ސީރިއާގެ ރައީސް އަސަދަށް ސައުދީ ރަސްގެފާނުގެ ދައުވަތެއް

ސީރިއާގެ ރައީސް ބައްޝާރުލް އަސަދް ސައުދީ މަންދޫބުންނާ އެކު. -- ފޮޓޯ: އޭއެފްޕީ

ސީރިއާގެ ރައީސް ބައްޝާރުލް އަސަދް ސައުދީ މަންދޫބުންނާ އެކު. -- ފޮޓޯ: އޭއެފްޕީ

ދިމިޝްކު، ސީރިއާ (މޭ 10) - އަންނަ ހަފުތާގައި އޮންނަ އަރަބި ސަމިޓަށް ވަޑައިގެންނެވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ ދައުވަތެއް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ފޮނުއްވައިފި އެވެ.

މިއީ 2011 ގައި ސީރިއާގެ ދާހިލީ ހަނގުރާމަ ފެށި ފަހުން ސައުދީ ރަސްގެފާނެއްގެ ދައުވަތު އަސަދަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ސީރިއާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ ރަސްގެފާނު ސަލްމާން ފޮނުއްވި ސިޓީފުޅުފައި ދައުވަތު އެރުއްވީ މޭ 19 ގައި ޖިއްދާގައި އޮންނަ 32 ވަނަ އަރަބި ލީގު ސަމިޓަށް ވަޑައިގެންނެވުމަށް ކަމަށެވެ.

Advertisement

އެ ސިޓީފުޅު އަސަދަށް އެރުއްވީ ސައުދީ އަރަބިއްޔާއިން އުރުދުންއަށް ކަނޑައަޅާފައި ހުންނަ ސަަފީރު ނާޔިފް ބިން ބަންދާރް އަލް ސުދައިރީ އެވެ.

ބާރަ އަހަރުގެ މެދުކަނޑުމަކަށް ފަހު ސީރިއާއަށް އަލުން އަރަބި ލީގުގެ މެމްބަރުކަން ދިނީ މި ހަފުތާގަ އެވެ.

އަރަބި ލީގުން 2011 ވަނަ އަހަރު ސީރިއާ އެކަހެރި ކުރީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަސަދް ކުރިއަށް ގެންދެވި ކެމްޕެއިނާ ގުޅިގެންނެވެ.

އެންމެ ފަހުން އަސަދް އަރަބި ލީގު ސަމިޓަކަށް ވަޑައިގެންނެވީ 2010 ވަނަ އަހަރު ލީބިޔާއަށެވެ.

އަރަބި ގައުމުތަކާއި ސީރިއާގެ ގުޅުން ރަނގަޅު ވާން ފަށާފައިވާ އިރު، ރިޔާދާއި ދިމިޝްކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ވެސް އަލުން ހުޅުވަން ވަނީ ނިންމައިފަ އެވެ.

ސީރިއާގެ ދާހިލީ ހަމަނުޖެހުމާ އެކު ހަނގުރާމަ ފެށުމުން، ބައްޝާރުލް އަސަދްގެ ސަރުކާރު އޮތީ އަރަބި ދުނިޔެއާ އެކަހެރިވެފަ އެވެ.

އެހެން ނަމަވެސް އިރާނާއި ސައުދީ އަރަބިއްޔާއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން، އަރަބި ގައުމުތަކުން ސީރިއާއާ މެދު އަމަލުކުރާ ގޮތް ވެސް ވަނީ ބަދަލުވެފަ އެވެ.

ބައެއް އަރަބި ގައުމުތަކުން ސުލްހަ އިސްކޮށް، އެއްބައިވަންތަވަމުން ދިޔަ ނަމަވެސް، ގަތަރުން ބުނީ ސީރިއާއާ އެކު ގުޅުން ގާއިމް ނުކުރާނެ ކަމަށެވެ.

އޭގެ އިތުރުން ސީރިއާއާ އެކު ގުޅުން ގާއިމްކޮށް އަރަބި ލީގުގެ މެމްބަރުކަން ދޭން ނިންމުމުން، އެމެރިކާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox