ރެއާލުން ހުއްޓުވަން ޖެހޭނީ ހާލަންޑް އެކަންޏެއް ނޫން: އަންޗެލޮޓީ

May 9, 2023, 6:36 AM
ރެއާލުން ހުއްޓުވަން ޖެހޭނީ ހާލަންޑް އެކަންޏެއް ނޫން: އަންޗެލޮޓީ

މެޑްރިޑް (މެއި 9) - މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭއިރު ހުއްޓުވަންޖެހޭނީ މުޅި ޓީމު ކަމަށާއި އެ ޓީމުގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑަށް އެކަނި ސަމާލުކަން ދެވެން ނެތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ރެއާލް ނުކުންނާނެ އެވެ.

މި މެޗަށް ނުކުންނައިރު ސިޓީގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކަށް ހުރީ ނޯވޭގެ ފޯވަޑް ހާލަންޑެވެ. މި ސީޒަންގައި އޭނާ ވަނީ 45 މެޗުން 51 ލަނޑު ޖަހައިފަ އެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ އަށް މެޗުން ޖެހި 12 ލަނޑު ވެސް ހިމެނެ އެވެ.

އަންޗެލޮޓީ ބުނީ އޭނާގެ ޕްލޭންތައް އޮތީ ސިޓީގެ މުޅި ޓީމު ހުއްޓުވުން ކަމަށެވެ. ހާލަންޑަށް އެކަނި ސަމާލުކަން ދީގެން ފަރުނުޖެއްސޭނެ ކަމަށް އަންޗެލޮޓީ ގަބޫލުކުރެ އެވެ.

"ހަމަ ޔަގީނުންވެސް ހާލަންޑަކީ ވަރަށް ނުރައްކާތެރި ކުޅުންތެރިއެެއް. އެކަމަކު، ހާލަންޑްގެ ވާހަކަ އެކަނި ދެއްކުމަކީ ވަރަށް ރަނގަޅަށް އެޓޭކްކޮށް، ޑިފެންޑްކޮށް، މޮޅު ފުޓްބޯޅައެއް ކުޅޭ އުފެއްދުންތެރި ޓީމެއްގެ ވާހަކަ ނުދެއްކުން،" އެންޗަލޮޓީ ބުންޏެވެ.

"އަހަރަމެން މި ގޭމް ތައްޔާރުކުރަނީ ހާލަންޑް ހުއްޓުވާކަށް ނޫން. އެކަމަކު، ހުއްޓުވަން އުނދަގޫ ޓީމެއް ހުއްޓުވަން."

ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ސިޓީން ފާއިތުވި އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އަދި މިހާތަނަށް ކާމިޔާބެއް ލިބޭވަރެއް ނުވެ އެވެ. އެކަމަކު، އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އެ ޓީމުގެ އެޓޭކްގައި ހާލަންޑް ހުރުމަކީ އެ ޓީމަށް ލިބޭ ބޮޑު ފައިދާ އެކެވެ.

އަންޗެލޮޓީ ބުނީ ހާލަންޑާ އެކު ސިޓީގެ ޓީމު މިދިޔަ ސީޒަނަށް ވުރެ ވަރުގަދަ ކަމަށް އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ.

"އިސްކޮޅުން ދިގު ފޯވަޑެއް ހުރީމަ، މިހާރު ސިޓީ އަށް މަތިން ލާ ބޯޅަތަކުގެ ބޭނުން ކުރިއަށްވުރެ ބޮޑަށް ހިފޭ. އެ ޓީމުގެ ކުޅުން ބަދަލެއް ނުވޭ. ހަމަ ކުރިން ވެސް ފެންނަ ގޮތަށް ވަރަށް އޯގަނައިޒްކޮށް ކުޅެނީ،" އަންޗެލޮޓީ ބުންޏެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ސިޓީ އާއި ރެއާލްގެ ތިން ވަނަ ކުރިމަތިލުމެވެ. މި ތިން މެޗުގެ ތެރެއިން ދެ މެޗު ކުޅެފައިވަނީ ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުންނެވެ. އެ ގޮތުން، ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން ސެމީ ފައިނަލުގައި ސިޓީ ކަޓުވާލައިފަ އެވެ. އެއީ މިދިޔަ ސީޒަނުގެ އިތުރުން، ސިޓީގެ ކޯޗަކަށް މެނުއަލް ޕެލެގްރީނީ ހުއްޓައި، 2015/2016 ވަނަ އަހަރު އެވެ. ސިޓީން ވަނީ 2019/2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރެއާލް އަތުން ދެ ލެގުގައި ވެސް މޮޅުވެ، ކާމިޔާބު ހޯދައިފަ އެވެ. އޭރު ކޯޗަކީ ގާޑިއޯލާ އެވެ.

ސިޓީން ރެއާލް ދަނޑުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox