އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލަކީ އެމީހެއްގެ ފުށުން ދުނިޔެއަށް ދަރިއަކު އުފަންވުމެވެ. އެމީހަކު މަންމައަކަށް ނުވަތަ ބައްޕައަކަށްވާ ދުވަހެވެ. އެއީ އެތައް ބަޔަކު އިންތިޒާރު ކުރާ މުހިންމު ދުވަހެކެވެ. އެދުވަހަށްޓަކައި އެތައް ބައިވަރު ތައްޔާރީތަކެއް މީހުން ވެ އެވެ.
ދަރިއަކު ބަނޑުގައި ގަރުބަގަންނަ ހިސާބުން ފެށިގެން އެ ދަރިފުޅުގެ ކަންކަމާ މެދު ވިސްނައި، އެންމެ މޮޅަކަށް އެ ކުއްޖާގެ ކަންކަން ހަމަޖައްސައިދިނުމަށް މަންމައާއި ބައްޕަ މަސައްކަތް ފަށަ އެވެ. ބައެއް ރޭރޭގެ ނިދި ވެސް އެކަމަށްޓަކައި ގުރުބާން ކުރެ އެވެ. މައިންބަފައިންނަށް އެހައި މަތިވެރި މަގާމެއް އަހަރުމެންގެ ހިތްތަކުން ދިނުމަށް ދީނުގައި ވެސް އަންގަވާފައި އޮންނަނީ އެ ސަބަބާ ހެދި އެވެ.
ދަރިޔަކު ދުނިޔެއަށް އުފަންވުމުގެ ކުރީން ކުރަން ފަށާ ފިކުރު އެކުއްޖާ ދުނިޔެއަށް އުފަންވެ، ޅަފަތުގެ ބުރަ އުފުލައި ނިމޭއިރު ވެސް މައިންބަފައިންނަށް ދޫކޮށްލެވޭ ތަނެއް ނާދެ އެވެ. ކުއްޖާއަށްޓަކައި ކުރާ ފިކުރުގެ އެންމެ ބޮޑު ބައެއް ގުޅިފައި އޮންނަނީ އެ ކުއްޖާގެ އެކި ބޭނުންތަކަށް ހޯދާ ސާމާނާ އެވެ. ދެލޯ ފަދަ ދަރިފުޅަށް ހޯދާ ތަކެއްޗަކީ ފެންވަރު ރަނގަޅު ރީތި ތަކެއްޗަށް ވުމަށް އެދޭތީ އެވެ.
ތުއްތު ކުދިންގެ ސާމާނު އުފައްދާ އެތައް ބައިވަރު ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުގައި އުޅުނެއްކަމަކު، ގިނަ ބަޔަކަށް އިތުބާރު ހިފޭ ބުރޭންޑުތައް މަދެވެ. މީގެ ބައިގަރުނު ކުރިން ވުޖޫދުވެގެން އައި ޕިޖަން ބުރޭންޑަކީ ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ މަގުބޫލުކަން ހޯދި ބުރޭންޑެކެވެ. ތުއްތު ކުދިންނަށް ބުއްފުޅި އުފައްދާ ކުންފުންޏެއްގެ ގޮތުގައި ޖަޕާނުގައި ކުޑަކުޑަކޮށް އުފެއްދި އެ ވިޔަފާރި ފުޅާވެ މިއަދު ދަނީ ތުއްތު ކުދިން ރީތިކުރާނެ ސާމާނުން ފެށިގެން ގޮސް އެކުދިންނަށް ކާންދޭން ބޭނުން ކުރާނެ ސާމާނު ވެސް އުފައްދައި މުޅި ދުނިޔެއަށް ސަޕްލައިކޮށްދެމުންނެވެ.
ރާއްޖެއަށް އެ ބުރޭންޑުގެ ސާމާނު އެތެރެކޮށް ވިއްކާ އެއް ކުންފުންޏަކީ ލައިފް ސަޕޯޓެވެ. އެ ކުންފުނިން ރާއްޖެއަށް އެ ބުރޭންޑުގެ އެކި ތަފާތު އުފެއްދުންތައް އެތެރެކޮށް ވިއްކަ އެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ކާންދޭއިރު އަޅުވާ ބިބާއި ބުރެސްޓު ޕަންޕާއި ބުއްފުޅި އަދި އޭގެ ނިޕްލްސްއާއި ބުއްފުޅި ހޫނުކުރާގެ އިތުރުން ވެސް އެކި ސާމާނު ހިމެނެ އެވެ.
ޕިޖަން ސިލިކޯން ބޭނީ ބިބްސް: ސިލިކޯނުން ތައްޔާރުކޮށްފައިވާ ޕިޖަން ބިބަކީ އެއަށް ކާއެއްޗެހީގެ އިތުރުން ސޮންޏާއި ފެން އެޅުނަސް ހަޑި ނުވާފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ބިބެކެވެ. އޭގައި ހިމެނޭ ޕޮކެޓަކީ އާންމުކޮށް ތުއްތު ކުދީންނަށް ކާންދޭއިރު، އެޅޭ ފެނާއި ކާއެއްޗެހި އެޅުމުން ފަސޭހައި ފެންފޮދަކުން ދޮވެލެވޭ ގޮތަށް ހުންނަ ކުލަ ނުހިފާ އެއްޗެކެވެ.

ބުއްފުޅި ސްޓެރިލައިޒާ: ތުއްތު ކުދިން ގޮވައިގެން އުޅުމަކީ އެއީ ކިހައި ބުރަ ކަމެއްކަން އެނގޭނީ އެކަން ތަޖުރިބާ ކޮށްފައި ހުރި މީހަކަށެވެ. އިރުއިރުކޮޅުން ބުއްފުޅި ދޮވެސާފު ކުރުމަކީ އެއީ އެ ބުރައިގެ ތެރޭގައި އުޅެމުން ވަރަށް ދަތި ކަމެކެވެ. ޕިޖަން ބުރޭންޑުގެ ބުއްފުޅި ސްޓެރިލައިޒަރަކީ އެކަމަށް އޮތް ހައްލެވެ. ލައިފް ސަޕޯޓުން ވިއްކާ ބައެއް ސްޓެރިލައިޒާތަކާ އެކު ބުއްފުޅި ހޫނު ކުރާ (ބޮޓުލް ވާމާ) އެއްވެސް ލިބޭނެ އެވެ
ބުށް ރައްކާ ކުރާ ކޮތަޅު: ވަޒީފާގައި އުޅޭ ގިނަ މައިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތުއްތު ކުދިންނަށް ގާތުން ދިނުމުގައި ކުރިމަތިވާ އުނދަގޫތަކެވެ. ވަޒީފާއަށް ދިއުމުގެ ކުރިން ދަރިފުޅަށް ބޭނުންވާ ބުއް ނަގައި ރައްކާ ކުރުމަކީ ގިނަ މައިންނަށް އޮންނަ ހަމައެކަނި ގޮތެވެ. އެހެންނަމަވެސް ކުއްޖާއަށް ފުދޭވަރަށް ބުއް ނަގާފައި ރައްކާ ކުރުން ދަތިކަމަކަށް ވަނީ އަޅާނެ އެއްޗެއް ނެތުމުންނެވެ.
އެފަދަ މައިންނަށް ބުއް ރައްކާ ކުރާ ކޮތަޅަކީ ވަރަށް ރަނގަޅު ހައްލެކެވެ. ޕިޖަން ބުރޭންޑުގެ ކޮތަޅަކީ ބުރެސްޓު ޕަންޕާ ވެސް ގުޅާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕުރޮޑަކްޓެކެވެ.

ބުއްފުޅި ހޫނު ކުރާ: ރައްކާ ކުރަން ނަގާބުއްފޮދު ފިނި ވުމަކީ ކުއްޖާ އެ ބޯން ފޫހިވާނެ ސަބަބެކެވެ. ބޯންދެނީ ފޯމިއުލާ ކަމުގައިވިޔަސް އޭގައި ހޫނުކަމެއް ނެތީކަމުގައިވަންޏާ ތުއްތުކުދިން ގަޔައެއް ނުވާނެ އެވެ. އެކަމަށް އޮތް ހައްލަކީ ބުއްފުޅި ހޫނު ކުރާ ނުވަތަ ބޮޓުލް ވާމާ އެކެވެ.
ޕިޖަން ބުރޭންޑުގެ ބޮޓުލް ވާމާ އަކީ ބުއް ހޫނު ކުރަން ހޭދަ ކުރާ ވަގުތު ސަލާމަތް ކޮށްދޭ ކޮލެޓީ އުފެއްދުމެކެވެ. އެ ޕުރޮޑަކްޓު އުފައްދާފައި ވަނީ ސީދާ ތުއްތު ކުދިންނަށް އެކަށީގެންވާ މިންވަރަށް ބުއްފުޅި ހޫނު ކޮށްލެވޭ ގޮތަށެވެ.
ބުރެސްޓު ޕަންޕު: މިއީ ވެސް ބުއް ނަގައި ރައްކާ ކުރަންޖެހޭ މައިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. ދެފަރާތުން އެއްފަހަރާ ޕަންޕު ކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކަރަންޓު ޕަންޕާއި އެއް ފަރާތުން ޕަންޕު ކޮށްލެވޭ އަތު ޕަންޕު ވެސް ލައިފް ސަޕޯޓު ވިއްކަ އެވެ.
އެހެންކަމުން ދަރިއަކު ލިބުމުން އެ ލިބޭ އުފަލާ އެކު އެ ކުއްޖާއަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް ހޭދަ ކުރާ ވަގުތުގެ ތެރެއިން ބޮޑުބައެއް ރަނގަޅު ކޮލެޓީ ސާމާނު ހޯދާނެ ގޮތަކާ މެދު ފިކުރު ކުރުމަށް ހޭދަ ނުކުރާށެވެ. ދުނިޔޭގެ ހަބިތަށް ޔަގީންކަމާ އެކު ޕުރޮޑަކްޓުތައް ސަޕްލައި ކޮށްދޭ، ޕިޖަން ބުރޭންޑުގެ ސާމާނު ލައިފް ސަޕޯޓުން ލިބެން ހުންނާނެ އެވެ.










