މުލީކޮޅު ރާޅުގަނޑު: އައްމަޑޭ ޗެމްޕިއަންކަން ދިފާއުކޮށްފި

May 8, 2023, 4:03 AM
ގައުމީ ސާފް ލީގުގެ "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި އައްމަޑޭ.--- ފޮޓޯ: މޯލްޑިވްސް ސާފިން އެސޯސިއޭޝަން

ގައުމީ ސާފް ލީގުގެ "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި އައްމަޑޭ.--- ފޮޓޯ: މޯލްޑިވްސް ސާފިން އެސޯސިއޭޝަން

"މުލީކޮޅު ރާޅުގަނޑު" ސާފިން މުބާރާތުގެ ފައިނަލްގައި ހުސެއިން އަރީފް (އިބޫ)ގެ ބަލިކޮށް، އަހުމަދު އާގިލް (އަންމަޑޭ) ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.

ގައުމީ ސާފިން ލީގުގެ މި އަހަރުގެ ދެ ވަނަ މުބާރާތް ކަމަށްވާ "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އައްމަޑޭ ހޯދީ ފޯރިގަދަ ފައިނަލް ހީޓު 0.53ގެ ކުޑަ ތަފާތަކުން ކާމިޔާބުކޮށްގެންނެވެ. ފައިނަލު ހީޓު ފަށައިގެން ގިނަ ވަގުތު ލީޑުގައި އޮތީވެސް އިބޫ އެވެ. އެ ގޮތުން، 13.50 ގެ ސްކޯއަކާ އެކު އިބޫ ކުރީގައި އައްމަޑޭ ފަހު ވަގުތު ސިޓުއޭޝަން ބަދަލުކޮށްލީ 14.03ގެ ސްކޯއެއް ހޯދައިގެންނެވެ.

މިދިޔަ އަހަރުގެ ގައުމީ ސާފް ލީގުގެ ޗެމްޕިއަންކަން ހޯދީ އައްމަޑޭ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ސައްޔިދު ސަލާހުއްދީން ބަލިކޮށްގެންނެވެ. ސެމީ ފައިނަލުގައި އައްމަޑޭ 17.17 ގެ ސްކޯއެއް ހޯދިއިރު، ސައްޔިދު އަށް ލިބުނީ 7.16 ގެ ސްކޯއެކެވެ.

އިބޫ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ނަޖާހު މުހައްމަދު (ކަބޯ) ބަލިކޮށްގެންނެވެ. މި ހީޓުގައި އިބޫ 15.00 ގެ ސްކޯއެއް ހޯދިއިރު، ކަބޯ އަށް ލިބުނީ 12.40ގެ ސްކޯ އެކެވެ.

މި އަހަރުގެ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތް އޮތީ ގދ. ގައްދޫގަ އެވެ.

"މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މިދިޔަ މި ބައިގެ އެއް ވަނަ ހޯދި ޝާނިފް ޝަފީގް އެވެ. ޝާނިފްއާ ދެކޮޅަށް ފައިނަލުގައި ނުކުތީ ޔާސިން އަހުމަދު ނާޝިދު އެވެ. ޝާނިފް ފައިނަލް ހީޓުގައި 10.83 ގެ ސްކޯއެއް ހޯދިއިރު، ޔާސިން އަށް ލިބުނީ 8.00 ގެ ސްކޯ އެކެވެ.

ޝާނިފް ސެމީ ފައިނަލުން ޖާގަ ހޯދީ މުހައްމަދު އިނާން އަބްދުލް ހައްނާން ބަލިކޮށްގެންނެވެ. މި ހީޓުގައި ޝާނިފް 12.83 ގެ ސްކޯއެއް ހޯދިއިރު، އިނާން އަށް ލިބުނީ 10.76ގެ ސްކޯ އެކެވެ.

ސެމީ ފައިނަލް ދެ ވަނަ ހީޓު ޔާސިން ކާމިޔާބުކުރީ ކަޔާން އަބްދުﷲ އަރީފް ބަލިކޮށްގެންނެވެ. ސެމީގެ މި ހީޓުން ޔާސިން މޮޅުވީ 10.66 ގެ ސްކޯއެއް ހޯދައިގެންނެވެ. ކަޔާން އަށް ލިބުނީ 3.67 އެވެ.

ގައުމީ ސާފިން ލީގުގެ މި އަހަރުގެ ތިން ވަނަ މުބާރާތް އޮންނާނީ ޖުލައި 4-8 އަށް ކ. ހިންމަފުށީގައި އޮންނަ ގާމާދޫކޮޅު މުބާރާތެވެ. އޭގެ ފަހުން، ޖުލައި 31 އިން އޮގަސްޓް 5 އަށް ހުރާކޮޅު ރާޅުގަނޑު ކުރިއަށް ދާނީ ރ. ކިނޮޅަހުގަ އެވެ. މި އަހަރުގެ ވެސް އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް މާލޭގައި އޮންނާނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox