މިއަހަރުގެ ކުޑަ އީދަށް ހާއްސަކޮށް 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕުރޮމޯޝަނެއް މިނީސޯގައި ފަށައިފި އެވެ.
އެ ޕުރޮމޯޝަން ކުރިއަށް ދާނީ މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށެވެ. އެ މުއްދަތުގައި މިނީސޯއިން ރާއްޖޭގައި ހިންގާ ހަތަރު ފިހާރައިން ވެސް ޑިސްކައުންޓު ލިބޭނެ އެވެ. އެއީ މާލޭ، ކަލާފާނު ސްކޫލު ކުރިމަތިން ހުންނަ ފިހާރައާއި ގާކޮށީގައި ހުންނަ ފިހާރައިގެ އިތުރުން، ހުޅުމާލެ އަދި ފުވައްމުލަކުގައި ހިންގަމުން އަންނަ ދެ ފިހާރައިންނެވެ.
އެ ޕުރޮމޯޝަނުގައި އެ ފިހާރައިން ވިއްކާ ގިނަ ވައްތަރުގެ ސާމާނުން ޑިސްކައުންޓު ލިބޭނެ އެވެ.
ޕްރޮމޯޝަނުގައި ޑިސްކައުންޓު ލިބޭ ކެޓެގަރީތައް:
- އަތް ދަބަހާއި އެއާ ގުޅޭ އެހެނިހެން ސާމާނު
- ރީތިވާ ސާމާނު
- އިލެކްޓުރިކަލް އެޕްލަޔަންސަސް އަދި އިލެކްޓުރިކް ސާމާނު
- ލައިފް ޑިޕާޓުމަންޓު
- މޭކަޕު ކުރާ ސާމާނު
- މީރުވަސް ދުއްވުމަށް ބޭނުން ކުރާ ސާމާނު
- ސްކިންކެއާ ސާމާނު
- ސްޓޭޝަނަރީ އަދި ގިފްޓު
- ފޮތި
- ކުޅޭ ސާމާނު
ދުނިޔޭގެ އެކިކަންކޮޅުގައި 90 އަށްވުރެ ގިނަ ގައުމުގައި 10،000 އަށްވުރެ ގިނަ ފިހާރަ ހިންގަމުން އަންނަ މިނީސޯއަކީ ހެޔޮ އަގުގައި ތަފާތު ގިނަ ސާމާނު ވިއްކުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފުރެންޗައިޒެކެވެ.
ރާއްޖޭގައި މިނީސޯގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ 2020، ވަނަ އަހަރު އެވެ. އެ ފުރެންޗައިޒް ރާއްޖެއަށް ތައާރަފު ކުރީ ސޮނީ ސްޕޯޓްސް އިންނެވެ.
މިނީސޯގެ ފިހާރަތައް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 1:00 އިން 3:20 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.











