އޯލެވެލް އާއި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ސަބަބުން ވެލެންސިއާ އަށް އުނދަގޫތަކެއް

May 14, 2023, 3:58 AM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވެލެންސިއާގެ ކޯޗު ފެސްކޯ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވެލެންސިއާގެ ކޯޗު ފެސްކޯ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާނާއި މިއަދު ފެށި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ކުލަބު ވެލެންސިއާ އަށް ކުޅޭ ގިނަ ކުދިންތަކެއް ބައިވެރިވާތީ އެކަމުގެ ސަބަބުން ޓީމަށް ޕްރެކްޓިސްތައް ކުރިއަށް ގެންދިޔުމުގައި އުނދަގޫތަކެއް ހުރި ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ކުޅޭ ދެ ވަނަ މެޗުގައި މިރޭ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ. ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ޓީސީ އަތުން 2-0 އިންނެވެ.

މިރޭގެ މެޗަށް ވެލެންސިއާ ތައްޔާރީތަކާ ގުޅޭގޮތުން ވެލެންސިއާގެ ކޯޗު ފެސްކޯ ބުނީ މި ވަގުތު ވެލެންސިއާ އަށް ދިމާވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށެވެ. އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އޯލެވެލް އިމްތިހާނު ހަދާތީ އެކުދިންނަށް އެއްކޮށް ކަހަލަ ގޮތަކަށް ރިލީޒް ދީފައިވާނެ ކަމަށާއި، މިއަދު ފަށާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ވެސް އެ ކުލަބުގެ ގިނަ ކުޅުންތެރިންތަކެއް ވާދަކުރާ ކަމަށެވެ.

ފެސްކޯ ބުނީ އެ ޓީމުގައި ގިނައިން ތިބީ ސްކޫލް ކުދިންނަށްވެފައި އެ ކުދިންނަށް ސްކޫލް ހަރަކާތްތަކާއި ކިޔެވުމުގައި އުނދަގޫ ނުވާނެ ގޮތަށް ޕްރެކްޓިސްތައް ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވެލެންސިއާ ޓީމްގެ 80 ނޫނީ 90 ޕަސެންޓަކީ ސްކޫލްކުދިން. ދެން މި ދުވަސްކޮޅަކީ އޯލެވެލް ދުވަސްކޮޅު. ޓީމްގެ ގިނަ ކުދިންތަކެއް އޯލެވެލް އެބަ ހަދާ. އެހެންވެ ޕްރެކްޓިސްތަކާ ކަންކަން ތަންކޮޅެއް ދައްކޮށް ދަނީ. އެކުދިންނަށް ވެލެންސިއާގެ ޓެކްނިކަލް ޓީމުން ބޮޑު ލުޔެއް ދީފައިވާނެ އިމްތިހާނުތަކަށް. ދެން އަނެއްކަމަކީ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް 14ގައި އެބަފެށޭ. ވަރަށް ގިނަ ކުޅުންތެރިން އެބަ ބައިވެރިވޭ އެ މުބާރާތުގައި." ގިނަ އަހަރުތަކެއްގައި ކޯޗިން މަސައްކަތުގައި އުޅެމުން އަންނަ ފެސްކޯ ބުންޏެވެ.

އޭނާ ބުނީ މި ދަނޑިވަޅުގައި ވެލެންސިއާ އަށް އުނދަގޫތަކެއް އެބަހުރި ކަމަށާއި، މެޗަށް ތައްޔާރުވާން ބަލާއިރު ވެލެންސިއާ އިން ބޭނުންވާ ހުރިހާ ކުޅުންތެރިން ޓީމާ އެކު ބައިވެރިނުވެވޭ ކަމަށެވެ.

ފެސްކޯ ބުނީ މި މުބާރާތަށް ތައްޔާރުވިއިރު ވެސް މިކަހަލަ ކަންކަން ދިމާވާނެކަން އެނގޭ ކަމަށާއި، އެ ކުދިންނަށްވެސް މިއީ އުނދަގޫ ދުވަސްކޮޅަކަށްވާނެ ކަމަށެވެ.

"އެކަމަކު، މި މުބާރާތުގައި ބައިވެރިވިއިރުވެސް މިކަންކަން އިނގޭ. މިއީ ހަމަ ދިމާވެދާނެ ސިޓުއޭޝަނެއްކަން ވެސް އިނގޭ. އަޅުގަނޑުމެން އެކުދިންނަށް ހަމަ އިތުބާރު އެބައޮތް. އެކުދިންނަށް އާދެވޭ ދުވަހަކު އާދެވޭ ގަޑިތަކަށް ޕްރެކްޓިސް ހަދައިގެން މެނޭޖުކުރަމުން މިދަނީ." އޭނާ ބުންޏެވެ.

މިހާތަނަށް ވެލެންސިއާގެ ޒުވާން ޓީމު ހޯދަމުން އަންނަ ކުރިއެރުން ފާހަގަކުރަމުން ފެސްކޯ ބުނީ ކުޅުންތެރިންގެ ޕާފޯމަންސާ މެދު ހިތްހަމަޖެހޭ ކަމަށާއި، މަޑު މަޑުން ކުޅުންތެރިން "މެޗުއާ" ވާތަން ފެންނަމުން އަންނަ ކަމަށެވެ. މިގޮތުން "ވަން އޮން ވަން" ސިޓުއޭޝަން ތަކުގައި އިތުބާރާއެކު ކުޅޭތަން ފެންނަ ކަމަށާއި، ހަމައެކަނި މައްސަލައަކީ ކޮންމެ މެޗަކަށްވެސް ޓީމަށް ބަދަލުތައް ގެންނަން ޖެހުން މަޖުބޫރުވުން ކަމަށެވެ.

ޒުވާން ކުޅުންތެރިން ގޮވައިގެން މި ގޮތަށް މަސައްކަތްކުރާއިރު ވެލެންސިއާގެ ޓާގެޓަށް ވާސިލްވެވިދާނެތޯ އެހުމުން ފެސްކޯ މިސާލު ޖެހީ ފަލަސްތީނުގެ ވާހަކަ އަކުންނެވެ.

"އަބަދުވެސް ވެލެންސިއާގެ ޓާގެޓަށް އޮންނާނީ ކުރިން އަހަރަށް ވުރެ މި އަހަރު ރަނގަޅު ނަތީޖާ ނެރުން. މިދިޔަ ސީޒަނުގައި ވެލެންސިއާ އަކީ ގަދަ ހަތަރެއް ނޫނީ ތިން ވަނަ ދެ ވަނައިގައި އޮތް ޓީމެއް. މިހާރު ވެސް އަޅުގަނޑުމެންގެ ޓާގެޓަކީ އެ ހިސާބަށް ވަނުން، ދެން، އައުޓް އޮފް ކޮންޓެކްސްޓް ދަންނަވަންޏާ، ފަލަސްތީނު 60 އަކަށް އަހަރުވެއްޖެ އުންމީދެއްގައި ދިރިއުޅޭތާ، އަޅުގަނޑުމެން ދެތިން މަސް ދުވަހު މިހެން ހިތްވަރުކޮށްލަން ޖެހުމަކީ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީކީ އުންމީދު ކަނޑާލަންޖެހޭ ކަމެއް ކަމަށް،" ފެސްކޯ ބުންޏެވެ.

ބައިކޮޅަށް އަވަހަށް ގޯލު ވަނުމުގެ މައްސަލަ އަވަހަށް ހައްލުކުރަން ޖެހޭ: އީގަލްސް

މިރޭގެ މެޗާ ގުޅޭގޮތުން ކުލަބު އީގަލްސްގެ އެސިސްޓަންޓް ކޯޗު މުއާވިޔަތު އިލްހާމް (އިއްލެ) ބުނީ އެ ޓީމު އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން ކަމަށާއި، ވަކިން ހާއްސަކޮށް ކޮންމެ މެޗެއްގެ ފަހު ހާފުގައި ޓީމުން ދައްކާ ކުޅުން ވަރަށް ފާހަގަކޮށްލެވޭ ކަމަށެވެ.

އޭނާ ބުނީ ޓީމްގެ އެންމެ ބޮޑު "ސްޓްރެންތު" އަކީ ކުޅުންތެރިންގެ ހިތްވަރުކަމަށާއި، ހެޑް ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ނެތް ދަނޑިވަޅުގައި ކޯޗިން ޓީމަށް ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަކަމަށެވެ.

އިއްލެ ބުނީ ކޮންމެ މެޗެއްގައި ވެސް ބައިކޮޅަށް އަވަހަށް ގޯލު ވަނުމަކީ އީގަލްސް އިން ވިސްނަން ޖެހިފައި އޮތްކަމެއް ކަމަށާއި އެކަން ރަނގަޅުކުރުން މުހިންމު ކަމަށެވެ.

"ކޮންމެ މެޗެއްގައިވެސް އަވަހަށް ކޮންސީޑްވޭ އެބަ. އެކަމަށް އެބަޖެހޭ ޗޭންޖެއް ގެންނަން. އިރާދަކުރެއްވިއްޔާ ވެލެންސިއާ މެޗުގައި އެ ބަދަލު ގެނައުން ޓާގެޓަކީ." އިއްލެ ބުންޏެވެ.

ޓީމްގެ އަނިޔާގެ މައްސަލަތައް ފާހަގަކުރަމުން އިއްލެ ބުނީ ސީޒަން ފެށިއިރު ވެސް މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބިކަމަށާއި، އަދިވެސް ބައެއް ކުޅުންތެރިން އެއްކޮށް އަނިޔާތަކުން ރިކަވާ ނުވާ ކަމަށެވެ.

އޭނާ ބުނީ ކޮންމެ މެޗަކީވެސް އީގަލްސް އަށް މުހިންމު މެޗެއް ކަމަށާއި، އީގަލްސް އަކީ ލީގު ހޯދަން މަސައްކަތްކުރަމުން އަންނަ ޓީމަކަށްވާތީ ކޮންމެ މެޗަކަށްވެސް އީގަލްސް ނިކުންނާނީ ވަރުގަދަކޮށް ކަމަށެވެ.

އީގަލްސް އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox