ފިރްމީނޯ ގެންދަން ރެއާލާއި ބާސެލޯނާ އިން ޝައުގުވެރިވޭ

Apr 22, 2023, 7:44 AM
ފިރްމީނޯ ގެންދަން ރެއާލާއި ބާސެލޯނާ އިން ޝައުގުވެރިވޭ

މެޑްރިޑް (އޭޕްރީލް 23) - ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފައިވާ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯގެ ސޮއި ހޯދަން ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފިރްމީނޯ، 31، އާ އެކު ލިވަޕޫލުން ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ހިލޭ ޓްރާންސްފާއެއްގައި އެހެން ޓީމަކާ ގުޅުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެ، ފިރްމީނޯ ވަނީ ލިވަޕޫލުން އަންނަ ސީޒަނުގައި ނުފެންނާނެ ކަމަށާއި އެ ޓީމު ދޫކޮށްލުން މިއީ ކެރިއަރުގައި އެންމެ އުނދަގޫ އެއް ނިންމުން ކަމަށް ހާމަކޮށްފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފިރްމީނޯގެ ސޮއި ހޯދަން ރެއާލާއި ބާސެލޯނާ އިން ބޭނުންވެ އެވެ. އެ ގޮތުން، ރެއާލުން ކަރިމް ބެންޒެމާގެ ބެކަޕަކަށް ސްޓްރައިކަރެއް ހޯދުމުގެ ވިސްނުމުގައި ފިރްމީނޯ ގެންނަން ބޭނުންވާއިރު، ބާސެލޯނާ އިން އަންނަނީ ރޮބަޓް ލެވަންޑޯސްކީގެ ބަދަލުގައި އެރުވޭނެ ފެންވަރު ރަނގަޅު ފޯވާޑެއް ހޯދަން މަސައްކަތް ކުރަމުންނެވެ. ބާސެލޯނާ އިން ވަނީ ފިރްމީނޯގެ އޭޖެންޓާ އެކު މަޝްވަރާތަކެއް ވެސް ބާއްވައިފަ އެވެ.

ބްރެޒިލް ގައުމީ ޓީމަށް ވެސް ކުޅޭ ފިރްމީނޯ ހޯދަން އިޓަލީ އާއި ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ވެސް ޝައުގުވެރިވެ އެވެ.

ފިރްމީނޯ، ލިވަޕޫލާ ގުޅުނީ 2015 ވަނަ އަހަރު ޖަރުމަނުގެ ހޮފެންހައިމް ދޫކޮށް 33 މިިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ލިވަޕޫލަށް ފިރްމީނޯ ގެނައީ އޭރު ލިވަޕޫލަށް ކޯޗުކޮށްދިން ބްރެންޑަން ރޮޖާސް އެވެ. ލިވަޕޫލްގެ ކޯޗުކަމާ ޔާގަން ކްލޮޕް، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވުމަށް ފަހު، ދިން އިންޓަވިއުއެއްގައި ވަނީ އޭނާ ޑޯޓްމަންޑަށް ކޯޗުކޮށްދިންއިރު، އެ ޓީމުގައި ހުރެ ގެންނަން މަސައްކަތް ކުރި އެއް ކުޅުންތެރިއަކީ ފިރްމީނޯ ކަމަށް ބުނެފަ އެވެ.

އަނިޔާގެ ސަބަބުން މި ސީޒަނުގައި ގިނަ މެޗުތަކެއް ފިރްމީނޯ އަށް ގެއްލުނު ނަމަވެސް އޭނާ ވަނީ ކުޅުނު 33 މެޗުގައި 11 ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓާ ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ފިރްމީނޯ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox