ހާލުގައި އޮތް ޗެލްސީ ކަޓުވާލައި ރެއާލް ޗެމްޕިއަންސް ލީގުގެ ސެމީ އަށް

Apr 19, 2023, 12:50 AM
ލަނޑު ޖެހުމަށް ފަހު ރެއާލްގެ ރޮޑްރީގޯ (ކ) އާއި ކާވަހާލް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ރެއާލްގެ ރޮޑްރީގޯ (ކ) އާއި ކާވަހާލް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ވެސް ޗެލްސީ 2-0 އިން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އެގްރިގޭޓަށް ބަލާއިރު، ޗެލްސީގެ މައްޗަށް ރެއާލުން މި ވަނީ 4-0 އިން ކުރިހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުން ކެޓުމުން، އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައިގައި އޮތް ޗެލްސީ އަށް ތަށްޓަކަށް ވާދަކުރަން ލިބުނު ފަހު ފުރުސަތު މި ސީޒަނަށް މި ނިމުނީ އެވެ.

ސާދަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ރެއާލުން މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނީ ބަޔާން މިއުނިކް ނޫނީ މެންޗެސްޓާ ސިޓީއާ އެވެ.

ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލުން ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް ގޯލު ޖަހަން ފުރުސަތުތަކެއް ލިބިގެންދިޔައިރު، އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެންގޯލޯ ކާންޓޭ އާއި ކޮނާ ގަލަގާ އަށެވެ. ގަލަގާ އާއި ކާންޓޭ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސިދާނުވެ އެވެ. މި މެޗުގައި ޗެލްސީގެ މާކް ކުކުރޭއާ އަށް ލިބުނު ހުސް ފުރުސަތުން ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ރެއާލްގެ ދެ ގޯލު ވެސް ޖެހީ ބްރެޒިލްގެ ވިންގް، ރޮޑްރީގޯ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ރޮޑްރީގޯ ފުރަތަމަ ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުންނެވެ. މެޗުގެ 80 ވަނަ މިނިޓްގައި ރޮޑްރީގޯ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ފެޑެރީކޯ ވަލްވޭޑޭ އެވެ.

މި ނަތީޖާއާ އެކު، ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. މި ސީޒަނުގައި ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ޗެލްސީން ދެ ކޯޗަކު މަގާމުން ވަކިކޮށްފައިވާއިރު، އެ ޓީމުގެ ހާލަތަށް އަދިވެސް ދެމެހެއްޓެނިވި ހައްލެއް ލިބޭނެ ކަމުގެ ނިޝާނެއް މެޗުތަކުގެ ނަތީޖާތަކުން އަދި ނުފެނެ އެވެ.

މެޗަށް ފަހު ލަމްޕާޑް ބުނީ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް ރެއާލް ކަހަލަ ޓީމަކާ ދެކޮޅަށް ޗެލްސީން މެޗުގެ ބޮޑުބައިގައި ދެއްކި ހިތްވަރަށް ތައުރީފުކުރާ ކަމަށެވެ. އަދި ބޭނުންވަނީ މި މެޗުގައި އެ ފެނުނު ރޫހު ޗެލްސީން ލީގުގައި ކުރިއަށް ހުރި މެޗުތަކުގައި ދެއްކުން ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ މަސައްކަތް ކުރަމުން އަންނަނީ ޗެމްޕިއަންސް ލީގުގެ ތަށި ފަސް ވަަނަ ފަހަރަށް ހޯދުމަށެެވެ.

ރޭގެ މެޗާ ބެހޭގޮތުން އަންޗެލޮޓީ ބުނީ ޗެލްސީން ފަށައިގެން ކުރިއަށް ޖެހި، ރެއާލަށް ޕްރެޝަރު ބޮޑުކުރެވޭތޯ މަސައްކަތް ކުރާނެކަން އެނގޭ ކަމަށާއި އެ ވަގުތުތަކުން އަރައިގަނެ، ރެއާލުން މި މެޗުގައި ނަތީޖާ ނެރުމުގައި ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ހިފި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox