ވެލެންސިއާ ބަލިކޮށް އީގަލްސް އިން ފޯމު ދަމަހައްޓައިފި

May 14, 2023, 6:40 PM
އީގަލްސްގެ ފޭދޫ އިއްބެ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އީގަލްސްގެ ފޭދޫ އިއްބެ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިރޭ ކްލަބް ވެލެންސިއާ އަތުން 3-0 އިން މޮޅުވެ، ކްލަބް އީގަލްސް އިން އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ލީގުގައި އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ދެ މެޗު ހަފްތާގެ ކުޅުން ނިމުުނުއިރު، ދެ މޮޅު ހޯދީ ތިން ޓީމެކެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން އަދި އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި އީގަލްސް އެވެ. ލީގުގެ އަށް ޓީމުގެ ތެރެއިން މެޗަކުން މޮޅެއް ނުލިބި އޮތް ތިން ޓީމުގެ ތެރޭގައި ވެލެންސިއާ ހިމެނެ އެވެ.

ވެލެންސިއާ މި ފަަހަރު ލީގުގައި 14 އަހަރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑަކާ އެކު ކުޅޭއިރު، މި ސީޒަނަށް އެ ޓީމަށް ގެނައި ތަޖުރިބާކާރު ކުޅުންތެރިންނަށް ރަޖިސްޓްރޭޝަން މައްސަަލައިގެ ސަބަބުން ނުކުޅެވެ އެވެ. އެއީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައެއްގެ ސަަބަބުން އާ ކުޅުންތެރިން ރަޖިސްޓްރީ ކުރެވެން ނެތީ އެވެ.

ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން އީގަލްސްގެ ރިޒޭ (މ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގަލޮޅު ދަނޑުގައި މިރޭ ގިނަ ވަގުތު ވިއްސާރަ ތެރޭގައި ކުޅުނު މެޗުގެ 43 މިނިޓާ ހަމައަށް އީގަލްސް ހުއްޓުވުމުގައި ވެލެންސިއާ އިން ކާމިޔާބު ހޯދި އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި، އީގަލްސްގެ ބްރެޒިލް ފޯވާޑް އިވާން ކާލޯސް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ. އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) އަމިއްލަ ހާފުގެ ތެރެއިން މަތިމަތިން ކުޅުނު ބޯޅައެއް ޑިފެންސްކުރަން ވެެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ޖައްސާލި ބޯޅަ ހޯދައި، އިވާން އެއް ފަހަރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

މެޗުގެ 64 ވަނަ މިނިޓްގައި އީގަލްސްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ރިޒޭ އެވެ. ވެލެންސިއާގެ ކެޕްޓަން، ހަސަން ސުފިއާން (ސޫފީ) އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ ރިޒޭ ވަނީ ގޯލަށް ފޮނުވާލައިފަ އެެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު އާދަމް އިމްއާން އަތުގައި ޖެހިފަ އެވެ.

އީގަލްސްގެ ފަހު ގޯލު ޖެހީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މިއީ އޭރިއާތެރެއިން ރިޒޭ ތިރިތިރިން ނަގައިދިން ބޯޅައެއް ވެލެންސިއާ ޑިފެންޑަރުން ކައިރިން ގޮސް ފޭދޫ އިއްބެ އަށް ލިބުމުން ހުސްކޮށް އޮތް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox