އަމިއްލަ ބާރުގައި ޔުނައިޓެޑަށް ގަދަ ހަތަރެއް ހޯދޭނެ: ޓެން ހާގް

May 13, 2023, 10:34 AM
އަމިއްލަ ބާރުގައި ޔުނައިޓެޑަށް ގަދަ ހަތަރެއް ހޯދޭނެ: ޓެން ހާގް

މެންޗެސްޓާ (މެއި 13) - މެންޗެސްޓާ ޔުނައިޓެޑަށް އަމިއްލަ ބާރުގައި މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމޭނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ލީގުގެ ގަދަ ހަތަރެއްގެ ފުރަތަމަ ދެ ޖާގަ މެންޗެސްޓާ ސިޓީ އާއި އާސެނަލުން ޔަގީންކޮށްފައިވާއިރު، ފަހު ދެ ޖާގަ އަށް ވާދަކުރަނީ ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ލިވަޕޫލް އެވެ. ނިއުކާސަލް ތިން ވަނައިގައި އޮތީ 34 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ޔުނައިޓެޑަށް ވަނީ 34 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ލިވަޕޫލްގެ އޮތީ 35 މެޗުން 62 ޕޮއިންޓެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލިވަޕޫލުން ނެރެމުން އަންނަ ނަތީޖާތަކާއި ޔުނައިޓެޑް މި ވަގުތު އޮތް ފޯމަށް ބަލާއިރު، ގަދަ ހަތަރެއްގައި ނިންމަން އެ ޓީމަށް އޮތް ޕްރެޝަރު އަންނަނީ ބޮޑުވަމުންނެވެ. އެކަމަކު، ޓެން ހާގް ބުނީ މާ ބޮޑު ހާސްކަމެއް ނެތް ކަމަށެވެ.

"އަހަރެމެން އެ ވާހަކަތައް (ލިވަޕޫލްގެ ފޯމުގެ ވާހަކަ) ދައްކަން ނެތިން. ތި ވާހަކަ މުުހިންމެއް ވެސް ނޫން. އަހަރެމެން އަތުގައި އަމިއްލަ ބާރު އެބައޮތް. އެ ބާރުގެ އެހީގައި ޓާގެޓަށް ވާސިލްވެވޭނެ، އެހެން ޓީމުތަކެއްގެ ނަތީޖާ އަށް ބަރޯސާވާން ޖެހޭނެ ކަމަށް ނުދެކެން،" ލީގުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޓެން ހާގް ބުންޏެވެ.

މި ވަގުތު ޔުނައިޓެޑުން ވިސްނަންވީ ކުރިއަށް އޮތް ކޮންމެ މެޗެއްގައި ވެސް ވީ އެންމެ ރަނގަޅަށް ކުޅެގެން ނަތީޖާ ނެރުމަށް ކަމަށް ޓެން ހާގް ބުނެފައިވެ އެވެ. އަދި ފަސޭހަކޮށްލައިގެން ކުޅެގެން ސީޒަންގެ މި ހިސާބުން އެއްވެސް މެޗަކުން މޮޅެއް ނުހޯދޭނެ ކަމަށް ވެސް ޓެން ހާގްގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

ޔުނައިޓެޑް ކުރިއަށްދާން ބޭނުންވާ މިސްރާބަށް ބަލާއިރު، ކަންކަން ހުރީ ރަނގަޅަށް ކަމަށް ފާހަގަކޮށް، ޓެން ހާގް ބުނީ އެ ކްލަބާ މަޝްހޫރު ކުޅުންތެރިން ގުޅެން ބޭނުންވާ ކަމަށެވެ.

ވުލްވްސްއާ ދެކޮޅަށް މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު ކުޅޭ މެޗުގައި ޔުނައިޓެޑްގެ ތަރި މާކަސް ރަޝްފޯޑަށް ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ. އެކަމަކު، އެންމެ ފަހު ވަގުތު ހަދާ މެޑިކަލް ޓެސްޓްތަކުން ރަޝްފޯޑަށް ކުޅެވޭވަރު ވެއްޖެނަމަަ ބެންޗުން އޭނާ އަށް ފުރުސަތު ދޭނެ އެވެ.

ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ބިރުން ވުލްވްސް ސަލާމަތްވެފައިވާތީ، އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީގެ ވިސްނުމަކީ އެ ޓީމަށް ކުރިއަށްހުރި މެޗުތަކުން ކުރިން މެޗުތަކުގައި ބޭނުންނުކުރާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox