ފަސް ސަތޭކަ ކުދިންގެ ބައްޕައަކަށް ވީ މީހަކު ދަރިފަނި ހަދިޔާކުރުން މަނާކޮށްފި

އުމުރުން 41 އަހަރުގެ ޖޮނަތަން ޖޭކޮބް މެއިޔާ.

އުމުރުން 41 އަހަރުގެ ޖޮނަތަން ޖޭކޮބް މެއިޔާ.

ދަ ހޭގް، ނެދަލޭންޑްސް (އެޕްރީލް 28) - ދަރިފަނި ހަދިޔާކޮށްގެން 550 އަށް ވުރެ ގިނަ ކުދިންގެ ބައްޕައަކަށް ވީ ކަމަށް ބެލެވޭ މީހަކު އިތުރަށް ދަރިފަނި ހަދިޔާކުރުން ނެދަލޭންޑްސްގެ ކޯޓަކުން މަނާކޮށްފި އެވެ.

ނެދަލޭންޑްސްގެ ނޫސްތަކުގައި ބުނީ އުމުރުން 41 އަހަރުގެ "ޖޮނަތަން އެމް" ގެ މައްސަލަ ކޯޓަށް ހުށަހެޅީ ހަދިޔާކޮށްފައިވާ ދަރިފަނީގެ އެހީގައި ލިބިފައިވާ ކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއަކާއި އެ ތަނުން ކުއްޖެއްގެ މަންމަ ކަމަށެވެ.

ނެދަލޭންޑްސްގެ އުސޫލުތައް އޮންނަ ގޮތުން އެއް ފިރިހެނަކު ދަރިފަނި ހަދިޔާކޮށްގެން 12 އާއިލާއެއްގެ 25 ކުދިންނަށް ވުރެ ގިނަ ކުދިންގެ ބައްޕައަކަށް ވެގެން ނުވާނެ އެވެ. އެކަމަކު ތުހުމަތު ކުރެވޭ މީހާގެ 550 އާއި 600 އާ ދެމެދުގެ ދަރިން ތިބޭ ކަމަށް ބެލެވެ އެވެ. އޭނާ ދަރިފަނި ހަދިޔާކުރަން ފެށީ 2007 ގަ އެވެ.

އޭނާ އިތުރަށް ދަރިފަނި ހަދިޔާކުރުން މަނާކޮށް ކޯޓުން ބުނީ އެ އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 110،000 ޑޮލަރުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

ޖޮނަތަން އެމްގެ ދަރިފަނިން 100 އަށް ވުރެ ގިނަ ކުދިން އުފަންވީ ނެދަލޭންޑްސްގެ ކްލިނިކްތަކުގަ އެވެ. ބާކީ ކުދިންނަކީ ޕްރައިވެޓްކޮށް ދަރިފަނި ހަދިޔާކޮށްގެން ލިބުނު ކުދިންނެވެ.

އޭގެ އިތުރުން ޑެންމާކްގެ ކްލިނިކަކަށް ވެސް އޭނާ ދަރިފަނި ހަދިޔާކުރި އެވެ. އެ ތަނުން ދުނިޔޭގެ އެކި ގައުމުތަކުގެ އެ ތަކެތި ފޮނުވި ކަމަށް ކޯޓުން ބުންޏެވެ.

އޭނާ އެކަން ކުރަމުން ދިޔައީ ހަގީގަތް އޮޅުވާލައި، ކުރިން ލިބިފައިވާ ކުދިންގެ އަދަދު ސިއްރުކޮށްގެން ކަމަށް ބެލެވެ އެވެ. ފާޓިލިޓީ ފަރުވާތަކާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ނެދަލޭންޑްސްގައި މައްސަލަ ބޮޑުވި އެވެ.

އެގޮތުން 2020 ވަނަ އަހަރު ގައިނިކޮލޮޖިސްޓަކު އަންހެނުންތަކަށް އޮޅުވާލައިގެން ދަރިފަނި ހަދިޔާކޮށްގެން 17 ކުދިންގެ ބައްޕައަކަށް ވި އެވެ. އެކަން ފަޅާއެރީ އޭނާ މަރުވި ފަހުންނެވެ.

އަދި 2019 ވަނަ އަހަރު ފާޓިލިޓީ ފަރުވާ ފޯރުކޮށްދޭ ކްލިނިކެއްގައި ޑޮކްޓަރަކު 49 ކުދިންގެ ބައްޕައަކަށް ވީ އެ ތަނަން ދިޔަ އަންހެނުންނަށް އޮޅުވާލައި، އޭނާގެ އަމިއްލަ ދަރިފަނި ބޭނުންކޮށްގެންކަން ވެސް ފަޅާއެރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox