ޖިރޯނާއާ އެއްވަރުވެ، ބާސެލޯނާ ބޭނުންގޮތެއް ނުވި

Apr 11, 2023, 12:28 AM
ޖިރޯނާގެ ހެނާންޑޭޒް (ވ) ކައިރިން ބޯޅަ ހިފައިގެން ބާސެލޯނާގެ ގަވީ ދަނީ.-- ފޮޓޯ: އޭއެފްޕީ

ޖިރޯނާގެ ހެނާންޑޭޒް (ވ) ކައިރިން ބޯޅަ ހިފައިގެން ބާސެލޯނާގެ ގަވީ ދަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޭޕްރީލް 11) - ސްޕެނިޝް ލީގުގެ ކުރީގައި ލީޑުފުޅާކުރަން ނުކުތް ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ޖިރޯނާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، މި ހަފްތާގައި ރެއާލް މެޑްރިޑް ކުޅުނު މެޗުން ބަލިވުމުގެ ފުރިހަމަ ފައިދާނަގަން ނުކުތް ބާސެލޯނާ އަށް އެކަން ހާސިލްނުވެ ފަރުޖައްސާލަން ޖެހިއްޖެ އެވެ.

ޖިރޯނާ އަތުން މޮޅުވެގެން، ލީގުގެ އެއް ވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތް ބާސެލޯނާ އަށް މޮޅެއްނުލިބި، މި ވަގުތު ލީގުގެ ކުރީގައި އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސެލޯނާ އަށް 28 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލްގެ އޮތީ 28 މެޗުން 59 ޕޮއިންޓެވެ.

ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި އެ ޓީމުގެ ރޮބަޓް ލެވަންޑޯސްކީ އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން، ޖިރޯނާ ޑިފެންޑަރެއް ފަހަތަށް ޖައްސާލި ބޯޅައެއް ގޯލަށް ވަނުމުގެ ކުރިން އެ ޓީމުގެ ގޯލްކީޕަރު، ޕައޮލޯ ގަޒަނީގާ ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

މެޗުގެ 35 ވަނަ މިނިޓްގައި ޖިރޯނާގެ ޑިފެންސް ފަހަތުން، އޭރިއާތެރެއިން ބާސެލޯނާގެ ރަފީނިއާ ޖެހި ޝޮޓާއި 36 ވަނަ މިނިޓްގައި ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ބާސެލޯނާގެ ރޮނާލްޑް އަރައުހޯ ބޮލުން ފޮނުވާލި ހަމަލާ ވެސް ކީޕަރު ގަޒަނީގާ ވަނީ ހުއްޓުވައިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ނުވަ މިނިޓް ތެރޭ ޖިރޯނާ އަށް ލީޑުނަގައިދޭން އެ ޓީމުގެ ފޯވާޑް، ޓާޓީ ކަސްޓެލާނޯސް އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ބާސެލޯނާ ޑިފެންސް ފަހަތަށް ކުޅުނު ރަނގަޅު ބޯޅައަކަށް މުޅިން ހުސްކޮށް އަރައި، ކަސްޓެލާނޯސް ފޮނުވާލި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ގަވީ ބޮލުން ފޮނުވާލި ބޯޅަ ވެސް ގޯލުގައި ހުރި ގަޒަނީގާ ވަނީ މަތަކޮށްފަ އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މެޗަށް ނުކުތީ މޮޅުވާން ޓާގެޓެއް ކަނޑައަޅައިގެން ކަމަށެވެ. އެހެން ނަމަވެސް އެކަން ހާސިލްނުވުމުން ވެސް މާޔޫސްނުވާ ސަބަބަކީ ސީޒަން ފެށިއިރު، މިހާ ހިސާބުގައި 13 ޕޮއިންޓުގެ ލީޑެއް ލިބޭނެ ކަމަށް ހީނުކުރާތީ އާއި މި ވަގުތު އެ ވަރުގެ ލީޑެއް ލިބިފައި އޮތުމުން ކަމަށް ޒަވީ ވަނީ ބުނެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox