެ. އެ މުއްދަތުގެ ތެރޭގައި އެއް ސީޒަނުގެ ލޯނެއްގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ހަކީމީ ކުޅުނެވެ. އޭގެ ފަހުން، 2020-2021 ވަނަ ސީޒަނުގައި އިންޓަ މިލާނަށް ކުޅުމަށް ފަހު، ހަކީމީ މީގެ ދެ އަހަރު ކުރިން ޕީއެސްޖީ އަށް ބަދަލުވީ 45 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.

ރެއާލުން ހަކީމީގެ ސޮއި ހޯދަން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ފްރާންސްގެ ލަ ޕެރީސިއަން ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox