ޒުވާން ހޭންޑްބޯޅަ ޓީމުތަކަށް މެޑަލް ޓާގެޓަކާ އެކު ހިތްވަރު

May 10, 2023, 5:20 AM
އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ގައުމީ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ގައުމީ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝްގައި ބާއްވާ އަންހެން ކުދިންގެ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީ މުބާރާތުގައި ވާދަކުރާ ޒުވާން ޓީމުތަކަށް މެޑަލްގެ ޓާގެޓަކާ އެކު، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖުތަބާ (މުޖޭ) އާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ހިތްވަރު ދެއްވައިފަ އެވެ.

ސޯޝަލް ސެންޓަރުގައި އިއްޔެ ހަވީރު ހޭންޑްބޯލް މޯލްޑިވްސް އިން ބޭއްވި ހާއްސަ އިވެންޓެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް އާއި މުޖޭ ވިދާޅުވީ ރާއްޖޭގައި އެންމެ ހަލުވި ކަމާ އެކު މިހާރު ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ހޭންޑްބޯޅަ ކަމަށެވެ. އެ ފަދަ ކުޅިވަރަކަށް ކުރިއެރުން ލިބޭނީ ޒުވާން ޓީމުތަކުން ހޯދާ ކުރިއެރުންތަކަށް ބަލައި، ޕްލޭނެއް ހަދައިގެން، އިތުރު މަސައްކަތްތަކެއް ކޮށްގެން ކަމަށް މުޖޭ އާއި މަހްލޫފް، ކުޅުންތެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަަކައިގައި ފާހަގަކުރެއްވި އެވެ.

އެ ގޮތުން، މި މަހުގެ 13-17 އަށް ބަންގްލަދޭޝްގައި ކުރިއަށްދާ އައިއެޗްއެފް ޓްރޮފީ މުބާރާތުގައި ރާއްޖޭގެ އަންހެން 17 އަހަރާއި 19 އަހަރުން ދަށުގެ ޓީމުން ވާދަކުރާއިރު، މި އަހަރުގެ މާޗް މަހުން ފެށިގެން އަންނަނީ ފަރިތަކުރުންތައް ބާއްވަމުންނެވެ. އެ ދެ ޓީމަށް އިއްޔެ ވަނީ ހޭންޑްބޯޅަ ޓީމުން އަލަށް ފަރުމާކުރި ޖޯޒީ ހަވާލުކޮށްފަ އެވެ.

މުބާރާތުގައި ރާއްޖެއާ އެކު އަށް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ނޭޕާލް، ސްރީ ލަންކާ، އިންޑިއާ، ބޫޓާން، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ޔަމަން އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މުހިންމީ އިދިކޮޅަށް ނުކުންނަ ޓީމުތަކަކީ ކިހާ ބޮޑު ގައުމެއްތޯ ނޫނީ އެ ގައުމުގައި ތިބީ ކޮން ކުޅުންތެރިންތަކެއްތޯ ބެލުމެއް ނޫން ކަމަށާއި މީގެ މުހިންމީ ރާއްޖޭގެ ކުޅުންތެރިން ކުރިއެރުން ހޯދައި، މޮޅުވާން އެ ލާ ހިތްވަރާއި ކުރާ މަސައްކަތް ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަން މި ޓީމުތަކުގެ ފަރާތުން (އައިއެޗްއެފް ޓްރޮފީގައި) މެޑަލަކަށް،" ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ފަހު މުޖޭ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ މަގުބޫލު އެއް ސްޕޯޓްސް ބްރޭންޑް، "ޖާޒިއާ" އިން ތައްޔާރުކުރި ގައުމީ ޓީމުގެ މި ޖޯޒީ އަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

އިއްޔެގެ އިވެންޓްގައި ހޭންޑްބޯލް މޯލްޑިވްސްގެ ދެ އޮނަރަަރީ ރައީސުން ކަމަށްވާ އިބްރާހިމް އިސްމާއިލް އާއި އަހުމަދު އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ގޮތުން، ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، އިބްރާހިމް އިސްމާއިލް ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވީ، ޒުވާން ގައުމީ ޓީމަކަށް ކުޅުމުގެ އެންމެ އިސް އެއް ބޭނުމަކީ އެ ކުޅިވަރަކުން ކުރިއަށްދިއުމަށް މަގެއް ކޮށައި، ސީނިއާ ޓީމާ ހަމައަށް ދިއުން ކަމަށެވެ. އެ އަށް ވިސްނައި، ފުރަތަމަ ދުވަހުން ފެށިގެން ވެސް ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދިއުން މުހިންމު ކަމަށް އިބްރާހިމް އިސްމާއިލްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

17 އަހަރުން ދަށުގެ ޓީމު

އައިޝަތު އައިނީ ހުސެއިން، ފާތިމަތު އަމާނީ އަހުމަދު ޝިޔާމް، ފާތިމަތު އަޝާ ރަޝީދު، އައިޝަތު އީޝަލް އަލީ، އައިމިނަތު ލަ އާލީ ހަލީލް، ފާތިމަތު ލީމް ރިޝާދު، މަރިޔަމް މާހާ ސުހައިލް، މީފާ ބިންތި މަޖީދު، ހައްވާ މިލްހާނާ މުހައްމަދު މާހިރު، އައިޝަތު ޔަފް އާ އަހުމަދު، އައިޝަތު ޒިއާނާ ރިޔާޒު، ތީބާ އަބްދުﷲ، ފާތިމަތު ރަޔާ ރަމީޒް، އައިނާ ލަތީފް

ސަތާރަ އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ހަސަން ފަހީމް އެވެ. އެސިސްޓަންޓް ކޯޗަކަށް އަހުމަދު ޒާއިން މުހައްމަދު ހުރިއިރު، މެޑިކަލް އޮފިޝަލަކަށް ފާތިމަތު ސައުޝަން ހަމަޖައްސާފައިވާއިރު، ހެޑް އޮފް ޑެލިގޭޓަކީ ނަޝްފާ އާމިރާ އެވެ.

19 އަހަރުން ދަށުގެ ޓީމު

އައިޝަތު އިބާ އަހުމަދު، އައިޝަތު އީޝާ، އައިމިނަތު އިބާ އިބްރާހިމް، ފާތިމަތު ޝާޔާ މުހައްމަދު، އައިޝަތު ރަނާ ނަސީރު، ފާތިމަތު ލީމް ބިންތި ޔާސިރު، މަރިޔަމް ޔާނާ ނާސިހު، އީނާ އަހުމަދު، ޒުހާ ރަޝީދު، ފާތިމަތު ތުހުފާ، ނޫރާ އަބްދުލް ހަމީދު، މަނާލް އިސްމާއިލް ރަޝީދު، އަރީން އަހުމަދު އަބްދުﷲ، މަރިޔަމް ލީން އަހުމަދު

ނަވާރަ އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އިސްމާއިލް ޒައިދު ހުރިއިރު، އެސިސްޓަންޓް ކޯޗަކީ މުހައްމަދު ހަސަން އެެވެ. ހެޑް އޮފް ޑެލިގޭޓް އަކީ ހުސެއިން އަޒްހަމް އެވެ. އަދި މެޑިކަލް އޮފިސަރަކީ އައިޝަތު ސުދާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox