ފެށުން ގޯސްވީ ފަސޭހަކޮށްލެވުމުން، މޮޅުވުމުގައި ތަފާތަކަށްވީ އީގަލްސްގެ ރޫހު

Apr 20, 2023, 7:07 AM
އީގަލްސް އިން އެންމެ ފަހުން ބޭއްވި ޕްރެކްޓިސް ސެޝަންގެ ތެރެއިން ސާންތީ.-- ފޮޓޯ: އަދަދު

އީގަލްސް އިން އެންމެ ފަހުން ބޭއްވި ޕްރެކްޓިސް ސެޝަންގެ ތެރެއިން ސާންތީ.-- ފޮޓޯ: އަދަދު

ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވީ ކްލަބް އީގަލްސްގައި ތިބި އެ ޓީމުން ބިނާކޮށްފައިތިބި ކުޅުންތެރިންގެ އާދަޔާހިލާފު ރޫހުގެ ސަބަބުން ކަމަށް ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ސަސް އަތުން ކުލަބު އީގަލްސް 4-2 އިން މޮޅުވިއިރު، ފުރަތަމަ ހާފުގައި ސަސް އިން ދެ ގޯލު ޖެހި އެވެ. އީގަލްސް އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ޖެހި ހަތަރު ގޯލާ އެކުގަ އެވެ.

މި މެޗުގެ ނަތީޖާ އީގަލްސް ކޮޅަށް އެނބުރުމުގައި އެންމެ ބޮޑު ތަފާތަކަށްވީ ބެންޗުން އެރި ކުޅުންތެރިންނެވެ. މި ގޮތުން ފުރަތަމަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ރިޒުވާން (ރިޒޭ) މެޗުގެ ފަހު ގޯލު ޖެހިއިރު، ފުރަތަމަ ގޯލު ޖަހަން އެސިސްޓްކޮށްދިނެވެ. ބެންޗުން އަރައި، އިމްރާން ނަޝީދު (އިންމަ) ޖެހި ގޯލަކީ އީގަލްސް އަށް މެޗުގައި ލީޑު ލިބުނު ގޯލެވެ. ދެ ވަނަ ހާފުގައި ކުޅެން އެރުވި އިބްރާހިމް މުބީން (މުއްކި) ވަނީ ސްކޯ އެއްވަރުކުރި ގޯލު ޖެހުމަށް އެސިސްޓްކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު އީގަލްސްގެ ކޯޗު ސާންތި ބުނީ މި މޮޅަކީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ހޯދުނު މޮޅެއް ކަމަށާއި މެޗުގެ ދެ ވަނަ ހާފަށް ނިކުމެ ހުރިހާ ކުޅުންތެރިން އެ ކުޅުންތެރިއެއްގެ 200 ޕަސެންޓް ހިތްވަރު ނެރުނު ކަމަށެވެ.

އޭނާ ބުނީ މެޗުގެ އެންމެ ބޮޑު ތަފާތަކަށްވީ އީގަލްސް އާއިއެކު ޔޫތު ލެވެލްއިން ފެށިގެން އައިސް ސީނިއާ ލެވްލްއާ ހަމައަށް ކުޅެފައިތިބި ކުޅުންތެރިންގެ ރޫހު ކަމަށާއި، އެ ކުޅުންތެރިންގެ ފަރާތުން ފެނުނީ މެޗުން މޮޅުވުމަށް ބޭނުންވެފައިވާ މިންވަރުކަމަށެވެ.

"މީގެ ތެރޭގައި އީގަލްސްގެ ސީނިއާ ކުޅުންތެރިން ވަރަށް ހިތްވަރު ނެރުނު. މިސާލަކަށް ރިޒޭ، އިންމަ، މުއްކި މި ކުޅުންތެރިން އީގަލްސް އަށް ކޮންމެ ކޮންމެ ގޮތެއް ވާން ބަލާކަށް ނުތިބޭނެ. ހާއްސަކޮށް މި ތިން ކުޅުންތެރިންގެ އިންފްލުއެންސް ފެނުނު މުޅި މެޗު އަނބުރާލުމުގައި. މިއީ އަސްލު ކުލަބަކުން ކުޅުންތެރިން ބިނާ ކުރީމަ އިންނަ އެޑްވާންޓޭޖް. ތަނަކުން ޕްލޭޔަރެއް ގެނެސްގެން ކުޅެގެން ނުނިކުންނަ ޖޯޝެއް މިގޮތަށް ނެރޭ ޕްލޭޔަރުންގެ ފަރާތުން ފެންނާނެ." އީގަލްސްގައި ތިބި ގިނަ ކުޅުންތެރިންނަށް ޖޫނިއާ ލެވެލްގައި ވެސް އިރުޝާދުދިން ސާންތީ ބުންޏެވެ.

ރޭގެ މެޗުގައި އީގަލްސްގެ ރިޒޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސާންތީ ބުނީ މި މެޗަކީ އޭނާ އަށް ވެސް ކޯޗިން ކެރިއަރުގައި ލިބުނު ފިލާވަޅެއް ކަމަށާއި، ކުލަބުގެ ޖޯޝު ހުރި ކުޅުންތެރިންގެ ފަރާތުން މެޗުތަކުގެ ނަތީޖާ އަނބުރާލުމުގައި ތަފާތު ހިތްވަރެއް ފެންނަ ކަމަށެވެ.

ސަސް އިން ފުރަތަމަ ހާފުގައި ނެގި ލީޑާ ގުޅޭގޮތުން ސާންތީ ބުނީ ކުޅުންތެރިންނަށް މާ ބޮޑަށް މެޗުގެ ކުރީކޮޅު ފަސޭހަކޮށްލެވުނީ ކަމަށާއި، ގިނަ ދުވަސްތަކެއްވަންދެން މެޗެއް ނުކުޅެ ތިބުމުން އެކަހަލަ ކަމެއްވުން އެކަށީގެންވާ ކަމަށެވެ.

މެޗުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ މި މެޗުގައިވެސް ކުޅެވޭނެކަމާ ކުރިން ސުވާލު އުފެދިފައި އޮތް އީގަލްސްގެ ރިޒޭ އެވެ. އޭނާ ކުޅުނު 40 މިނެޓުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ރިޒޭ ވަނީ އީގަލްސް ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ.

މެޗުގައި ރިޒޭއަށް ފުރުސަތުދޭން ނިންމީ ކީއްވެތޯ އެހުމުން އޭނާ ބުނީ މިކަހަލަ މުހިންމު މެޗެއްގައި ރިޒޭ އަރުވަން ބޭނުންވާތީ ރިޒޭގެ ރިހެބްގެ ކަންކަން ބަލަހައްޓަމުން އަންނަ މުއީނާއާ ވާހަކަދައްކާ ރިޒޭގެ ހާލަތު ބެލީ ކަމަށާއި، މެޗުގައި ރިޒޭ އެރުވީ މުއީނާގެ އިރުޝާދާ އެއްގޮތަށް ކަމުގަ އެވެ.

"އިއްޔެގެ ޕްރެކްޓިސް ނިންމާފަވެސް ރިޒޭއާ މެދު ގޮތެއް ނުނިންމަން. މެޗުގެ ކުރިން ރިޒޭގެ ރިހެބްގެ ކަންކަން ބަލަހައްޓަމުން އަންނަ މުއީނާއާ މަޝްވަރާކޮށްފައި ގޮތެއް ނިންމީ. މުއީނާ ވެސް އޯކޭ ދިނީ ފުލްކޮށް ނުކުޅެ ރިޒޭ މެޗުގައި ބޭނުން ކުރެވޭނެ ކަމަށް." ސާންތީ ބުންޏެވެ.

ފަހުކޮޅު ޓީމް ފެނުނީ ވަރުބަލިކޮށް، މިހާލަތާ ކުރިމަތިލާން ޖެހޭނެކަން އިނގޭ: ކޯޗު އިންމަ

އީގަލްސް އަތުން ސަސް ބަލިވީ މެޗުގެ ފަހު 33 މިނެޓުގައި އީގަލްސް އިން ޖެހި ހަތަރު ގޯލުންނެވެ. ދެ ވަނަ ހާފުގެ ފަހުކޮޅު މެޗުގެ ނަތީޖާ އެނބުރުމާ ގުޅޭގޮތުން ސަސްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ފަހު ވަގުތު މިކަހަލަ ނަތީޖާއެއް އަތުވެދާނެ ކަމަށް ބެލެވުނު ކަމަށާއި މިގޮތަށް ހާލަތު އައިސްދާނެކަން އެނގޭ ކަމަށެވެ.

ރޭގެ މެޗަށް ފަހު ސަސްގެ ކޯޗު އިންމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭނާ ބުނީ ސީޒަނަށް ތައްޔާރުވާން އެކަށީގެންވާ ވަރަށް ޕްރެކްޓިސް ނުކުރެވުމުގެ ސަބަބުން މެޗުގެ ފަހުކޮޅު ކުޅުންތެރިން ފެނުނީ މާ ބޮޑަށް ވަރުބަލިކޮށް ކަމަށެވެ. ވަރުބަލިވުމުގެ ސަބަބުން ކޮންސެންޓްރޭޝަން ގެއްލި ކުޅެން ބޭނުންވި ގޭމް ފަހު ވަގުތު ނުކުޅެވުނީ ކަމަށް އިންމަ ބުނެފައިވެ އެވެ.

"މިއަދުގެ މެޗުގައި މިހާލަތު ފަހު ހާފުގައި ފޭސްކުރާނެކަން އިނގޭ ކުރިންވެސް. ދެ ލަނޑު ޖަހާފައި އޮއްވާ ވިޔަސް މި ސިޓުއޭޝަން އަންނާނެކަން އިނގޭ ހަމަ. ފަހު ހާފުގެ ޓަޔަޑްނަސްއާ އެކު ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ހަމަ ގެއްލުނު ވަރަށް ބޮޑަށް،" އިންމަ ބުންޏެވެ.

އިންމަ ބުނީ މެޗުން ބަލިވި ނަމަވެސް ޓީމުން ގިނަ ކަންކަން ރަނގަޅަށް ކުރިކަމަށާއި އެއީ ކުރިއަށް ހުރި މެޗުތަކަށް ނިކުންނައިރު ލިބޭނެ ހިތްވަރެއް ކަމަށެވެ. އެ ގޮތުން ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ރަނގަޅު ޗާންސްތަކެއް ޓީމުން ހޯދި ކަމަށާއި، ބަލިވެފައި އޮތް ވަގުތުވެސް ކުޅުންތެރިން ރަނގަޅަށް މަސައްކަތްކުރި ކަމަށެވެ.

ސެމީ ފައިނަލުގެ ފުރުސަތު ސަސް އަށް ފަހިކޮށް އޮތް ނަމަވެސް އީގަލްސް އަތުން ވެލެންސިއާ މޮޅުވެއްޖެ ނަމަ ސްކޯ އަށް ބަލައި ސަސް އަށް ސެމީ އިން ޖާގަ ގެއްލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އިންމަ ބުނީ އެ ޓީމުން އީގަލްސް އާއި ވެލެންސިއާ މެޗާ މެދު ނުވިސްނާ ކަމަށާއި ކޮންމެ ގޮތަކަށް ވެސް ނަތީޖާ ނުކުމެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސަސް އިން ވަނީ ވެލެންސިއާ އަތުން 5-0 އިން މޮޅުވެފަ އެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު ފައިދާ 3 ގޯލާ އެކު ސަސް އޮތީ ގްރޫޕްގެ އެއް ވަނައިގައި އެވެ. އެއް މެޗު މަދުން ކުޅެ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު އީގަލްސް އޮތީ ތާވަލްގެ ދެ ވަނައިގަ އެވެ. ފުލުގައި އޮތް ވެލެންސިއާ އަށް ސެމީގެ ފުރުސަތު އޮތީ ފަހު މެޗުގައި ހަތަރު ގޯލަށް ވުރެ ބޮޑު ތަފާތަކުން އީގަލްސް ބަލިކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox