އައިފޯން 15 އަށް ޔޫއެސްބީ ޓައިޕް-ސީ ވާގަނޑުލީ އިއާޕޮޑްސް އަންނަނީ

އެޕަލް އިން މިހާރު ވަނީ ޔޫއެސްބީ ޓައިޕް-ސީގެ އިއާބަޑްސް އަދި ޗާޖަރުތަކުގެ މާސް ޕްރޮޑަކްޝަން ފަށާފަ: ރިޕޯޓް

އެޕަލް އިން މިހާރު ވަނީ ޔޫއެސްބީ ޓައިޕް-ސީގެ އިއާބަޑްސް އަދި ޗާޖަރުތަކުގެ މާސް ޕްރޮޑަކްޝަން ފަށާފަ: ރިޕޯޓް

އެޕަލްގެ އައިފޯން 15 އަށް ޔޫއެސްބީ ޓައިޕް-ސީ ވާގަނޑުލީ އިއާޕޮޑްސް އަންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ،

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ނެރޭ އައިފޯނުތައް ނެރޭނީ ޓައިޕް-ސީ އަށް ސަޕޯޓްކުރާގޮތަށެވެ.

"ޝްރިމްޕް އެޕަލް ޕްރޯ" ކިޔާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ އެޕަލް އިން މިހާރު ވަނީ ޔޫއެސްބީ ޓައިޕް-ސީގެ އިއާބަޑްސް އަދި ޗާޖަރުތަކުގެ މާސް ޕްރޮޑަކްޝަން ފަށާފަ އެވެ.

އެޕަލްގެ ލައިޓްނިން ޕޯޓްގެ ބަދަލުގައި އައިފޯން 15 ގެ ހުރިހާ މޮޑެލްއަކަށް ވެސް ޓައިޕް-ސީ ޕޯޓެއް އަންނާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އަދި އެޕަލްގެ އިތުރު އުފެއްދުންތަކަށް ވެސް މި ބަދަލުއައުން އެކަށިގެންވެ އެވެ.

އެޕަލްގެ އެނަލިސިސްޓްއެއް ކަމަށް ވާ މިންގ-ޗި ވަނީ އެއާޕޮޑްސްގެ ޗާޖިން ކޭސްއާއި، މެގްސޭފް ބެޓެރީ ޕެކް ގެ އިތުރުން މެޖިކް ކީބޯޑް ގައި ވެސް ކުރިއަށް އޮތްތަނުގައި ބޭނުންކުރާނީ ޓައިޕް-ސީ ކަމަށް ލަފާކޮށްފަ އެވެ.

އެޕަލް އިން މިހާރު ވެސް ލައިޓްނިން ކަނެކްޓާލީ އިއާބަޑްސް ވިއްކަ އެވެ. ނަމަވެސް ވަޔަލެސް އެއާޕޮޑްސް އާއެކު އިއާބަޑްސްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮއްސަ އެވެ. ނަމަވެސް ޓައިޕް-ސީގެ އިއާބަޑްސް އާއި އެކު އެހެން ބްރޭންޑްތަކުގެ ފޯނުތައް ބޭނުންކުރާ ފަރާތްތައް ވެސް އިއާބަޑްސް ބޭނުންކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox