އަނެއްކާ ވެސް ބާސެލޯނާ އަށް ޕޮއިންޓް ގެއްލި ޒަވީ އަށް ދަނޑު ގޯސްވެއްޖެ

Apr 17, 2023, 12:57 AM
ގެޓަފޭ މެޗުގެ ތެރެއިން ބާސެލޯނާގެ ކޯޗު ޒަވީ: ގެޓަފޭ ދަނޑުގެ ވިނަގަނޑަށް މެޗުގެ ކުރިން ފެންޖަހާފައިނުވާތީ ދަނޑު ހަރުވެފައި އޮތުމުން ކުޅެން އުނދަގޫވި ކަމަށް ޒަވީ ވަނީ ބުނެފައި.

ގެޓަފޭ މެޗުގެ ތެރެއިން ބާސެލޯނާގެ ކޯޗު ޒަވީ: ގެޓަފޭ ދަނޑުގެ ވިނަގަނޑަށް މެޗުގެ ކުރިން ފެންޖަހާފައިނުވާތީ ދަނޑު ހަރުވެފައި އޮތުމުން ކުޅެން އުނދަގޫވި ކަމަށް ޒަވީ ވަނީ ބުނެފައި.

މެޑްރިޑް (އޭޕްރީލް 17) - މީގެ ހަ ދުވަސް ކުރިން، ސްޕެނިޝް ލީގުގައި ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި ޖިރޯނާއާ އެއްވަރުވެފަ އެވެ. ލީގުގައި މި ހަފްތާގައި ގެޓަފޭ ދަނޑުގައި ރޭ ލަނޑެއް ނުޖެހި 0-0 ބާސެލޯނާ އެއްވަރުވިއިރު، މި މެޗު ކުޅުނު ދަނޑުގެ ވިނަގަނޑު އެންމެ ރަނގަޅު ހާލަތުގައި ނެތް ކަމަށް ބުނެ، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

"ޝަކުވާއެއް ކުރަނީކީއެއް ނޫން. އެކަމަކު، ދަނޑުގެ ވިނަގަނޑު އޮތީ ހަރުކޮށް، ބޭނުންވާ ސްޕީޑުގައި ޕާހެއް ނުޖެހޭ. އެކަމާ ހެދި ވަރަށް ގެއްލުން ލިބުނު. ދެން، އެއީ ހުރިހާ ގޯހަކަށް ނަަހަދައި އަހަރެމެންގެ ކުުޅުމުގައި ހުރި ގޯސް ކަންކަން ވެސް ރަނގަޅުކުރަން ޖެހޭ،" ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ދަނޑުގެ ގޯސް ވާހަކަދެއްްކުމުން އެ ކަމާ ވިއްދައި، ޒަވީ ވެސް ދަނޑުގެ ޝަކުވާތައް އޮއްސާލި އެވެ.

ލީގުގައި ޖެހިޖެހިގެން ދެ މެޗުގައި ބާސެލޯނާ އަށް ޕޮއިންޓް ގެއްލުނަސް އެ ޓީމު އެއް ވަނައިގައި އޮތީ ރަނގަޅު ލީޑަކާ އެކު އެވެ. އެއީ 11 ޕޮއިންޓުގެ ލީޑެކެވެ.

ބާސެލޯނާ އަށް 29 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 29 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. އެންޓޮއިން ގްރީޒްމަންގެ ދެ ގޯލާ އެކު، ރޭ އަލްމެރިއާ އަތުން 2-1 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތީ 29 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.

ގެޓަފޭ ކުޅުންތެރިއަކު ކައިރިން ބާސެލޯނާގެ ލެވަންޑޯސްކީ (ކ) ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގެޓަފޭ އިން ވެސް ހޯދި މި މެޗުގައި ބާސެލޯނާ އިން 25 ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން ބާސެލޯނާގެ ރަފީނިއާ ހުސްކޮށް ވަދެ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެ ޓީމުގެ ފުލްބެކް، ރަފީނިއާ ޖެހި ރީބައުންސް ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަަމަ ހާފުގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ބޮލުން ޖެހި ބޯޅަ ގެޓަފޭ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ އަތަށް ނަގައިފަ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި ބާސެލޯނާގެ ޖޯޑީ އަލްބާ ނެގި ހުރަހަކަށް އަރައި ލެވަންޑޯސްކީ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. މެޗުގެ 75 ވަނަ މިނިޓްގައި އޭރިއާބޭރުން ރަފީނިއާ ޖެހި ބޯޅަ ވެސް ކީޕަރު ސޮރިއާ ވަނީ ހުއްޓުވައިފަ އެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި، ކައުންޓަ އެޓޭކުގައި ގެޓަފޭ އަށް މޮޅުވާން ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އެ ގޮތުން، އޭރިއާތެރެއިން ގެޓަފޭގެ ބޯހާ މަޔޮރާލް ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox