ރުކުގެ އާ ޖީލު ކެރެލާއިން ރާއްޖެއަށް، ކުރު މުއްދަތެއްގައި ފޯދޭނެ

އިންޑިއާއިން ގެނައި ރުއްތައް ހދ. ކެނޑިކުޅުދޫގައި އިންދަނީ: އެ ރަސްމިއްޔާތުގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/މިނިސްޓްރީ

އިންޑިއާއިން ގެނައި ރުއްތައް ހދ. ކެނޑިކުޅުދޫގައި އިންދަނީ: އެ ރަސްމިއްޔާތުގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/މިނިސްޓްރީ

ދިގު ރުއްތަކުން މަލަމަތި ފެވިފައި އޮންނަ ހދ. ވައިކަރަދޫ އަކީ މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖޭގައި ފެތުރެން ފެށި ރުއްތަކަށް ޖެހޭ ބަލީގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ރަށެވެ. ބަލީގައި ގިނަ ރުއްތަކެއް މަރުވެފައިވާއިރު، އެއާ އެއްވަރަށް ރުއް އާލާ ނުކުރެވެ އެވެ. ރުއް ހުއްޓަސް، ކާއްޓާއި ކުރުނބަލަށް ދައްޗެވެ.

އެ ރަށުގައި މިހާރު ހުރި ގިނަ ރުއްތަކަކީ ވެސް 40-50 ވަރަކަށް އަހަރުވެފައި ހުރި ރުއްތަކެވެ. ކުރިއާ އަޅާބަލާއިރު ކާއްޓާއި ކުރުނބާ ލިބުން މަދުތޯ އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ޒަމީރާ ސުވާލު ކުރުމުން ވިދާޅުވީ، "ކުރިން ލިބުނު ވަރާ ގާތަށް ވެސް ނުލިބޭ" ކަމަށެވެ.

މި ހާލަތު އެހެން ރަށްރަށަށް ވެސް މަޑުމަޑުން ދިމާވަމުންދާތީ، ރާއްޖޭގެ ރަށްތަކުގައި ރުކުގެ "އާ ޖީލެއް" އުފެއްދުމަށް އެގްރިކަލްޗާ މިނިސްޓްރީއިން ވަނީ ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ރުއް އިންދާފައި ވަނީ ވައިކަރަދޫގަ އެވެ.

ވައިކަރަދޫގައި އާ ރުއް ދަނޑެއް ހެދޭ ވަރަށް 300 އެއްހާ ރުއް އިންދާފައިވާއިރު، މިނިސްޓްރީއިން ބުނަނީ އެ ފުރުސަތު ހުރިހާ ރަށަކަށް ވެސް އެބަ އޮތް ކަމަށެވެ.

ކެރެލާއިން 5000 "ޑްވާފް" ރުއް!

ރާއްޖޭގައި ރުކުގެ އާ ޖީލެއް އުފައްދަން ރުއް އާލާކުރުމުގެ ޕްރޮގްރާމެއް އެގްރިކަލްޗާ މިނިސްޓްރީއިން ފަށާފައި ވަނީ އިންޑިއާގެ ކެރެލާއިން ރުއް ގެނެސްގެންނެވެ. ކެރެލާއިން 5000 ކުދި ރުއް ގެނެސްފައިވާއިރު، އެކަމަށް ހަރަދު ކުރީ ގްރީން ފަންޑުންނެވެ. އެކަމަށް ގްރީން ފަންޑުން ކުރި ހަރަދު އަދި އެނގިފައި ނުވެ އެވެ.

މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ނަސްރުﷲ ވިދާޅުވި ގޮތުގައި ކެރެލާއިން ގެނައި ވަރަށް ތިރިކޮށް ހެދޭ "ޑްވާފް ކޮކޮނަޓް" ރުއްތައް އެންމެ ބޮޑުވުމުން ވެސް ހުންނާނީ 15 ވަރަކަށް ފޫޓެވެ. އެއީ ރާއްޖޭގައި މިހާރު ވެސް ހުންނަ ބާވަތެވެ.

އިންޑިއާއިން ގެނައި ރުއްތައް ރ. ފައިނުގައި އިންދަނީ -- ފޮޓޯ/މިނިސްޓްރީ
އިންޑިއާއިން ގެނައި ރުއްތައް ރ. ފައިނުގައި އިންދަނީ -- ފޮޓޯ/މިނިސްޓްރީ

އިންޑިއާއިން ގެނައި ރުއްތައް ރ. ފައިނުގައި އިންދަނީ -- ފޮޓޯ/މިނިސްޓްރީ

އެ ރުއްތައް ދެ އަހަރާއި ބައިގެ ތެރޭގައި ފޯދި އޭގައި ކުރުނބާ އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެހެން ރުއްތަކާ އަޅާ ބަލާއިރު ވަރަށް އަވަހެވެ. އަދި, އެ ރުއްތަކުގައި އަޅާ ކުރުނބަލުގެ އޮށް ބޮޑު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ވަރަށް ކުޑަކުޑަ އިރުގައި ވެސް ފޯދޭ ރުއްތަކެއް. ދެ އަހަރާއި ބައި ވަރުން އެ ރުއްތައް ފޯދި ކުރުނބާ ލިބެން ފަށާނެ. ވަރަށް ކުރު މުއްދަތެއްގައި ފޯދޭ ރުއްތަކެއް ހޯދޭތޯ އަޅުގަނޑުމެން ބެލީ," އޭނާ ވިދާޅުވި އެވެ.

އެ ރުއްތައް ގެނެސްފައި ވަނީ އޭގައި އެއްވެސް ބައްޔެއް ހުރިތޯ ބަލާފައި ކަމަށް މިނިސްޓްރީިން ބުނެ އެވެ. އެގޮތުން, ހދ. ހަނިމާދޫގައި ހުންނަ މިނިސްޓްރީގެ އެގްރިކަލްޗާ ސެންޓަރުގައި އެ ރުއްތައް ކަރަންޓީނުކޮށްފައި ބައްޔެއް ނެތްކަން ޔަގީން ކުރި އެވެ.

ރުކުގެ އާ ޖީލެއް ބޭނުންވަނީ ކީއްވެ؟

ވައިކަރަދޫގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ވެސް ރުއްތަކަށް ދުވަސްވެފައިވާއިރު، ބަލި ޖެހުމުގެ މައްސަލަ ވެސް ވަރަށް ބޮޑެވެ. އެހެންވެ، ކުރުނބާ އާއި ކާށި ލިބޭ މިންވަރު އިތުރުކޮށް، ޑިމާންޑާ އެއްހަމަ ކުރަން ރުކުގެ އާ ޖީލެއް އުފައްދަން ޖެހިފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.

ނަސްރުﷲ ވިދާޅުވި ގޮތުގައި، ބަލިތައް ޖެހޭތާ މިހާރު އަހަރުތަކެއް ވެފައިވާ ނަމަވެސް، ފަހަކަށް އައިސް އެ މައްސަލަ ވަރަށް ބޮޑެވެ. ކޫޑި ފަދަ ބަލިތަކާއި މަޑީގެ މައްސަލަ ވެސް އެހާމެ ބޮޑެވެ.

ބަލި ޖެހުމުގެ އަސަރު އެންމެ ބޮޑަށް ކުރި ރަށްތަކުގެ ތެރޭގައި ވައިކަރަދޫގެ އިތުރުން ކ. ކާށިދޫ، ހަނިމާދޫ އަދި ކުމުންދޫ ވެސް ހިމެނެ އެވެ. އެއީ ބޯކޮށް ރުއް ހެދިފައިވާ ހުރި ރަށްރަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން މިނިސްޓްރީން ވަނީ އެ މައްސަލަ ހައްލު ކުރަން ބައެއް ރަށްތަކަށް ބޭސް ފޮނުވާފަ އެވެ. އެ ބޭސްތައް ބޭނުންކޮށްގެން ބައެއް ރަށްރަށުގެ ހާލަތު ރަނގަޅުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ބޭސް ޖަހައިގެން އެކަނި ވާކަށް ނެތެވެ. ރާއްޖޭގެ ގިނަ ރުއްތަކަށް މިހާރު ސާޅީހަކަށް އަހަރުވެފައިވާއިރު، އެ ރުއްތަކުން ހެދޭ ކުރުނބާގެ ސައިޒު ވެސް ކުޑަކަން ވަނީ ފާހަގަކުރެވިފަ އެވެ. އެއީ ނަސްރުﷲ ވިދާޅުވި ގޮތުގައި ރާއްޖޭގައި ރުކުގެ އާ ޖީލެއް އުފެއްދުން މުހިންމުވާ އަނެއް ސަބަބެވެ. އަދި, ރާއްޖޭން ބޭރުން ރުއްތައް ހޯދަން ޖެހުނީ ވެސް އެހެންވެ އެވެ.

އޭގެ އިތުރުން، ތަރައްގީގެ މަޝްރޫއުތައް ފަދަ ކަންކަމަށް ރުއްތައް ކަނޑާއިރު، އެއާ އެއްވަރަށް ރުއް އާލާކުރުމުގެ މަސައްކަތެއް ގައުމީ ފެންވަރެއްގައި ނުކުރެވޭކަން ވެސް ފާހަގަކުރެއްވި އެވެ.

"ރުއް އިތުރަކަށް އާލާކުރެވިފައެއް ނެތް އެއްވެސް ބަޔަކަށް ވެސް. އަސްލު ކުދި ރަށްތަކުގައި ކުދިކުދި ޕްރޮގްރާމުތައް ހިންގާ. އެކަމަކު ރުއް ކަނޑާ ވަރަކަށް އާލާ ނުކުރެވޭ،"

ކުރުނބާ އާއި ކާއްޓަށް އަބަދުވެސް ޑިމާންޑު އޮންނަ އިރު، އެވަރަށް ސަޕްލައި ނުލިބުމުން ބާޒާރުގައި އަގު އުފުލެ އެވެ. އެގޮތުން, މިދިޔަ ރޯދަ މަހު ވެސް ވަކި ހިސާބަކުން ކުރުނބާއެއްގެ އަގު 50-60ރ. އަށް އަރާފައިވެ އެވެ.

ރުކަށް އެދެން ހުޅުވާލާފައި

ބަލީގެ މައްސަލަ ބޮޑު ރަށްތަކުގެ އިތުރުން ވެސް އިންޑިއާއިން ގެނައި ރުއްތައް އިންދަން ބޭނުންވާ އެހެން ރަށްތަކުން މިނިސްޓްރީގައި އެކަމަށް އެދުމުގެ ފުރުސަތު އެބަ އޮތް ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ރަށެއްގެ ކައުންސިލުން ލޭންޑް ޔޫސް ޕްލޭންގައި ރުއް އިންދުމަށް ބިމެއް ދެއްކުމުން އެކަމަށް ބޭނުންވާ ރުއްތައް އެ ރަށަކަށް ފޮނުވާނެ ކަމަށެވެ. ރަށްތަކަށް ރުއް ފޮނުވުމަށް ހަމަޖެހިފައި ވަނީ އެ ރަށަކުން ހަމަޖައްސާ ބިމުގެ ސައިޒަށް ބަލާފަ އެވެ. އެތަނުގައި ހުންނަ ރުއްތައް ބަލަހައްޓާނީ ކައުންސިލުތަކުން ރައްޔިތުންނާ ގުޅިގެންވެ.

އިންޑިއާއިން ގެނައި ރުއްތައް މިހާތަނަށް އިންދި ރަށްތަކުގެ ތެރޭގައި ވައިކަރަދޫގެ އިތުރުން، ރ. ހުޅުދުއްފާރު، ހދ. ނޭކުރެންދޫ، ހދ. ނޭކުރެންދޫ އަދި ހއ. ހޯރަފުށި ހިމެނެ އެވެ.

ރ. ހުޅުދުއްފާރުގައި ރުއް އިންދުމުގެ މަސައްކަތް ކުރިއަށްދަނީ
ރ. ހުޅުދުއްފާރުގައި ރުއް އިންދުމުގެ މަސައްކަތް ކުރިއަށްދަނީ

ރ. ހުޅުދުއްފާރުގައި ރުއް އިންދުމުގެ މަސައްކަތް ކުރިއަށްދަނީ

ނަސްރުﷲ ވިދާޅުވި ގޮތުގައި އެ ރުއްތަކުން ލިބޭ ކާއްޓާއި ކުރުނބާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ކައުންސިލުތަކަށް އޭގެ ވިޔަފާރިކޮށްގެން ނަފާ ވެސް ހޯދޭނެ ކަމަށެވެ.

ކައުންސިލުން ހަމަޖައްސާ ބިމެއްގައި ރުއްތައް އިންދާނީ ރުއް ދަނޑެއްގެ ގޮތުގަ އެވެ. އެތަނުގައި ރުއްތައް އިންދާނީ އެކަތި އަނެކަތީގެ ފަން ނުޖެހޭހާ ދުރުމިނުގަ އެވެ. ބޭނުމަކީ ރުކަކަށް ބަލި ޖެހިއްޖެ ހާލަތެއްގައި އެހެން ރުއްތަކަށް ފެތުރިޔަ ނުދިނުމެވެ.

"ރުއް ދަނޑެއް އަޅާލުން އަސްލު އަޅުގަނޑުމެންގެ މަގުސަދަކީ ރަށްރަށުގައި," ނަސްރުﷲ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރާއްޖެއިން ބޭރުން ރުއް ގެނެސްގެން ރަށްރަށުގައި އިންދާފައި އެބަ ހުއްޓެވެ. އެގޮތުން މެލޭޝިއާއިން ގެނައި ރުއްތަކެއް ވެސް މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި އިންދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox