ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައި އީގަލްސް އިން ސަސް ބަލިކޮށް ސެމީއާ ގާތަށް

Apr 19, 2023, 7:39 PM
ލަނޑު ޖެހުމަށް ފަހު އީގަލްސްގެ އިންމަ (ކ) އާއި ސަމިއްޓެ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު އީގަލްސްގެ އިންމަ (ކ) އާއި ސަމިއްޓެ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ހާފުގައި ފަހަތުން އަރައި ހަތަރު ގޯލު ޖަހައި ކުލަބު އީގަލްސް 4-2 އިން ސަސް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

އީގަލްސް ޕްރެޒިޑެންސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދިއިރު މި ގްރޫޕުން ސެމީގެ ޖާގަ ލިބޭނެ ޓީމް ޔަގީންވާނީ ފަހު މެޗުގައި އީގަލްސް އާއި ވެލެންސިއާ މި މަހު 24 ވަނަ ދުވަހު ވާދަކުރާ މެޗުންނެވެ.

މި ގްރޫޕްގައި ސަސް ކުޅުނު ފުރަތަމަ މެޗުގައި 5-0 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފަހު މެޗުގައި ވެލެންސިއާ އަށް އީގަލްސް ބޮޑު ތަފާތަކުން ބަލިކޮށްގެން ނޫން ގޮތަކަށް ސެމީ ފައިނަލްގެ ފުރުސަތެއް ނުލިބޭނެ އެވެ. އެ މެޗު ބަލަން ސަސް އިން ތިބޭއިރު، ސެމީގެ އިތުބާރު އެ ޓީމަށް ބޮޑެެވެ.

މިރޭގެ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ ސަސް އިން ގޯލު ޖަހައި ލީޑު ނެގި އެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ގޯލު ޖަަހައިދިނީ އަލީ އަޝްފާގު (ދަނގަޑޭ) އެވެ. މިއީ އަރިމަތިން ލިބުނު ބޯޅައެއްގައި އައިހަމް އަހުމަދު (އައިހު) ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި ހުސްކޮށްހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދަގަނޑޭ ޖެހި ގޯލެކެވެ.

އީގަލްސް އިން އެ ޓީމުގެ ފުރަތަމަ ހަމަލާ ފޮނުވާލި މެޗުގެ 25 ވަނަ މިނެޓުގަ އެވެ. ލިބުނު ކޯނަރަކުން އުގްލީ ކުރުބޮންބޮއޭވް ނަގައިދިން ކޯނަރުން ދުރު ކަނުގައި ހުރެފައި ބިދޭސީ ފޯވާޑް ފްރެންކާ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

އީގަލްސްގެ އިބްރާހިމް މަހުދީ (ވ) ކައިރިން ބޯޅަ ހޯދަން ސަސްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭގެ މިނެޓެއް ފަހުން ސަސް އިން ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ފުޅާކުރި އެވެ. މިއީ ޑިފެންސް ލައިނުން ކުރިއަށް ކުޅުނު ބޯޅައެއް ހޯދަން ދަގަނޑޭ މަސައްކަތް ކުރަނިކޮށް ކީޕަރު މުހައްމަދު ޝަފީއު (ޗެކު) ކުރިއަށް ނިކުމެ ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ އެވެ. މި ފައުލްގައި ލިބުނު އަނިޔާގެ ސަބަބުން ސަސްގެ ކެޕްޓަން ދަގަނޑޭ ވަނީ ބަދަލުކޮށްފަ އެވެ. ސަސް އަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އައިހު އެވެ.

އީގަލްސް އަށް ފުރަތަމަ ހާފުގައި ގޯލެއް ޖެހުމަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒައިން ޒަފަރު އަށެވެ. އަރިމަތިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނަގައިދިން ހުރަސް ކީޕަރު ޔޫސުފް މީސަމް ދިފާއުކުރަން އުޅެނިކޮށް އެ ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި ޒައިން އަށެވެ. މީސަމް ވެއްޓިފައި އޮއްވާ ޒައިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ފުރުސަތު ހޯދީ އީގަލްސް އިންނެވެ. އަރިމަތިން ފޭދޫ އިއްބެ ނަގައިދިން ހުރަހުން ފްރަންކާ ބޮލުން ފޮނުވާލި ހަމަލާ ކީޕަރު މީސަމް ދިފާއުކުރި އެވެ.

ދެން ފެނުނީ ސަސް އިން ކުރިއަށް ޖެހިލައިގެން ކުޅެ ފުލުފުލުގައި ދެ ހަމަލާ ފޮނުވާލި ތަނެވެ. ދެ ފުރުސަތުވެސް ލިބުނީ މުހައްމަދު ޝަހާއު (ބޭލް) އަށެވެ. އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލުގެ އަރިމަތީ ކަނަށް ވަންނަން ދަނިކޮށް ސޭވް ކުރީ ކީޕަރު ޝަފީއު އެވެ. އޭގެ ފަހުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.

އީގަލްސް އިން މެޗުގެ ނަތީޖާ އަނބުރާލީ އަށް މިނެޓުގެ ތެރޭގަ އެވެ. ފުރަތަމަ ގޯލު މެޗުގެ 67 ވަނަ މިނެޓުގަ އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ބޯޅަ އަކުން ޖަހައިދިނީ އިވާން އެވެ. އޭނާ ބޮލުން ފޮނުވާލި އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި ގޯލަށް ފަހު ދެން ފެނުނީ ފުލުފުލުގައި އީގަލްސްގެ ރިޒޭ ގާތް ގާތުގައި ނުރައްކާތެރި ދެ ހަމަލާ ފޮނުވާލި ތަނެވެ. ލިބުނު ހިލޭ ޖެހުމަކުން ރިޒޭ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ކީޕަރު މީސަމް ދިފާއުކުރިއިރު، ސަސްގެ އޭރިއާ މެދަކާ ހިސާބުން ރިޒޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

އީގަލްސް އިން ނަތީޖާ ހަމަހަމަ ކުރީ 72 ވަނަ މިނެޓުގަ އެވެ. އިވާން އާއި އިބްރާހިމް މުބީން (މުއްކި)ގެ ހިތްގައިމު ޕާސްތަކަކުން ތަނަވަސްކުރި ފުރުސަތުގައި ލިބުނު ބޯޅަ ގޯލަށް ވައްދާލީ ފޭދޫ އިއްބެ އެވެ.

ގޯލު ޖެހުމަށް ފަހު އީގަލްސްގެ ފޭދޫ އިއްބެ (ކ) އާއި އިންމަ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފަހަތުން އަރާ އީގަލްސް އިން ލީޑު ނެގީ އޭގެ ތިން މިނެޓް ފަހުންނެވެ. ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް އައި ބޯޅަ އަބްދުﷲ ހަނީފް (ބެންޖޯ) ބޮލުން ޖައްސާލުމުން ލިބުނީ ދެ ވަނަ ހާފުގައި ކުޅެން ނުކުތް އިމްރާން ނަޝީދު (އިންމަ )އަށެވެ. އޭނާ ވަނީ މަޑު މަޑުން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސަސް އިން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް ލިބުނު ބޯޅައާ އެކު ގޮސް އޭރިއާ ކަނާ ދިމާލުގައި ހުރެފައި ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

އީގަލްސްގެ ފަހު ލަނޑު އެޓީމުން ޖެހީ މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ރިޒޭ އެވެ. މިއީ ރިޒޭ ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް މީސަމް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ފައުލަށް ރެފްރީ ވަނީ މީސަމް އަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މީސަމް އަށް ރަތްކާޑު ދެއްކުމުން އެ ޓީމްގެ ގޯލަށް އެރީ މިޑްފިލްޑަރަކަށް ކުޅުނު އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

ޕްރެޒިޑެންސް ކަޕްގައި މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކުލަބެވެ. މާޒިޔާ ވަނީ އެ ގްރޫޕް ފުރަތަމަ މެޗުގައި ޓީސީ ބަލިކޮށްފަ އެވެ. ޓީސީން ވަނީ ދެ ވަނަ މެޗުގައި ބުރުގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox