މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫއަށް އަލުން ފަށަނީ

މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫއަށް އަލުން ފަށަނީ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫއަށް އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިމަހުގެ 15 ވަނަ ދުވަހު އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހުން ފެށިގެން ދުވާލަކު އެއް ފުލައިޓު އެޅުމަށް ނިންމާފައިވާކަމަށް އެ އެއާލައިނުގެ މީޑިއާ އޮފިޝަލް، އަހުމަދު މުޝްއިލް ވިދާޅުވި އެވެ.

މީގެ ތިން އަހަރު ކުރިން، 2019 ގައި ދަރަވަންދޫއަށް މޯލްޑިވިއަންއިން ކުރި ދަތުރުތައް މެދުކަނޑާލީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެންނެވެ. އާލަމީ އެވަބާއަށްފަހު މޯލްޑިވިއަނުން ވަނީ އެ އެއާލައިނުގެ ފްލީޓު އެއްކޮށް އޭޓީއާރަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެގޮތުން މިދިޔަ އަހަރު ވަނީ ތާރީހުގައި ވެސް އަލަށް އޭޓީއާރު މަރުކާގެ ތިން މަތިންދާ ބޯޓު ފްލީޓަށް އިތުރުކޮށްފަ އެވެ. މުޝްއިލް ވިދާޅުވީ ދަރަވަންދޫއަށް ދަތުރުތައް ފެށުމަށް ނިންމީ ފްލީޓު އިތުރުވުމާ އެކު އެއާލައިނަށް ލިބުނު ވަރުގަދަ ކަމާއެކުގައި ކަމަށެވެ.

"މިއީ ދިވެހި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތައް ހޯދައިދިނުމަށް ޓަކަައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންނި ނިންމުމެއް، އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ގިނަ މަންޒިލްތަކަށް ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންއިން މީގެ ކުރިން ބޭނުން ކުރަމުން އައި، ޑޭޝް މަރުކާރުގެ ބޯޓުތަކުގެ ބަދަލުގައި އޭޓީއާރު މަރުކާގެ ބޯޓުތަކަށް މުޅި ފްލީޓު ބަދަލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން އެ އެއާލައިނުން ކުރަމުން އަންނައިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިތުރު ފަސް މަތިންދާ ބޯޓު މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރާނެ ކަމަށް މުޝްއިލް ވިދާޅުވި އެވެ.

މިމަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކަށް މިއަދުން ފެށިގެން ޓިކެޓު ވިއްކަން ހުއްދަ ދީފައިވާ ތަންތަނާއި، މޯލްޑިވިއަންގެ ވެބްސައިޓު، ކޯލް ސެންޓާ އަދި މޯބައިލް އެޕު މެދުވެރިކޮށް ޓިކެޓު ގަނެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox