ސޫދާންގެ ޕެރެމިލިޓަރީ ފައުޖުން ރިޔާސީ ގަނޑުވަރާއި އެއާޕޯޓު ހިފައިފި

ސޫދާންގެ ސިފައިން ފޮރިން މިނިސްޓްރީގެ ބޭރުގައި ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އޭއެފްޕީ

ސޫދާންގެ ސިފައިން ފޮރިން މިނިސްޓްރީގެ ބޭރުގައި ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އޭއެފްޕީ

ސޫދާންގެ ޕެރެމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސާޒް (އާރްއެސްއެފް) އިން ރިޔާސީ ގަނޑުވަރާއި، ސިފައިންގެ ވެރިޔާގެ ރަސްމީ ގެކޮޅާއި، ހާރްތޫމް އިންޓަނޭޝަނަލް އެއާޕޯޓު ހިފައިފި އެވެ.

އާރްއެސްއެފް އާއި ސޫދާންގެ ސިފައިންނާ ދެމެދު ހަމަލާ ބަދަލުކުރަމުންދާ އިރު، އާރްއެސްއެފްއިން ބުނީ ފުރަތަމަ ހަމަލާ ދިނީ ސިފައިން ކަމަށެވެ.

ސިފައިން ބުނީ އާރްއެސްއެފްއާ ދެކޮޅަށް ސޫދާންގެ ވައިގެ ސިފައިންގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށެވެ. ހާރްތޫމްގެ މަތިން އަސްކަރީ ޖެޓުތައް އުޅޭ މަންޒަރު ދައުލަތުގެ ޓީވީއިން ވަނީ ދައްކައިފަ އެވެ.

ހާރްތޫމްގެ އެކި ހިސާބުތަކުގައި ބަޑީގެ އަޑު އިވެމުންދާ އިރު، އެހެން ސިޓީތަކުގައި ވެސް ހަމަލާ ބަދަލުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާއްމުން ދިރިއުޅޭ ހިސާބުތަކުގައި ވެސް ހަމަލާ ބަދަލުކޮށްފައިވާ އިރު، ބައެއް އާއްމު ރައްޔިތުންނަށް އަނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އާރްއެސްއެފްއަކީ 100،000 އަށް ވުރެ ގިނަ ސިފައިން ހިމެނޭ ފައުޖެކެވެ. އެ ގްރޫޕްގެ ވެރިޔާއަކީ ކުރީގެ އަސްކަރީ ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ ނުވަތަ ހެމެދްތީ އެވެ.

މީގެ ކުރިން ސިޔާސީ ޕާޓީތަކުން ނިންމީ ވެރިކަން ހިންގުމުގައި އާރްއެސްއެފް އާއި އަސްކަރިއްޔާ ބައިވެރި ކުރުމަށެވެ. އެހެންވެ، ހަމަލާ ހުއްޓާލަން ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.

އަސްކަރީ ބަގާވާތްތަކާއި ވެރިކަމުގެ ބާރު ހޯދަން ހަމަނުޖެހުން ބޮޑު ސޫދާންގައި ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަން ކުރާ މަސައްކަތަށް މި ހަމަނުޖެހުމުގެ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

ސޫދާން ޑިމޮކްރަސީއަށް ކުރާ ދަތުރުގައި އިސް ދައުރެއް އަދާކުރަން ހެމެދްތީ ބޭނުންވެ އެވެ. އެކަމަކު ފާއިތުވި ހަފުތާތަކުގައި އޭނާގެ ފައުޖުގެ ސިފައިން ހަރަކާތްތެރިވުން އިތުރުވުމުން އަސްކަރިއްޔާއިން ކަންބޮޑުވުން ފާޅުކުރި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިފައިން ބުނީ އާރްއެސްއެފްއިން ހަރަކާތްތެރިވަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އާރްއެސްއެފް އާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން ވަނީ ސޫދާންގައި ދިގު މުއްދަތަކަށް ވެރިކަން ކުރި އޮމަރް އަލް ބަޝީރްގެ ވެރިކަން 2019 ގައި ވައްޓާލައިފަ އެވެ.

މިހާރު ސޫދާންގައި ވެރިކަން ކުރާ ސޯވެރިން ކައުންސިލްގެ ޑެޕިއުޓީ ލީޑަރަކީ ހެމެދްތީ އެވެ. އެ ކައުންސިލް ލީޑުކުރައްވަނީ ޖެނެރަލް އަބްދެލް ފައްތާހް އަލް ބުރްހާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox