ޖަޕާނަށް އައި ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެ 21 މީހުންނަށް އަނިޔާވެއްޖެ

ބިންހެލުމުގައި ގިނަ ގެތަކަކަށް ގެއްލުން ލިބުނު. -- ފޮޓޯ: ރޮއިޓާޒް

ބިންހެލުމުގައި ގިނަ ގެތަކަކަށް ގެއްލުން ލިބުނު. -- ފޮޓޯ: ރޮއިޓާޒް

ޓޯކިޔޯ، ޖަޕާން (މޭ 5) - ޖަޕާނުގެ މެދުތެރެއަށް ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެ 21 މީހުންނަށް އަނިޔާވެއްޖެ އެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު އިޝިކަވާ ސަރަހައްދަށް އައި 6.5 މެގްނިޓިއުޑް ބިންހެލުމުގައި ގިނަ ގެތަކަކަށް ގެއްލުން ލިބުނެވެ. ބިންހެލުން އައީ ބިމުގެ 12 ކިލޯމީޓަރު އަޑިންނެވެ.

އޮފިޝަލުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގެ އިތުރު ލޮޅުންތަކާ އެކު ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެންއެޗްކޭއިން ދެއްކި މަންޒަރުތަކުން ފެންނަނީ ބައެއް ގެތައް ބިމާ ހަމަވެފައިވާ އިރު، ފަރުބަދައެއްގެ ސަރަހައްދަކުން ބިންގަނޑު ކަނޑައިގެން ގޮސްފައި ވަނިކޮށެވެ.

ބިންހެލުމާ ގުޅިގެން ބުލެޓް ރޭލުގެ ދަތުރުތަކަށް ހުރަސް އެޅުނު ނަމަވެސް، ދެ ގަޑިއިރު ފަހުން އަލުން ދަތުރުތައް ފެށި ކަމަށް ޖަޕާނުގެ ރެއިލްވޭ އިދާރާއިން ބުންޏެވެ.

ޖަޕާން އޮންނަނީ "ޕެސިފިކް ރިންގް އޮފް ފަޔާ" ސަރަހައްދުގަ އެވެ. އެއީ ވަރަށް ގިނައިން ބިންހެލުންތައް ކުރިމަތިވާ ހިސާބެކެވެ. އެހެންވެ، ޖަޕާނުގެ އިމާރާތް ކުރުމުގެ އުސޫލު އޮންނަނީ ވަރަށް ހަރުކަށިކޮށްފަ އެވެ.

އޭގެ އިތުރުން ބިންހެލުންތަކާއި ސުނާމީތަކަށް ތައްޔާރުވުމުގެ ގޮތުން ގަވާއިދުން ތަމްރީން ބާއްވަ އެވެ. އެހެން ނަމަވެސް، ދޭތެރެ ދޭތެރެއިން ބޮޑު ބިންހެލުމަކާ އެކު ބޮޑެތި ގެއްލުންތައް ލިބެ އެވެ.

އެގޮތުން މާޗް 2011 ވަނަ އަހަރު 9.0 މެގްނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމަކާ އެކު ސުނާމީ އަރައި 18،500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox