ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯއިން ކުރެހުމުގެ ބޮޑު މުބާރާތެއް ބާއްވަނީ

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް މީގެ ކުރިން އެސްޓީއޯއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް މީގެ ކުރިން އެސްޓީއޯއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯއިން ކުރެހުމުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ނިންމައި، އިއުލާނުކޮށްފި އެވެ.

ތިން އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތަށް ކުރެހުން ހުށަހެޅޭނެ އެންމެފަހު ތާރީހަކީ އަންނަ ބުދަ ދުވަހެވެ. އެ މުބާރާތުގައި ކޮންމެ އުމުރުފަރައކުން ވެސް ވަނަވަނައަށްދާ ކުދިންނަށް އެސްޓީއޯއިން ވަނީ އިނާމު ވެސް ހުށަހަޅައިފަ އެވެ. އެގޮތުން އެއްވަނައަށް ހުށަހަޅާފައި ވަނީ 1500ރ. ގެ ވައުޗަރާއި ގިފްޓު ޕެކެކެވެ. ދެވަނައަށް 1000ރ. ގެ ވައުޗަރަކާއި ގިފްޓު ޕެކެއް ހުށަހަޅާފައި ވާއިރު، ތިންވަނައަށް ހުށަހަޅާފައި ވަނީ 500ރ. ގެ ވައުޗަރެކެވެ.

އެ މުބާރާތުގައި ހިމެނޭ ތިން އުމުރުފުރާއަކީ ހަ އަހަރުން ދަށުގެ އުމުރުފުރާއާއި ހަތް އަހަރާއި އެގާރަ އަހަރާ ދެމެދުގެ އުމުރާ އަދި ބާރަ އަހަރާއި ސޯޅަ އަހަރާ ދެމެދުގެ އުމުރުފުރާ އެވެ. އެ ހުރިހާ އުމުރުފުރައަކަށް ވެސް އެސްޓީއޯއިން ކަނޑައަޅާފައި ވަނީ އެއް ތީމު ތަކެކެވެ. އޭގެެރެއިން އެ ކުއްޖަކު އެންމެ ބޭނުންވާ ތީމެއް ތިހުތިޔާރު ކުރެވޭނެ އެވެ. މުބާރާތުގެ ތީމުތަކަކީ:

  1. ރަސަލް ހޮބްސް އަދި ޑެވޮންޑޭލް، އައިވީ ނުވަތަ ހެޕީ ކައު ބުރޭންޑު ހިމަނައިގެން އެ ކުއްޖަކު އެންމެ ބޭނުންވާ ހެނދުނުގެ ސައި [ޔުއާ ޑުރީމް ބުރޭކްފަސްޓު] - (މަދުވެގެން އެއް ބުރޭންޑު ކުރެހުމުގައި ހިމަނަން ޖެހޭނެ)
  2. އެސްޓީއޯއިން ވިއްކާ ސާމާނު ހިމަނައިގެން އެކުއްޖެއްގެ ޑުރީމް ހައުސްގެ ޑިޒައިނެއް
  3. އެސްޓީއޯއިން ވިއްކާ ސާމާނު ހިމަނައިގެން މިންހެޔޮ ނާސްތާއެއް

މި ތިން މައުލޫގެ ދަށުން ހުށަހަޅާ ކުރެހުންތަކަށް މާކުސް ދޭނީ ދެކަމަކަށް ބަލައިގެންނެވެ. އެއީ އުފެއްދުންތެރިކަމަށް 75 ޕަސެންޓު އަދި ކޮންސެޕްޓަށް 25 ޕަސެންޓެވެ.

އެ މުބާރާތަށް ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ ކުރެހުމެކެވެ. އަދި އެ ކުރެހުމުގައި މަދުވެގެން އެސްޓީއޯގެ ބުރޭންޑެއް ނުވަތަ ޕުރޮޑަކްޓެއް ހިމަނަން ޖެހޭނެ އެވެ. އެ މިންގަނޑަށް ތައްޔާރު ކުރާ ކުރެހުންތަކަކީ އޭ3 ސައިޒުގެ ކުރެހުމަކަށް ވާންޖެހޭނެ އެވެ. ކުރެހުން ހުށަހަޅަން ޖެހޭނީ ޖޭޕެގް ފޯމެޓުގަ އެވެ.

އޭގެއިތުރުން މުބާރާތަށް ކުރެހުން ތައްޔާރު ކުރުމަށް ކުރެޔޯން، ފެންކުލަ ފަދަ އާޓުގެ ކޮންމެ މީޑިއަމެއް ވެސް ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް ޑިޖިޓަލް އާޓު އެ މުބާރާތުގައި ބަލައެއް ނުގަންނާނެ އެވެ.

އެސްޓީއޯއިން ބުނީ އެ މުބާރާތަށް ހުށަހަޅާ ހުރިހާ ކުރެހުންތަކެއް ހުށަހަޅަން ވާނީ އިޝްތިހާރުގެ ގޮތުގައި ބޭނުން ކުރުމަށް އެއްބަސްވެގެން ކަމަށެވެ. އަދި މުބާރާތުން ވަނަވަނައަށްދާ ކުދިންގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުުގެ ގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

މުބާރާތަށް މިހާރުން ފެށިގެން ކުރެހުންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ހުރިހާ ކުރެހުމެއް ވެސް މެއިލް ކުރަންޖެހޭނީ އެސްޓީއޯގެ މެއިލް، pcmarketing@sto.mv އަށެވެ. ކުރެހުންތައް ހުށަހަޅާއިރު، ކުރެހުމަށް ކިޔާ ނަމަކާއި ހުށަހަޅާ ތާރީހާއި ކުއްޖާގެ އައިޑީކާޑު ނަންބަރާއި ގުޅޭނެ ނަންބަރެއްގެ އިތުރުން ކުއްޖާގެ ނަން ހިމަނަން ޖެހޭނެ އެވެ.

މުބާރާތާ ބެހޭއިތުރު މައުލޫމާތު އެސްޓީއޯގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން ހިއްސާ ކުރަމުން ގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox