ގައިދީން މިނިވަންކޮށް ޔަމަނުގެ ސުލްހައަށް ފެހި ސިގުނަލެއް

މިނިވަންވި ގައިދީއަކު އާއިލާއާ ބައްދަލުވި ވަގުތު. -- ފޮޓޯ: ރޮއިޓާޒް

މިނިވަންވި ގައިދީއަކު އާއިލާއާ ބައްދަލުވި ވަގުތު. -- ފޮޓޯ: ރޮއިޓާޒް

ޔަމަނުގެ ދިގު ދާހިލީ ހަނގުރާމައިގެ ތެރެއިން ހައްޔަރު ކުރި 800 އަށް ވުރެ ގައިދީން މިނިވަން ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހުކުރު ދުވަހު ފަށައިފި އެވެ.

ގައިދީން މިނިވަން ކުރަން އެއްބަސްވީ އދ. މެދުވެރިވެގެން ބޭއްވި ދިގު މަޝްވަރާތަކަށް ފަހުގައި ކަމަށް އިންޓަނޭޝަނަލް ކޮމިޓީ ފޯ ދަ ރެޑް ކްރޮސްއިން ބުނެ އެވެ.

ގައިދީން މިނިވަން ކުރަމުންދާ އިރު، ދާއިމީ ސުލްހަ ގެނައުމަށް ވެސް މި ވަގުތު މަޝްވަރާތައް ދަނީ ކުރިއަށެވެ. މިއީ ދެ އަހަރަށް ފަހު މިހާ ގިނަ އަދަދެއްގެ ގައިދީން މިނިވަންކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އޮކްޓޯބަރު 2020 ގައި ވެސް އިރާނުގެ އެއްބާރުލުމާ އެކު އުޅޭ ހޫތީ ހަނގުރާމަވެރިންގެ އަތްދަށުގައި ތިބި 1000 އަށް ވުރެ ގިނަ ގައިދީން މިނިވަންކުރި އެވެ.

މިނިވަަންވި ހޫތީން. -- ފޮޓޯ: އޭއެފްޕީ
މިނިވަަންވި ހޫތީން. -- ފޮޓޯ: އޭއެފްޕީ

މިނިވަަންވި ހޫތީން. -- ފޮޓޯ: އޭއެފްޕީ

ޔަމަން ސަރުކާރާ އެކު ހަނގުރާމަ ކުރާ އަރަބި ކޯލިޝަނުން ހައްޔަރު ކުރި ހޫތީ ހަނގުރާމަވެރިން ބަންދުކޮށްފައި ތިބީ ސައުދީ އަރަބިއްޔާ އާއި ޔަމަނުގެ ޖަލުތަކުގަ އެވެ.

ހުކުރު ދުވަހު އެ މީހުން ޔަމަނުގެ ވެރިރަށް ސަނާގެ އެއާޕޯޓަށް ފޭބުމާ އެކު ހޫނު މަރުހަބާއެއް ކިޔެވެ. ސަނާގެ ކޮންޓްރޯލް އޮތީ ހޫތީންގެ އަތުގަ އެވެ.

އެ މީހުން ސަނާއަށް ދިޔައީ އަދަނުންނެވެ. އެއީ ޔަމަނުގެ އިންތިހާބީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް މައި ސިޓީ އެވެ.

ގައިދީން މިނިވަން ކުރަން ހިންގާ ތިން ދުވަހުގެ އޮޕަރޭޝަނުގައި ޔަމަނާއި ސައުދީގައި ތިބި ގައިދީން ބަަދަލުކުރާނީ ފްލައިޓުތައް މެދުވެރިވެގެންނެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށީ 2014 ވަނަ އަހަރު ހޫތީން އިންތިހާބީ ސަރުކާރާ ދެކޮޅަށް ތެދުވެ ވެރިރަށް ސަނާ އާއި އުތުރުގެ ބޮޑު ހިސާބުތަކެއް ހިފުމުންނެވެ.

މިނިވަންވި ހޫތީން. -- ފޮޓޯ: އޭއެފްޕީ
މިނިވަންވި ހޫތީން. -- ފޮޓޯ: އޭއެފްޕީ

މިނިވަންވި ހޫތީން. -- ފޮޓޯ: އޭއެފްޕީ

ހަނގުރާމައިގައި 150،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ޔަމަނުގައި ވަނީ ބޮޑު އިންސާނީ ކާރިސާއެއް އުފެދިފަ އެވެ.

ގައިދީން މިނިވަން ކުރަން ސޮއިކުރި އެއްބަސްވުމުގެ ދަށުން ހޫތީން ބަންދުކޮށްފައި ތިބި 180 ގައިދީން މިނިވަން ކުރާނެ އެވެ. އެއީ ސައުދީ އާއި ޔަމަނުގެ ސިފައިންނާއި ޔަމަނުގެ ހަތަރު ނޫސްވެރިން ހިމެނޭ ގޮތަށެވެ.

އޭގެ އިތުރުން ޔަމަނުގެ އިސް އަސްކަރީ އޮފިޝަލުންނާއި ސަރުކާރުގެ ވެރިން ވެސް ދޫކުރާނެ އެވެ. އެއީ ހަނގުރާމައިގެ ކުރީކޮޅު ހޫތީން ހައްޔަރު ކުރި މީހުންނެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް މަހްމޫދް އަލް ސުބައިހީ އާއި ރައީސް އާބިދް ރައްބޮ މަންސޫރް ހާދީގެ އާއިލީ ބޭފުޅުންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ އާއިލީ ބޭފުޅުން ވެސް ހިމެނެ އެވެ.

ބަދަލުގައި ސައުދީ ކޯލިޝަނުން ދޫކުރާނީ ހޫތީންގެ 700 އަށް ވުރެ ގިނަ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox