ސޫދާން ހަމަނުޖެހުމުގައި އދ. ގެ މުވައްޒަފުންތަކެއް މަރުވުމުން ކަންބޮޑުވުން އުފެދިއްޖެ

ސޫދާންގައި މަރުވީ ވޯލްޑް ފުޑް ޕްރޮގްރާމްގެ ތިން މުވައްޒަފުން.

ސޫދާންގައި މަރުވީ ވޯލްޑް ފުޑް ޕްރޮގްރާމްގެ ތިން މުވައްޒަފުން.

ސޫދާންގެ ސިފައިންނާ ވަކިން ހަރަކާތްތެރިވާ އަސްކަރީ ފައުޖަކާ ދެމެދު ކުރަމުންދާ ހަމަލާ ބަދަލުކުރުންތަކުގައި އދ. ގެ މުވައްޒަފުންތަކެއް މަރުވުމުން ކަންބޮޑުވުން އުފެދިއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުތުރު ދާރްފޫރްގައި މަރުވީ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ތިން މުވައްޒަފުންނެވެ. އޭގެ އިތުރުން އާއްމުންގެ 56 މީހުން ވެސް މަރުވެފައިވެ އެވެ.

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ހަމަލާތައް ކުށްވެރި ކުރައްވައި ގޮވާލެއްވީ ވީ އެންމެ އަވަހަކަށް ހަމަޖެހުން ގެނެސް އިންސާފު ގާއިމްކުރުމަށެވެ.

ޑިޕްލޮމެޓިކް މަސްދަރުތަކުން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި ހޯމަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބާއްވައި ސޫދާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވެ އެވެ.

ސޫދާންގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސާޒް (އާރްއެސްއެފް) ގެ ހަމަނުޖެހުން ހުއްޓުވައި ސުލްހަ ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން މިސްރާއި ދެކުނު ސޫދާނުން ވަނީ ހުށަހަޅައިފަ އެވެ.

ހޮނިހިރު ދުވަހުން ފެށިގެން އާރްއެސްއެފް އާއި ސޫދާންގެ ސިފައިންނާ ދެމެދު ހަމަލާ ބަދަލުކުރަމުންދާ އިރު، އާރްއެސްއެފްއިން ބުނީ ފުރަތަމަ ހަމަލާ ދިނީ ސިފައިން ކަމަށެވެ.

އާރްއެސްއެފްއަކީ 100،000 އަށް ވުރެ ގިނަ ސިފައިން ހިމެނޭ ފައުޖެކެވެ. އެ ގްރޫޕްގެ ވެރިޔާއަކީ ކުރީގެ އަސްކަރީ ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ ނުވަތަ ހެމެދްތީ އެވެ.

އާރްއެސްއެފް އާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން ވަނީ ސޫދާންގައި ދިގު މުއްދަތަކަށް ވެރިކަން ކުރި އޮމަރް އަލް ބަޝީރްގެ ވެރިކަން 2019 ގައި ވައްޓާލައިފަ އެވެ.

މިހާރު ސޫދާންގައި ވެރިކަން ކުރާ ސޯވެރިން ކައުންސިލްގެ ޑެޕިއުޓީ ލީޑަރަކީ ހެމެދްތީ އެވެ. އެ ކައުންސިލް ލީޑުކުރައްވަނީ ޖެނެރަލް އަބްދެލް ފައްތާހް އަލް ބުރްހާން އެވެ.

ސޫދާން ޑިމޮކްރަސީއަށް ކުރާ ދަތުރުގައި އިސް ދައުރެއް އަދާކުރަން ހެމެދްތީ ބޭނުންވެ އެވެ. އެކަމަކު ފާއިތުވި ހަފުތާތަކުގައި އޭނާގެ ފައުޖުގެ ސިފައިން ހަރަކާތްތެރިވުން އިތުރުވުމުން އަސްކަރިއްޔާއިން ކަންބޮޑުވުން ފާޅުކުރި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިފައިން ބުނީ އާރްއެސްއެފްއިން ހަރަކާތްތެރިވަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އަސްކަރީ ބަގާވާތްތަކާއި ވެރިކަމުގެ ބާރު ހޯދަން ހަމަނުޖެހުން ބޮޑު ސޫދާންގައި ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަން ކުރާ މަސައްކަތަށް މި ހަމަނުޖެހުމުގެ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox