ރާޅުބިހުގެ ހަގީގަތް!

ބޯކިރު ފޮދެއްހާ ހުދު ރާޅު ބިހެއް -- ފޮޓޯ: ހަސަން ޒަރީރު/އަދަދު

ބޯކިރު ފޮދެއްހާ ހުދު ރާޅު ބިހެއް -- ފޮޓޯ: ހަސަން ޒަރީރު/އަދަދު

ބަލާބެލުމަށް ރާއްޖެގެ ރަށްތައް ކިތަންމެ އެއްގޮތްކަމުގައި ވިޔަސް އަހަރުމެންނަށް ނެނގޭ ތަފާތު އެތައް ކަންތައްތަކެއް އެ ރަށްތަކުގެ ޖަންގައްޔާއި ވަލާއި ހޭޅިޔާއި ގޮނޑުދޮށާއި ފަޅާއި ވިލާއި ތޮއްޓާއި ބޭރުމައްޗާއި އަދި އުރަފަށުގައި ވެ އެވެ. މި ތަފާތުތަކުގެ ސަބަބުން އެ ތަންތަނުގައިވާ ދިރުންތަކާއި ގުޅުންތަކުގެ ތަފާތުތަކެއް ހުރެ އެވެ. މިކަންކަން އެންމެ ރަނގަޅަށް އަޅުގަނޑުމެންނަށް ފެނިގެންދަނީ އެ ރަށްތަކުގެ ދޮންވެލި ގޮނޑުދޮށް ތަކުންނެވެ. މިލިޔުމުގައި ބަލައިލާން ގަސްދުކުރަނީ އަޅުގަނޑުމެންގެ ރަށްރަށުގެ ދޮންވެލި ގޮނޑުދޮށްތަކުން ފެންނަ ތަކެތީގެ ތެރެއިން އަސްލު ކޮން އެއްޗެއްކަން ނޭނގޭ ރާޅުބިހަށެވެ. އަދި ރާޅުބިހުގެ ތެރެއިން ސޭންޑު ޑޮލަރަށެވެ. ރާޅުބިހުގެ ތެރޭގައި އެކިވަރުގެ އެކި ބައްޓަމުގެ ރާޅުބިސް އަޅުގަނޑުމެންނަށް ފެނެ އެވެ. ސޭންޑް ޑޮލަރަށް އެ ނަން ކިޔަނީ ފައިސާ ފޮށްޗެއް ގޮތަށް ތުނިކޮށް އެވަރުގެ ސައިޒެއްގައި އޮންނާތީ ކަމަށްވެސް ވެދާނެ އެވެ. ދިވެހިން މިޔަށް ރާޅުބިސް ކިޔަނީ ރާޅަކީ ބިސްނާޅާ އެއްޗެއްކަން ނޭނގޭތީއެއް ވެސް ނޫނެވެ. ރާޅުބިހުގެ ދަރިކޮޅު ވިހި އާއިލާއަށް ބެހިފައިވާއިރު މި އާއިލާތަކުގައި ސަތޭކައަށް ވުރެ ގިނަ ވައްތަރުގެ މެންބަރުން ހިމެނެ އެވެ. ރާޅުބިހަކީ ހިޔަމަ އާއި ކަނޑުބުރަފައްޗާއި މަޑިހިޔަމަ ފަދަ ތަކެތި ހިމެނޭ އާއިލާގެ މެންބަރެކެވެ. މިތަކެތީގެ އެންމެ ހާއްސަ އެއްސިފައަކީ މި ސޮރުމެންގެ ހަށިގަނޑު ފަސްބަޔަށް ބަހާލެވިފައިވާ ބަހާލުމެވެ. އަޅުގަނޑު މި ވާހަކަ ދައްކާ ރާޅުބިސް ވައްތަރުވާނީ ބޯފޮޅިއެއް ނުވަތަ ރޮށިފިހާ ފުށްގުޅަ ރޮށިދެމުމުގެ ކުރިން ފިއްތާލައިފައި އޮންނައިރު އޮންނަ އޮތުމަށެވެ. މީގެ ބުރަކަށިމަތީގައި ވާ ރީތި ފުރިހަމަ ފަސްފިޔަ މަލުގެ ކުރެހުމެވެ.

އަޅުގަނޑުމެން މޫދަށް އެރިގެން އުޅޭއިރު މި އާއިލާގެ އެހެން މެންބަރުން ފެންނަ ގޮތަށް ރާޅުބިސް ފެނުމަކީ ވަރަށް ނާދިރުކަމެކެވެ.

titledesc

އުޅޭތަނާއި ސަރަހައްދު

ރާޅު ބިހަކީ ދުނިޔޭގެ ހުރިހާ ކަނޑުތަކެއްގެ އައްސޭރިފަށާއި ތިލަ ގޮނޑުދޮށްތަކުން ފެންނަ ބާވަތެކެވެ. އާންމު ގޮތެއްގައި ތިލަފަޅުތަކުގައި އުޅުނަސް ފުން ހިސާބުތަކުން ވެސް ފެނެ އެވެ. ރާޅުބިހުގެ ވައްތަރުތަކުގެ ތެރެއިން ކްލައިޕިއަސްޓްރައިޑާ އަކީ ޕެސެފިކާއި އެޓުލާންޓިކާއި ޕެސެފިކްގެ ރަށްތަކާއި އުތުރު އެމެރިކާގެ އިރުމައްޗާއި ހުޅަނގު އައްސޭރި ފަށުގައި ވަރަށް އާންމު ވައްތަރެކެވެ. މި ސޮރުމެން ވެލިގަނޑުގެ މަތީގައި ދިރިއުޅޭއިރު މޫސުން ރީތިވެ އޮއިވަރު މަޑުވުމުން އެއްއަރި ވަޅުލެވިގެން އަރިއަކަށް ތިބެއެވެ. އެއީ ވަށް ބިސްކޯދެއް މޭޒެއްގެ މަތީގައި ބައިންދާ އުޅޭ ގޮތަށެވެ. މޫސުން ގަދަވެ އޮއިވަރު ގަދަވުމުން މިތަކެތި ވެލިގަނޑުގެ ތެރޭގައި ވަޅުޖަހައި ގަދަ އޮއިވަރުން ރައްކާތެރިވެއެވެ. މިއީ ދިރިއުޅުމުގައި އެކަނި އުޅުމަށްވުރެ ބައިހަދައިގެން އުޅުމަށް ލޯބިކުރާ އެއްޗެކެވެ. ކުލަތައް ރާޅުބިސް އުޅޭއިރު އެ ސޮރުމެންގެ މާހައުލުގައި އުޅޭއިރު ވައިލެޓާއި ފިޔާތޮއްޓާއި އަދި ރަތްމުށިކުލައިގެ ރާޅުބިސް އުޅެ އެވެ. ގޮނޑުދޮށުން އަޅުގަނޑުމެންނަށް މިފެންނަ ބޯކިރު ފޮދެއްހާ ހުދު ރާޅު ބިހަކީ އޭގެ މަރުވެފައިވާ އޭގެ ތޮށިގަނޑެވެ. ބާލަބެލުމުގައި ރާޅުބިހުގައި މާބޮޑު ތަފާތު ކަމެއް ނެތަސް މީގެ ދިރިއުޅުމުގައި ވެސް ތަފާތުތަކެއް ލައްވާފައި ވެއެވެ.

ރާޅު ބިހުގެ ފައިތައް ނެއްޓެމުން ދަނީ
ރާޅު ބިހުގެ ފައިތައް ނެއްޓެމުން ދަނީ

ރާޅު ބިހުގެ ފައިތައް ނެއްޓެމުން ދަނީ

ފައިތަކާއި ކަށިތައް

މި ސޮރުމެންގެ މުޅިހަށިގަނޑުގެ ބޭރުގައި ހުންނަނީ މަޑުހޮޅީގެ ފައިތަކާއި ކުދިކުދި ކަށިތަކެކެވެ. މިތަކެތި ފެންނާނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ. ރާޅުބިހަށް ލިބިފައިވާ މި ފައިތަކުން ކާތަކެތި ހޯދުމާއި ރާޅު ބިހަށް ބޭނުންވާ އޮކްސިޖަން ހޯދަ އެވެ. އެސޮރުގެ ހަށިގަނޑުގެ ބޭރުގައި ކަށިތަކުގެ ތެރެއިން ބުރަކަށިމަތީގެ ބައެއް ކަށިތައް ފީކަރުގެ ގޮތުގައި ބޭނުން ކުރެ އެވެ. އަދި ވެލިގަނޑުމަތިން ތަންތަނަށް ދަތުރުކުރާއިރު ހިނގުމަށްޓަކައި ވެސް ފައިތަކާއި ކަށިތައް ބޭނުންކުރެ އެވެ.

ސައިޒު

އާންމު ގޮތެއްގައި ރާޅު ބިހެއް ބޮޑުވަނީ ހަތަރު އިންޗި އާއި ހަ އިންޗިއަށެވެ. ބަރުދަނުގައި އައުންސެއް ވެސް ހަމަވާވަރެއް ނޫނެވެ. މި ސޮރުމެންގެ ސައިޒާއި ބަރުދަން ގުޅިފައިވަނީ އެސޮރުމެންގެ ވައްތަރުތަކާ އެވެ.

ކާނާ

ރާޅުބިސް އާންމުކޮށް ކައިއުޅެނީ ފުރާނައިގެންނެވެ. މައިގަނޑު ކާނާއަކީ ޕުލެންކްޓަންގެ ވައްތަރުތަކާއި ފެއްސާއި ކުރަސްޓޭސަންސްގެ ވައްތަރުތަކާއި މަހުގެ ބިސްފަދަ ތަކެއްޗެވެ. މީގެ އުޅުމާއި މި އާއިލާގެ ކަނޑުބުރައްފައްޗާއި އުޅުން ވަރަށް ތަފާތެވެ. މި ގޮތުން ކަނޑު ބުރަފަށްޗަށްވުރެ ހަރަކާތްތެރިކަން ކުޑަވުމާއި މިސޮރު މެންނަށްވުރެ ބޮޑެތި ތަކެތި ސިކާރަ ނުކުރުމާއި ވަޅު ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި މި ސޮރުމެން ކާއެއްޗެއް ކެއުމަށްފަހު ހަޖަމުވުމަށްޓަކައި ދެދުވަސް ނަގައެވެ. އެއަށްފަހު އެސޮރުގެ އަނގައިން ހަޖަމުނުވާ ތިމާވެއްޓަށް ބޭނުންނާވެ ބައިތައް ބޭރުކުރެއެވެ. އަނގަ ހުންނަނީ ދަށްފަރާތުން ހަށިގަނޑުގެ މެދުގައެވެ. މަޑިހިޔަމައާއި ހިލާފަށް މީގެ ފުރަގަސްފަރާތު ދޮރު ހުންނަނީ މީގެ އަރިމަތީގައެވެ.

ދަރިފަސްކޮޅު

މި ސޮރުމެން ވިހާ ބޮޑުވުން އޮންނަނީ މިބާވަތުގެ އެހެނިހެން ތަކެތި ވިހާބޮޑުވާ ނިޒާމާއި އެއްގޮތެއްގައެވެ. މިގޮތުން ވިހާ ދުވަސްވަރަށް އަޅައިގަތުމުން އަންހެން ރާޅުބިސް މޫދުގެ ތެރެއަށް ދުންތަކެއް ފަދައިން ބިސް ދޫކުރެ އެވެ. ހަމަ މިދުވަސްވަރު ފިރިހެން ރާޅުބިސް ވެސް މޫދުގެ ތެރެއަށް ދަރިފަނި ދޫކުރެއެވެ. އެއަށްފަހު މި ދެބައި ބައްދަލުވެ އެކުވެ ތިން ހަފުތާ ތެރޭގައި ވިހަ އެވެ. އެއަށްފަހު ފައިތައް ފެޅުމާއި ދޭތެރެ ނަގަނީ މަދު ހަފުތާތަކެކެވެ. އަޑިއަށްފެތި ބޮޑެތިވެ ފުރާވަރަށް އަރަނީ މަދުމަސްތަކެއްގެ ތެރޭގައެވެ. ހަށިގަނޑު ފުރިހަމަވަނީ މަދު އަހަރުތަކެއްގެ ތެރޭގައެވެ. އާންމުކޮށް ބޮޑެތިވަނީ ހަތަރު އިންޗިއާއި ހަ އިންޗިއަށެވެ. ބަރުދަނުގައި އައުންސެއްވެސް ހަމައެއް ނުވިއެވެ. އަދި މިސޮރުމެންގެ އުމުރަކީ ހަ އަހަރާއި 10 އަހަރެވެ. މީގެ އުމުރުބަލާއުޅެނީ ގަސްގަހުގެ އުމުރު ބަލާގޮތަށް ލަކުޑީގަނޑުގެ އެތެރޭގައި ހުންނަ ރޮނގުތަކުންނެވެ. ރާޅުބިސް މަރުވުމުން އޮއިވަރާއި ރާޅާއި އެކު ގޮނޑުދޮށަށް ލައްގާ އޭގެ ފައިތަކާއި ކަށިތައް ފައިބައެވެ. އެއަށްފަހު އަވީގެ ހޫނުން ސާފު ހުދުކުލައަށް ތޮށިގަނޑު ބަދަލުކޮށްލައެވެ. ދެން ގޮނޑުދޮށަށް ބީއްސާ ރާޅުގެ އެހީގައި ރާޅުއަރާފަށަށް ގެނެސް, މި މަޝްހޫރު ތޮށިގަނޑު ނުވަތަ ހަށިގަނޑު އަޅުގަނޑުމެންނަށް ދައްކާލައެވެ. ރާޅުގެ މި މަސައްކަތުގެ ސަބަބުން މިއަށް ދިވެހިން ރާޅުބިސް ކީކަމުގައި ފެނެއެވެ. ރާޅުބިސް މި ނަމަކީ އަހަރެންނަށް ވަރަށް ޗާލު ނަލަ ނަމެކެވެ.

ނުރައްކާ

މި ސޮރުމެންގެ އާބާދީ ނުވަތަ އުޅޭމިންވަރެއް ދެނެގަތުމަކީ ދިރާސާކުރާ ފަރާތްތަކަށް އެހާ ފަސޭހަކަމަކަށް ނުވެއެވެ. މީގެ އިތުރުން ރާޅުބިހުގެ ދިރިއުޅުމުގެ ކަންތައްތައް އަންނަނީ މިހާރުވެސް ހޯދުމުންނެވެ. ދިރުންވާ ކޮންމެ އެއްޗެއްގެ ދުސްމަނުން ވާ ފަދައިން ރާޅުބިހަށްވެސް ދުސްމަނުން ވެ އެވެ. މި ގޮތުން ފާހަގަ ކޮށްލެވޭ ދުސްމަނުންގެ ތެރޭގައި ކަނޑު ބުރަފައްޗާއި ކަކުންޏާއި އަދި ރޮނޑު ފަދަ މަސް ހިމެނެއެވެ. މި ސޮރުމެންގެ ކިބައިގައި އަމިއްލަ ދިފާއުގައި ކުރެވޭނެ މާ ގިނަކަންތައްތަކެއް ނެތްނަމަވެސް ހަށިގަނޑުގެ ވަށައިގެން ހުންނަ ކަށިތަކާއި ފައިގައި ވާކަށިތަކުގެ ބޭނުން ހިފަ އެވެ. އަދި މިތަކެތީގެ ބޭނުން ހިފުމުގެ އިތުރުން ނުރައްކަލެއް ކުރިމަތިވުމުން ވެލިގަނޑު ތެރެއަށް ވަދެ ފިލާ ރައްކާތެރިކަން ހޯދަ އެވެ. ސިކާރަކުރާ ތަކެތީގެ އިތުރުން އިންސާނުންގެ އަމަލުތަކުގެ ސަބަބުން ވެސް މި ސޮރުމެންނަށް އޮތްނުރައްކާ ކުޑައެއް ނޫނެވެ. މިގޮތުން އެކި ބޭނުންތަކަށް މިތަކެތި ނެގުމާއި ފަޅުތައް ކޮނުމާއި އަދި ވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ގެއްލުންތައް ކުރިމަތިވެ ވެއެވެ. ތިމާވެށީގެ މި ބައިވެރިޔާއަށް ފައިސާ ނުވަތަ ޑޮލަރުގެ ނަމުން ނަންދީފައި ވިޔަސް ބޭރު ގައުމުތަކުންވެސް ރާޅުބިހަށް ޙިމާޔަށް ދީފައި ނުވާކަމީ މި ސޮރުންނަށް އޮތް އިތުރު ގޮންޖެހުމެކެވެ.

މައުލޫމާތު ނެގީ

https://marinesanctuary.org

https://otlibrary.com

https://biologydictionary.net

https://www.nhm.ac.uk

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox