ރެއާލް ބަލިވެ ބާސެލޯނާ އަށް ލީގު ހޯދަން ފަސޭހަވެއްޖެ

May 3, 2023, 2:39 AM
ރެއާލް ބަލިވެ ބާސެލޯނާ އަށް ލީގު ހޯދަން ފަސޭހަވެއްޖެ

މެޑްރިޑް (މެއި 3) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން ބަލިވިއިރު، އޮސަސޫނާ އަތުން 1-0 އިން މޮޅުވި، ބާސެލޯނާ އަށް ދެން ކުޅޭ މެޗުގައި ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.

ބާސެލޯނާ އެއް ވަނައިގައި އޮތީ 33 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 33 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ. މި މަހު 14 ވަނަ ދުވަހު ބާސެލޯނާ އިން އެސްޕަންޔޯލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަން ކަށަވަރުކުރެވޭނެ އެވެ. ބާސެލޯނާ އިން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2018-2019 ވަނަ އަހަރުގެ ސީޒަނުގަ އެވެ.

ރޭ ބާސެލޯނާ ދަނޑުގައި އޮސަސޫނާ އިން މެޗުގެ ބޮޑުބައި ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 25 ވަނަ މިނިޓްގައި ބާސެލޯނާގެ ޕެޑްރީ އަށް ކުރި ފައުލަކަށް އޮސަސޫނާގެ ޖޯޖް ހެރާންޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މެޗުން ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ 85 ވަނަ މިނިޓްގައި ޖޯޑީ އަލްބާ އެވެ. މިއީ ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން އަލްބާ ޖެހި މޮޅު ގޯލެކެވެ.

މި މެޗުގައި ވެސް ބާސެލޯނާ ކޮޅަށް ގޯލެއް ނުވަދެ، ނިމުނުއިރު، މިއީ އެ ގޮތަށް މި ފަހަރުގެ ލީގުގައި ބާސެލޯނާ އިން ނިންމާލި 25 ވަނަ މެޗެވެ. މިއީ ސްޕެނިޝް ލީގުގެ އެއް ސީޒަނަށް ބަލާނަމަ ރެކޯޑެކެވެ.

ސޮސިއެޑާޑް ދަނޑުގައި އެ ޓީމުން ވަނީ ދެ ވަނަ ހާފް ފެށުނުތަނުން ގޯލެއް ޖަހައި، ލީޑުނަގައިފަ އެވެ. މިއީ ރެއާލްގެ އެޑާ މިލިޓާއޯ ފަހަތަށް ދިން ބޯޅައެއް ހޯދައި، ސޮސިއެޑާޑްގެ ޖަޕާން މިޑްފީލްޑަރު، ޓަކެފޫސާ ކޫބޯ ޖެހި ގޯލެކެވެ. މި މެޗުގައި ރެއާލަށް ކުރިއަށްދާން މައްސަލަ ދިމާވީ 61 ވަނަ މިނިޓްގައި ޑެނީ ކާވަހާލް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ރެއާލްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މެޗުގެ 85 ވަނަ މިނިޓްގައި ސޮސިއެޑާޑް އިން ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ ޑޭވިޑް ސިލްވާ ދިން ބޯޅައަކުން އެންޑަ ބަރަނެޓްސޭއާ ޖެހި ގޯލެކެވެ.

ރޭގެ މެޗުގައި ރެއާލުން ކުޅެފައިވަނީ ކެޕްޓަން ކަރީމް ބެންޒެމާގެ އިތުރުން، ވިނީޝިއުސް ޖޫނިއާ އާއި ލޫކަ މޮޑްރިޗް އަދި ޑޭވިޑް އަލަބާ ނުލަ އެެވެ. އަންނަ ހަފްތާގައި ރެއާލަށް ސްޕެނިޝް ކަޕް ފައިނަލާއި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox