ޗެލްސީގެ ސަމާލުކަން ޕޮޗެޓީނޯ އަށް

Apr 25, 2023, 8:39 AM
ޗެލްސީގެ ސަމާލުކަން ޕޮޗެޓީނޯ އަށް

ލަންޑަން (އޭޕްރީލް 25) - ޗެލްސީން އާ ކޯޗެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރި ފަހުން، ޕޮޗެޓީނޯ، 51، ހުރީ ޓީމަކާ ހަވާލުނުވެ އެވެ. ޕީއެސްޖީގެ ކޮންޓްރެކްޓެއްގައި ހުއްޓައި، އޭނާ ވަކިކުރިއިރު، އެ ކްލަބުން ވަނީ މި ސީޒަނުގެ ނިޔަލަށް އޭނާ އަށް ބަދަލުގެ ގޮތުގައި މުސާރަ ދޭން އެއްބަސްވެފަ އެވެ.

ޓޮޓެންހަމްގެ ކޯޗުގެ ގޮތުގައި ހޭދަކުރި ފަސް އަހަރުގެ ތެރޭ ޕޮޗެޓީނޯ ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ޓޮޓެންހަމް ދަތުރުކުރި އެވެ. އެ ޓީމުގައި ފަހުގެ ތާރީހެއްގައި އެންމެ ގިނަ ދުވަސްވަންދެން ކޯޗެއްގެ ގޮތުގައި ދެމިހުރީ ޕޮޗެޓީނޯ އެވެ.

ޗެލްސީ އެންމެ ފުރަތަމަ ޕޮޗެޓީނޯއާ ވާހަކަދެއްކިއިރު، އެ ކްލަބާ ގުޅެން އޭނާ ބޭނުމެއްނުވި އެވެ. އެކަމަކު، ޕޮޗެޓީނޯ ބޭނުންވާ ގޮތަށް އޭނާ އަށް ބައެއް ބާރުތައް ދިނުމަށް ޗެލްސީން އެއްބަސްވެ، މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗެލްސީގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކޮށް، މި ސީޒަންގެ ނިޔަލަށް އެ ކްލަބުގެ ކޯޗުކަން ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން ފްރޭންކް ލަމްޕާޑްއާ ހަވާލުކޮށްފަ އެވެ.

ބަޔާންގެ ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަންއާ ވެސް ޗެލްސީން މަޝްވަރާކުރިއެވެ. އެކަމަކު، އެ މަޝްވަރާތައް ކުރިއަށް ނުދިޔައެވެ. ސަބަބަކީ ނާގަލްސްމަން ބޭނުންވާ ގޮތަށް ކަންކަން ކުރަން ޗެލްސީގެ ބޯޑުގެ މެޖޯރިޓީ ނުލިބުން ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޗެލްސީއާ ދެން ހަވާލުވާނެ ކޯޗެއް ހޯދުމުގެ މަސައްކަތުގައި ޝޯޓްލިސްޓްކޮށްފައިވާ ކޯޗުންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ވެސް ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox