ސިމްޑީ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް 175،000 ރުފިޔާގެ އިނާމު ދީފި

ސިމްޑީ ރޯދަ ޕުރޮމޯޝަނުގައި ނަސީބުވެރިންގެ ގޮތުގައި ހޮވުނު ތިން ފަރާތް -- ފޮޓޯ: ސިމްޑީ

ސިމްޑީ ރޯދަ ޕުރޮމޯޝަނުގައި ނަސީބުވެރިންގެ ގޮތުގައި ހޮވުނު ތިން ފަރާތް -- ފޮޓޯ: ސިމްޑީ

ސިމްޑީ ގުރޫޕުގެ މައިގަނޑު ތިން ޑިވިޝަން ގުޅިގެން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ރޯދަ ޕުރޮމޯޝަނުގެ ނަސީބުވެރިން ހޮވައި، 175،000ރ. ގެ އިނާމު ދީފި އެވެ.

ފެބުރުއަރީ، 19 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ މި ޕުރޮމޯޝަނުގައި އެއްވަނަ ދެވަނަ ތިންވަނައަށް ވެސް އަގުހުރި އިނާމުތަކެއް ސިމްޑީން ހުށަހެޅި އެވެ.

އެގޮތުން އެއްވަނައަށް 100،000ރ. ގެ ފައިސާގެ އިނާމު ހުށަހެޅިއިރު، ދެވަނައަށް ހުށަހެޅީ 50،000ރ. ގެ ފައިސާގެ އިނާމެވެ. އަދި ތިންވަނައަށް ސިމްޑީން ހުށަހެޅީ 25،000ރ. ގެ އަގުހުރި ހޯމް ޕެކޭޖެކެވެ.

Advertisement

ސިމްޑީގެ ފިހާރަތަކުން ނުވަތަ އޮންލައިންކޮށް 500ރ. އަށްވުރެ މަތިން ވިޔަފާރި ކޮށްގެން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ޕުރޮމޯޝަނުން އެއްވަނަ ނަސީބުވެރިއަކަށް ހޮވުނީ، އާމިނަތު ހަލީމް އެވެ. ދެވަނަ ނަސީބުވެރިއަކަށް އަހުމަދު ނިޝާމު ހޮވުނުއިރު، ތިންވަނަ ނަސީބުވެރިއަކަށް ހޮވުނީ މުހައްމަދު އަހާޝަން ހަބީބު އެވެ.

އޭގެއިތުރުން ވެސް ޕުރޮމޯޝަން ކުރިއަށް ގެންދިޔަ ދިހަ ހަފުތާގައި، ކޮންމެ ހަފުތާއެއްގައި ގުރުއަތުން ނަސީބުވެރިއަކު ހޮވި އެވެ. އެ ދިހަ ނަސީބުވެރިންނަށް އިނާމުގެ ގޮތުގައި ދީފައިވަނީ 500ރ. ގެ ވައުޗަރެވެ.

ސިމްޑީ ސީޕީޑީއާއި ސިމްޑީ ރެސޫ އަދި ސިމްޑީ ޓެކު ގުޅިގެން ކުރިއަށް ގެންދިޔަ ރޯދަ ޕުރޮމޯޝަނުގެ އިތުރުން އެ ގުރޫޕުން ރޯދަ މަހަށް ހާއްސަކޮށް ރޯދަ ހަދިޔާއާއި އީދު ހަދިޔާގެ ގޮތުގައި ގިފްޓު ޕެކު ތަކެއް ވެސް ތައާރަފު ކުރި އެވެ. އެ ގުރޫޕުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން ސިމްޑީ ގުރޫޕުގެ މެނޭޖުމަންޓުގެ ފަރާތުން ބުނީ އިނާމުތައް ލިބުނު ހުރިހާ ނަސީބުވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށާއި އެ ޕުރޮމޯޝަނަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށްޓަކައި ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.

އެ ގުރޫޕުގެ މައިގަނޑު މަގުސަދަކީ މުޅި އަހަރު ތެރޭގައި ވެސް މީހުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުކޮށްދިނުން ކަމަށް އެ ގުރޫޕުން ބުނެ އެވެ. އެ ގުރޫޕުގެ ދަށުން ހިންގާ އެކި ފިހާރަތަކުގައި ޖުމުލަ 200 އަށްވުރެ ގިނަ ބުރޭންޑުތަކުގެ 15،000 އަށްވުރެ ގިނަ ޕުރޮޑަކްޓުތައް ވިއްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

Newsletter

Get the latest news delivered straight to your inbox