އަސެންސިއޯގެ ގޯލާ އެކު ރެއާލަށް މޮޅެއް

Apr 23, 2023, 12:09 AM
ލަނޑު ޖެހުމަށް ފަހު ރެއާލްގެ އަސެންސިއޯ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ރެއާލްގެ އަސެންސިއޯ އުފާފާޅުކުރަނީ.

މެޑްރިޑް (އޭޕްރީލް 23) - މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރެއާލް މެޑްރިޑްގެ ވިންގް، މާކޯ އަސެންސިއޯ ޖެހި ގޯލާ އެކު، އެ ޓީމުން 2-0 އިން ސެލްޓަ ވީގޯ އަތުން ރޭ މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު، ލީގުގެ ދެ ވަނައިގައި އޮތް ރެއާލުން ވަނީ އިތުރަށް އެއް މެޗު ކުޅެގެން، ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ އަށް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 29 މެޗުން 73 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 30 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ.

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 42 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ މާކޯ އަސެންސިއޯ އެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އަސެންސިއޯ މި ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުންނެވެ. އެ ގޮތުން، ވިނީޝިއުސް ނެގި ބޯޅަ އަސެންސިއޯ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.

އަސެންސިއޯ ވަނީ 2023 ވަނަ އަހަރު ފެށި ފަހުން، ރެއާލަށް ހުރިހާ މުބާރާތެއްގައި އަށް ގޯލު ޖަހައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ސްޕެއިންގެ ކުޅުންތެރިންގެ ތެރެއިން ޔޫރަޕްގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި ވިންގް އަކީ އަސެންސިއޯ އެވެ.

މެޗުގައި ރެއާލުން ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭގަ އެވެ. މިއީ ކޯނަރަކުން އަސެންސިއޯ ނަގައިދިން ހުރަހުން، އެޑާ މިލިޓާއޯ ފުންމައިގެން އަރައި، ގޯލުގެ ތިރީ ކަނަށް ބޮލުން ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ރެެއާލަށް މި މެޗުގައި ގޯލެއް ޖަހައިދޭން ކަރިމް ބެންޒެމާ އާއި އައުރެލިން ޗުއަމެނީ ޖެހި ބޯޅަތައް ގޯލާ ނުރައްކާ ނުވެ ދިޔައިރު، ސެލްޓަ ވީގޯގެ އިޔާގޯ އަސްޕާސް ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox