ނިޒާމްބެ ބުނަނީ ބުރު އަށް މާޒިޔާ "ބަލިކުރެވިދާނެ" ކަމަށް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބުރުގެ ކޯޗު ނިޒާމްބެ ވާހަކަ ދައްކަނީ.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބުރުގެ ކޯޗު ނިޒާމްބެ ވާހަކަ ދައްކަނީ.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ޕްރެޒިޑެންސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނަ މެޗުން މޮޅުވެވޭނީ ހިތްވަރާއި ވިސްނުންތެރިކަމާ އެކު ކުޅެގެން ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގައި ބުރުން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ އަތުން 1-0 އިން ބަލިވެފައިވުމާ އެކު އެ ޓީމަށް ސެމީ ފައިނަލުން ފުރުސަތު ލިބެން އޮތީ މާޒިޔާ ބަލިކޮށްގެންނެވެ. ކޮންމެ ނަތީޖާއަކުން މާޒިޔާ ބަލިކުރި ނަމަވެސް ބުރަށް ސެމީގެ ޖާގަ ލިބޭނެ އެވެ. ސަބަބަކީ ޓީސީ މާޒިޔާ އަތުން 2-0 އިން ބަލިވެފައިވުމެވެ.

މާޒިޔާ މެޗާ ގުޅޭގޮތުން ބުރުގެ ކޯޗު ނިޒާމްބެ ބުނީ މި މެޗަކީ މުބާރާތުގައި ކުރިއަށްދާން ލިބޭ ފަހު ފުރުސަތު ކަމަށާއި ޓީމުން މި ފުރުސަތުގެ ބޭނުން ހިފަން ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން ނިޒާމްބެ ބުނީ މާޒިޔާއަކީ މި މެޗަށް ނިކުންނައިރު "ފޭވަރިޓުން" ކަމަށާއި އެ ޓީމުގައި ރަނގަޅަށް ހުރި ކަންކަމާއި ބަލިފައިތަކަށް ބަލައި އެކަން ކަމަށް ބުރުން ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

ނިޒާމްބެ ބުނީ މި މެޗަކީ ބުރު ަށް ޕްރެޝަރު މެޗެއްގެ ގޮތުގައި ވިސްނައިގެން ތައްޔާރުވާނަމަ މެޗުގައި އިތުރަށް އެ ޕްރެޝަރު ފެންނާނެ ކަމަށެވެ.

"އިދިކޮޅު ޓީމްގައި ހުރި ސްޓްރެންތާ ވީކްނަސްއަށް ބަލާފައި، އެކަންކަމަށް ބުރުން ތައްޔާރުވާނެ. މުބާރާތުގެ ފުރަތަމަ މެޗުން މިއޮތީ ބަލިވެފައި. މިއީ މުބާރާތުގައި ކުރިއަށްދާން ލިބޭ ފަހު ފުރުސަތު. އެހެންވީމަ މި ފުރުސަތުގެ ބޭނުން ހިފަން މަސައްކަތްކުރާނީ." ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ނިޒާމްބެ ބުންޏެވެ.

"ޕްރެޝާ މެޗުގެ ކުރިން ނަގައިފިއްޔާމުން މެޗުގައި އެ ޕްރެޝަރު ހީވަނީ ތަންކޮޅެއް ބޮޑުވާނެހެން. އެހެންވީމަ ޕްރެޝަރަށްވުރެ ބޮޑަށް ވިސްނުންތެރިކަމާ އެކު ޓީމް މަސައްކަތްކުރަން ޖެހޭ މެޗެއްގެ ގޮތުގައި ގަބޫލުކުރަނީ."

ނިޒާމްބެ ބުނީ ސީޒަނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ބުރަށް ނުލިބޭ ކަމަށާއި މަޑު މަޑުން ޓީމްގެ ތަފާތު ފެންނާނެ ކަމަށެވެ. އެންމެ ރަނގަޅަށް ޓީމު ޓްރެއިންކޮށް އެކަށީގެންވާ ގޮތެއްގައި ޓީމަށް ރަނގަޅު ފެންވަރުގައި ކުޅެވޭނެކަމަށް ލަފާކުރެވެނީ ޕްރެޒިޑެންޓްސް ކަޕް އަށް ފަހު ފަށާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބްރޭކަށް ފަހު ކަމަށެވެ.

މި ވަގުތު ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ބިދޭސީ ކުޅުންތެރިން ތިބީ މާޒިޔާ އާއި ކުލަބު އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބްގަ އެވެ. މިއީ، އެ ޓީމްތަކަށް އޮތް އެޑްވާންޓޭޖެއް ތޯ އެހުމުން ނިޒާމްބެ ބުނީ ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު އެހާ ތަފާތު ބޮޑު ކުޅުންތެރިން ފަހަކަށް އައިސް ފެނުނީ ވަރަށް މަދުން ކަމަށާއި، މާޒިޔާގައި މި ވަގުތު ތިބި ކުޅުންތެރިންގެ ފެންވަރު އަދި އެހާ ބޮޑަށް އަންދާޒާ ކޮށްލަން އުނދަގޫ ކަމަށެވެ.

"ފަހުގެ ތާރީހެއްގައި އަދި ހަމަ ގައިމުވެސް މިދިޔަ 12 ވަރަކަށް ސީޒަނަށް ބަލާއިރު ތަފާތު ޕްލޭޔަރެއް ފެނުނީ މިދިޔަ ސީޒަންގައި ދެ ކުޅުންތެރިން. އެއީ މާޒިޔާއިންނާއި ވެލެންސީޔާއިން. އެނޫނިއްޔާ ނެތް އެހާ ބޮޑު ތަފާތެއް ދެއްކި ފޮރިން ޕްލޭޔަރުންނެއް. ފަހުން އައި ޕްލޭޔަރުންނަށް އަދި އެހާ މެޗެއް ނުލިބޭ. ކުރިން އައި ކުޅުންތެރިޔާގެ ފަރާތުން އަދި އެހާ ތަފާތު ކަންތައްތަކެއް އަދި ނުފެނޭ. އެހެންނަމަވެސް ފޮރިން ޕްލޭޔަރުންނަކީ ދެ ޓީމްގެ ތަފާތެއް ކަމަށް ބަލަންޖެހޭ." ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން ބުރުގެ ފުރަތަމަ ޑިވިޝަންގެ ފެށުން ރަނގަޅު ކުރުމަށް މި މެޗަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

މާޒިޔާ އަކީ މެޗުގެ ފޭވަރިޓުންނަށްވިޔަސް ހިތްވަރާއިއެކު ކުޅެ ނަތީޖާ ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ މިހާތަނަށް ރާއްޖޭގައި ބޮޑެތި ޓީމްތަކުން ވަރުގަދަ ސްކޮޑުތަކާ އެކު ނިކުމެ ބައެއް މެޗުތަކުގައި އަޅައިކިޔުމަކަށް ބަލާއިރު، ކުޑަކޮށް އާދައިގެ ކުޅުންތެރިން ތިބި ޓީމްތައް އަތުން ބަލިވެފަ ވުމެވެ.

ބުރާއި މާޒިޔާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox