ފީފާގެ އެންގުމާ އެއްގޮތަށް އެފްއޭއެމުން ރެނޭ އާއި ކޫޕްމަން މައްސަލައިގައި 6.6 މިލިއަން ރުފިޔާ ދައްކައިފި

ގައުމީ ޓީމުގެ ކޯޗުންގެ ގޮތުގައި ރެެނޭ އާއި ކޫޕްމަން ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ ކޯޗުންގެ ގޮތުގައި ރެެނޭ އާއި ކޫޕްމަން ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

ފީފާ ޓްރިބިއުނަލް އިން މައްސަލަ ބަލައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެންގި އެންގުމާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ޓީމުގައި މަސައްކަތް ކުރި ނެދަލެންޑްސްގެ ދެ ކޯޗުން ކަމަށްވާ މާޓިން ކޫޕްމަން އާއި ރެނޭ ހިޑިންކް އަށް ދޭން ޖެހޭ ފައިސާގެ މައްސަލައިގައި، އެފްއޭއެމުން ޖުމްލަ އެކު 6.6 މިލިއަން ރުފިޔާ (430،719 ޑޮލަރު) ދީފި އެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި އެސިސްޓަންޓަކަށް ރެނޭ ހަމަޖެއްސީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އޭގެ އެއް އަހަރު ފަހުން، 2021 ވަނަ އަހަރު އިތުރު ތިން އަހަރަށް ރެނޭ އާއި ކޫޕްމަންގެ ކޮންޓްރެކްޓް އާ ކުރި އެވެ.

އެކަމަކު، އެ ކޮންޓްރެކްޓާ އެއް ގޮތަށް ކުރިއަށް ނުގޮސް، އަހަރެއް ވެސް ނުވަނިސް ރެނޭ އާއި ކޫޕްމަން މަގާމުން ވަކިކުރަން އެފްއޭއެމުން ނިންމީ އެވެ. ހިތްހަމަނުޖެހުން ފާޅުކޮށް ރެނޭ އާއި ކޫޕްމަން ވަނީ މައްސަލަ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އަށް ގެންގޮސްފަ އެވެ.

އެ ގޮތުން، މައްސަލަ ހިފައިގެން، ނުލިބި ހުރި މުސާރަ އާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން، ރެނޭ އާއި ކޫޕްމަން ފީފާ އަށް ދިއުމުން އެ މައްސަލަ ބަލައި، ފީފާ ޓްރިބިއުނަލް އިން ނިންމީ އެ ފައިސާ އެފްއޭއެމުން ދޭން ޖެހޭނެ ކަމަށެވެ.

ލިބިފައިވާ ތަފްސީލަށް ބަލާއިރު، ކޫޕްމަން އަށް މުސާރަ އާއި އެހެނިހެން ކަންކަމަށް 210،000 ޑޮލަރު އާއި ޖޫރިމަނާގެ ގޮތުގައި ވަނީ 16،672 ޑޮލަރު ދީފަ އެވެ. ކޫޕްމަން މައްސަލައިގައި އެފްއޭއެމުން ޖުމްލަ އެކު، 226،672 ޑޮލަރު (3.4 މިލިއަން ރުފިޔާ) ދައްކާފައިވެ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ގެނައި، މަޝްހޫރު ކޯޗު، ގޫސް ހިޑިންކްގެ ކޮއްކޮ، ރެނޭ، ވަނީ ފަހުން 23 އަހަރުން ދަށުގެ ޓީމުގައި މަސައްކަތްކޮށްފަ އެވެ. އޭނާ އަށް މުސާރަ އާއި އެހެނިހެން ފައިސާގެ ގޮތުގައި 187،375 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 16،672 ޑޮލަރު ދައްކައިފަ އެވެ. މިއީ ޖުމްލަ އެކު ބަލާއިރު، 204،047 ޑޮލަރު (3.2 މިލިއަން ރުފިޔާ) އެވެ.

ރެނޭ އާއި ކޫޕްމަންގެ މި މައްސަލައިގައި ޖުމްލަ އެކު، އެފްއޭއެމުން މި ވަނީ 430،719 ޑޮލަރު (6.6 މިލިއަން ރުފިޔާ) ދައްކައިފަ އެވެ. މި ފައިސާ ދައްކާފައިވާކަން އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް އެނގިފައިވެ އެވެ.

މާލީ ގޮތުން ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން މި ވަގުތު އޮތްއިރު، ގިނަ އުނދަގޫ ނިންމުންތަކެއް އެ އެސޯސިއޭޝަނުން އަންނަނީ ނިންމަމުންނެވެ. ހާއްސަ ގޮތެއްގައި ގައުމީ ޓީމަށް ކޯޗުކޮށްދިން ފަރާތްތަކަށް ނުދީ ހުރި މުސާރަ މައްސަލައިގައި ފީފާ އިން އަންގާ ގޮތަށް ބޮޑު އަދަދުތަކުން ފައިސާ ދައްކަން ޖެހުން ހިމެނެ އެވެ.

އެ ގޮތުން، ގައުމީ އަންހެން ޓީމުގެ ކޯޗަކަށް މިދިޔަ އަހަރު ހުރި ސާބިއާގެ ޑޭވޯ ބާބާ އަށް އެފްއޭއެމުން ވަނީ ފީފާ އިން އެ މައްސަލަ ބެލުމަށް ފަހު އެންގި ގޮތަށް 39،919.34 ޑޮލަރު (615،556 ރުފިޔާ) ދައްކައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox