ޕޮޗެޓީނޯ، ޗެލްސީއާ ހަވާލުވާން އެއްބަސްވެއްޖެ

May 14, 2023, 2:09 AM
ޕޮޗެޓީނޯ، ޗެލްސީއާ ހަވާލުވާން އެއްބަސްވެއްޖެ

ލަންޑަން (މެއި 14) - އަންނަ ސީޒަނުން ފެށިގެން ޗެލްސީގެ ކޯޗުކަމާ ހަވާލުވާން އާޖެންޓީނާ އަށް އުފަން ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕޮޗެޓީނޯ، 51، އަކީ ޗެލްސީ ހިންގުމާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން، ޗެލްސީ އަށް އިރުޝާުދުދޭ ފުލްޓައިމް ތިން ވަނަ ކޯޗެވެ. އޭގެ އިތުރުން، ވަގުތީ ގޮތުން ޗެލްސީ އަށް ދެ ކޯޗުން އިރުޝާދު ދިނެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮންޓްރެކްޓްގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިއުމާ އެކު ޗެލްސީން ރަސްމީކޮށް ޕޮޗެޓީނޯ އަކީ އެ ޓީމުގެ ކޯޗުކަން އިއުލާނުކުރާނެ އެވެ.

މި ސީޒަން ފެށިއިރު، ޗެލްސީގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް، މިދިޔަ ސެޕްޓެމްބަރު މަހު ވަކިކުރިއިރު، ޓުޗެލްގެ ބަދަލުގައި ގެނައި، ގްރަހަމް ޕޮޓާ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން މަގާމުން ދުރުކޮށްފަ އެވެ. ދިގު ކޮންޓްރެކްޓެއްގައި ޗެލްސީއާ އެކު ސޮއިކުރި ޕޮޓާ މަގާމުން ދުުރުކުރީ ހަތް މަސް ވެސް ނުވަނީހެވެ.

ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޯޗުކަަމާ ހަވާލުވީ ކުރިން އެ ޓީމަށް ކުޅެ، ކޯޗުކަން ވެސް ކޮށްދިން ފްރޭންކް ލަމްޕާޑް އެވެ. ޕޮޗެޓީނޯ، ރަސްމީކޮށް ޗެލްސީގެ ކޯޗުކަމާ ހަވާލުވާނީ މި ސީޒަން ނިމުމުންނެވެ.

އެންމެ ފަހުން ޕޮޗެޓީނޯ، ކޯޗެއްގެ ގޮތުގައި ފެނިފައިވަނީ ޕީއެސްޖީންނެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗުކަމުން މިދިޔަ ސީޒަނަށް ފަހު ޕޮޗެޓީނޯ ވަކިކުރިއިރު، އޭނާ ވަނީ އެ ޓީމަށް 18 މަސް ދުވަހު ކޯޗުކޮށްދީފަ އެވެ. ޕޮޗެޓީނޯ ވަނީ ޕީއެސްޖީ އަށް ފްރެންްޗް ލީގާއި ފްރެންޗް ކަޕް ހޯދައިދީފަ އެވެ.

ޕޮޗެޓީނޯ ކޯޗިން ކެރިއަރު ފެށީ 2009 ވަަނަ އަހަރު ސްޕެއިނުގެ އެސްޕަންޔޯލް އިންނެވެ. އެ ޓީމަށް ތިން އަހަރު އިރުޝާދު ދިނުމަށް ފަހު، ޕޮޗެޓީނޯ، 2013 ވަނަ އަހަރު ވަނީ އިނގިރޭސި ކްލަބް، ސައުތެމްޓަނާ ހަވާލުވެފަ އެވެ. އެ ޓީމުގައި އެއް އަހަރު ކުރި ރަނގަޅު މަސައްކަތާ އެކު، 2014 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަށް ގެންދިޔަ އެވެ. ކޯޗިން ކެރިއަރުގައި މިހާތަނަށް ޕޮޗެޓީނޯ އެންމެ ރަނގަޅު މަސައްކަތެއް ކުރީ ޓޮޓެންހަމްގައި ހޭދަކުރި ފަސް އަހަރުގަ އެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޓޮޓެންހަމަށް ކޯޗުކޮށްދިންއިރު، އެ ޓީމަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭނެ ޓީމަކަށް ހަދައި، ރަނގަޅު ސްކޮޑެއް އެކުލަވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox