"ގާސިމް ބުދެއްގެ ގޮތުގައި ބަހައްޓައިގެން ނަޝީދު ބޭނުންވަނީ ބޮޑުވަޒީރުކަން"

ދާދިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ގާސިމާއި ނަޝީދު. -ފޮޓޯ: ޖޭޕީ

ދާދިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ގާސިމާއި ނަޝީދު. -ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިހާބަށް ނުކުންނަވާއިރު، އެމަނިކުފާނުގެ ފަހަތުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އަމިއްލަ ބޭނުމެއް ހާސިލުކުރަން ކަމަށް ޖޭޕީން ދާދިފަހުން އިސްތިއުފާ ދެއްވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ އެކު، ޖޭޕީގެ އެއް ފައުންޑިން މެމްބަރުގެ ގޮތުގައި ހުންނެވި ސަމީރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފަ އެވެ.

ރިޔާސީ ރޭހަށް ގާސިމް ނުކުންނަވަން އެންމެ ބޮޑަށް ބާރު އަޅައި، އެމަނިކުފާނާއެކު ކޯލިޝަން ހަދަން އެންމެ އިސް ސަފުގައި ހުންނެވީ ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ނަޝީދު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހައްދަވައިގެންނެވެ. އެމަނިކުފާނު ލީޑު ކުރައްވާ ފެކްޝަނުން ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ނިންމާފައި ވަނީ ޖޭޕީއާ އެކު އެވެ.

މި ރޯދަ މަހަށް ހާއްސަކޮށްގެން "އަދަދު" އިން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމްގެ ރޭގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ސަމީރު ވަނީ 2008 ގައި ގާސިމްގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެން، ނަޝީދު އަމަލުކުރެއްވި ގޮތުގެ މާޒީ އާ ކުރައްވައިފަ އެވެ.

އެގޮތުން، ނަޝީދު ވެރިކަމަށް ވަޑައިގެންނެވިތާ އެންމެ 23 ދުވަހުގެ ތެރޭގައި ކޯލިޝަން ރޫޅައިލިކަން ސަމީރު ފާހަގަކުރެއްވި އެވެ. އަދި, ގާސިމަކީ ވަރަށް ވިސްނުންތޫނު ބޭފުޅެއް ކަމަށާއި، އެ ހުރިހާ ކަންކަމެއް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތެލާއި ފެނާ ދުވަހަކުވެސް އެކުވާނެ؟ އަޅުގަނޑު ދަންނަ ގާސިމް އިބްރާހިމެއް ރައީސް ނަޝީދު ފަހަތަކަށް ނާރާނެ،" ސަމީރު ވިދާޅުވި އެވެ.

ގާސިމާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާގެ ތެރެއަށް ނަޝީދު ހުށަހެޅުއްވި "ޝަރުތު" ކަރުދާހެއް "އަދަދު"އިން މިދިޔަ ހަފްތާގައި ވަނީ ފަޅާއަރުވާލައިފަ އެވެ.

ނަޝީދުގެ ހުށަހެޅުއްވުންތަކުގެ ތެރޭގައި، ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ފަހުން އެ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓު ހުވާ ކުރުމާ ދެމެދު އޮންނަ މުއްދަތުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގައި, ނިޒާމު ބަދަލުކުރަން ފާސްވެއްޖެނަމަ, 2024 ގެ މަޖިލިސް އިންތިހާބު އެ ބަދަލުތަކާ އެކު ބޭއްވުން ހިމެނެ އެވެ.

"މިއުޅެނީ ކޮން ކަމެއް ކުރަންތޯ؟ ގާސިމް ބުދެއް ގޮތެއް ބަހައްޓައިގެން އެހެން މީހަކު ބޮޑުވަޒީރުކަމަށް އަންނަން،" ސަމީރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ޖޭޕީ ވެސް ހިމެނޭ ކޯލިޝަން ރޫޅާނުލައި، ގައުމަށް ހަމަޖެހުން ގެނުވައި، ހުދު ގާސިމަށް ވެސް ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ ފުރުސަތު ދެއްވި ވެރިއަކާއެކު ހުންނެވުމަކީ، ސަމީރު ވިދާޅުވި ގޮތުގައި ގާސިމް އަބަދުވެސް ގެންގުޅުއްވި އުސޫލު ކަމަށެވެ.

އެ އުސޫލާ ހިލާފަށް، އިންތިހާބުގައި ރައީސް ސޯލިހާ ދެކޮޅަށް ގާސިމް ނުކުންނަވަން ނިންމެވީ، ޕާޓީގެ ތެރޭގައި އަމިއްލަ އެދުމެއްގައި މަސައްކަތްކުރާ ބައެއްގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި, މިހާރުގެ ސިޔާސީ ހާލަތަށް ބަލާއިރު، ގާސިމް ވެރިކަމަށް އައުމަށް ރައްޔިތުން ފުރުސަތު ދީފާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"އަޅުގަނޑު [ޖޭޕީގެ އިސް ބޭފުޅުންނާ] ވަރަށް ސުވާލުކޮށްފިން. ހަމަ އަހާއިރަށް ބުނާނެ މިއީ އެ ފަހަރޭ. އެކަމަކު ކޮންމެވެސް ފޯމިއުލާއެއް އޮންނަންވާނެތާ. ވެރިކަމަށް އައުމުގެ ފޯމިއުލާއެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލުނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox